Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީ މަގު ފެން ހިންދާ ނިޒާމް

އަމީނީ މަގު ނިމިގެންދާއިރު ފެން ހިންދާ ނިޒާމް ވެސް އައުވެގެންދާނެ - އަސްލަމް

ފެން ހިންދާ ނިޒާމުގެ ހޮޅިތަކާއި، ޕަމްޕްތައް އަޕްގްރޭޑް ކުރެވިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ފެބުރުއަރީ 2023 | އަންގާރަ 05:09
އަމީނީ މަގުގެ މަސައްކަތް ކުރިއަށްދަނީ - މަގު ނިމިގެންދާއިރު ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރެވިގެންދާނެ

އަމީނީ މަގުގެ މަސައްކަތް ކުރިއަށްދަނީ - މަގު ނިމިގެންދާއިރު ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރެވިގެންދާނެ

އަމީނީ މަގު ނިމިގެންދާއިރު ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށާއި، މައްސަލަ އަށް ހައްލެއް ލބިގެންދާނެ ކަަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ އަމީނީ މަގުގެ ފެންހިންދާ ނިޒާމާއި ގުޅޭގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އީއައޭގައި ބުނަނީ، އީއައިއޭ ހެދި އިރު، އަމީނީ މަގުގެ ފެންހިންދުމާ ބެހޭގޮތުން ބޭނުންވާ ހުރިހާ ތަފްސީލެއް ލިބެން ނެތުމުން، އޭގެ ނަތީޖާ ކަނޑައެޅުމުގައި ގޮންޖެހުން ބޮޑުކަމަށެވެ. އަދި މި މަގުގައި އަޅާ ފެން ހިންދުމުގެ ނެޓްވޯކް، ފެން ހިނދޭނެ ގޮތަކަށް ހެދުން އެއީ މުހިންމު ކަމެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އަމީނީ މަގުގައި މިހާރުވެސް ފެންބޮޑުވާކަން ފާހަގަކޮށް އެކަމަށް ހައްލެއް ހޯދުން މުހިންމުކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އަދި އަމީނީ މަގުގައި މިހާރު އަޅާފައި އޮތް ފެން ހިންދާ ނިޒާމް، އެއީ ގްރެވިޓީ ފްލޯއަކުން މަގުމައްޗަށް އެޅޭ ފެން ޕަމްޕް ސްޓޭޝަންތަކަށް ގޮސް، އެ ޕަމްޕް ސްޓޭޝަނުން ޕަންޕްއައުޓް ކުރާގޮތަށް އިން ނިޒާމެއް ކަމަށާއި، އެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ހުރި ޕަމްޕްސްޓޭޝަންތަކުގެ އިތުރުން، އިތުރު ޕަމްޕްސްޓޭޝަނެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. މިހާރު ހުރި ޕަމްޕްސްޓޭޝަންތަކުގެ ޕަމްޕްތަކުގެ ކެޕޭސިޓީއަކީ 9 ކިލޯ ވޮޓް ކަމަށާއި، އަމީނީ މަގުގެ މަސައްކަތްނިމިގެން ދާއިރު ހުރިހާ ޕަމްޕެއް 21 ކިލޯ ވޮޓަށް ޕަމްޕިންގް ކެޕޭސިޓީ ބޮޑުކުރެވިގެންދާނެ ކަމަށެވެ. އެއިރުން ގަޑިއަކު 1000 ކިއުބިކް މީޓަރުގެ ފެން ޕަމްޕްސްޓޭޝަންތަކުން ބޭރުވާނެ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އީއައިއޭ ހެދި އިރު މި މައުލޫމާތުތައް ލިބެން ނެތުމުން، އީއައިއޭ ކޮންސަލްޓެންޓް ފާހަގަކޮށްފައިވަނީ މިކަމަށް ރަނގަޅަށް އެޑްރެސްކުރަން ލަފާދެއްވާފައި ކަމަށެވެ. އަދި އެ ލަފަޔާ އެއްގޮތަށް މިހާރު މަސައްކަތް ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސުވާލު ކުރައްވާ މެންބަރަށް ގުޅިގެން ސުވާލުކުރުމަށް ދިން ފުރުސަތުގައި މެންބަރު ހަސަން ލަތީފް ވަނީ އާރުޑީސީ އަދި ޑިޒައިން ރިޕޯޓުގައި އިން ޕަމްޕްސްޓޭޝަންތަކުގެ އަދަދުތައް ދިމާނުވާތީ ސުވާލުކުރައްވާފައެވެ.

މެންބަރުގެ ސުވާލުގެ ޖަބާވުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އަމީނީ މަގުގައި ހުންނާނީ 5 ޕަމްޕް ސްޓޭޝަން ކަމަށެވެ. އަދި އެއީ ފެން ހިންދުމަށް ފުދޭނެ އަދަދެއް ކަމަށް އިންޖިނިއަރުން ކަށަވަރުކޮށްދެއްވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު