Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަން ޔޫކްރެއިނަށް ވަޑައިގެންނެވުން

އެމެރިކާގެ ރައީސް ކުއްލި ދަތުރުފުޅެއްގައި ޔޫކްރެއިނަށް ވަޑައިގެންފި

20 ފެބުރުއަރީ 2023 | ހޯމަ 12:23

ބައިޑަންގެ ކުއްލި ދަތުރުފުޅުގެ ބޭނުމަކީ އެމެރިކާގެ ސަޕޯޓް ހާމަކޮށްދެއްވުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 ފެބުރުއަރީ 2023 | ހޯމަ 12:23
ބައިޑަންއާއި ޒެލެންސްކީ

ބައިޑަންއާއި ޒެލެންސްކީ

ކުރިން އިއުލާންކޮށްފައިނުވާ ކުއްލި ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޖޯބައިޑަން, ޔޫކްރެއިންގެ ވެރިރަށް ކިއިވްއަށް ވަޑައިގެންފިއެވެ.

ބައިޑަންއާއެއު ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވަމުން ޒެލެންސްކީ ވަނީ, ކިއިވްއަށް މަރުހަބާ ވިދާޅުވާކަމަށާއި، ރައީސްގެ މިދަތުރުފުޅުންވެސް ޔޫކްރެއިން ރައްޔިތުންނަށް އެމެރިކާއިން ދޭ ފުރިހަމަ ސަޕޯޓް ހާމަވާކަން ފާހަގަކުރައްވާކަމަށް ވިދާޅުވެފައެވެ.  

މިއީ މީގެ އެއްއަހަރު ކުރިން ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާތައް ދޭންފެށިފަހުން ބައިޑެން ޔޫކްރެއިން އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް ޒެލެންސްކީވެސް ވަނީ މިދިޔަ ޑިސެމްބަރުމަހު އެމެރިކާއަށް ކުއްލި ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ ޔޫކްރެއިނަށް އިތުރު ހަތިޔާރާއި އެހީ ފޯރުކޮށްދިނުމަށް ކޮންގްރެސްގެ ކިބައިން އެދިވަޑައިގެންނެވުމަށެވެ.

ބައިޑަން ޔޫކްރެއިނަށް ވަޑައިގެންނެވީ ޕޮލަންޑަށް ވަޑައިގެންނެވުމަށްފަހު ރޭލު މަގުން ކަމަށް، ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވެއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ބައިޑެން ވޮޝިންގޓަންއިން ފުރާވަޑައިގެންނެވީވެސް ކުއްލި ގޮތަކަށެވެ. އަދި ޕޮލަންޑް ހިމެނޭގޮތުން، އިރުމަތީ ޔޫރަޕަށް ކުރައްވަން އޮތް ދަތުރުފުޅުގައި ޔޫކްރެއިނަށް ވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ބައިޑަންއަށް މަރުހަބާ ވިދާޅުވުމަށް ޒެލެންސްކީގެ އަރިހުގައި އަނބިކަނބަލުން އޮލޭނާ ޒެލެންސްކީވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ފަހުން ޒެލެންސްކީގެ އަރިހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ބައިޑަން ދެއްކެވި ވާހަކަފުޅުގައި ވަނީ، ނާއިބު ރައީސަކަށް ހުންނެވިއިރު ހަ ފަހަރު ޔޫކްރެއިނަށް ވަޑައިގެންވިކަން ފާހަގަކުރައްވައި، އޭރުވެސް އަދި އެނބުރި އެ ގައުމަށް ވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއިން ދޭ އިތުރު 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އަންގާރަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ހަނގުރާމައަށް އަހަރެއް ފުރެން ތައްޔާރުވެފައިވާ މި ދަނޑިވަޅާ ދިމާކޮށް އެމެރިކާގެ ރައީސްގެ ދަތުރުފުޅުގެ ސަބަބަބުން ޔޫކްރެއިންގެ އާންމު ރައްޔިތުންގެ ހިތްވަރު ވަރަށް ބޮޑަށް އާވެގެން ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ބައިޑެންގެ ޔޫކްރެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހަމަ މިއަދު ޕޮލަންޑަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.    

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް