Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯ ނޭޝަންސް ކަޕް

ފޯ ނޭޝަންސް ކަޕްގެ ޖާޒީ ރައީސުލްޖުމްހޫރިއްޔާ އަށް ވެދުމަށް އަރުވައިފި

މިއީ މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2023 | އާދީއްތަ 02:26
ރައީސުލްޖުމްހޫރިއްޔާ އަށް ޖާޒީ ވެދުމަށް އަރުވަނީ

ރައީސުލްޖުމްހޫރިއްޔާ އަށް ޖާޒީ ވެދުމަށް އަރުވަނީ

މި އަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ފުރަތަމަ ކުޅިވަރު މުބާރާތް ކަމުގައިވާ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ޤައުމީ ޓީމުން ބޭނުންކުރާ ޖާޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެދުމަށް އަރުވައިފި އެވެ.

މި ޖާޒީ ރައީސް ޞާލިޙަށް ވެދުމަށް އެރުވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް އެވެ. ރައީސުލްޖުމްހޫރިއްޔާ އަށް ޖާޒީ ވެދުމަށް އަރުވާފައި ވަނީ މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެެއްގަ އެވެ. ފޯ ނޭޝަންސް ކަޕަކީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޣާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޣާނިސްތާނާއި ރާއްޖެ އެވެ. އަދި މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ސޯޝަލް ސެންޓަރުގަ އެވެ.

ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީވެސް މި ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތެކެވެ. މި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ ވޮލީ ޓީމްތަކުން ދަނީ ފުރަތަމަ ފަހަރަށް ޔޫރަޕާއި މެދުއިރުމަތީގެ ޤައުމުތަކުގައި ކުޅިވަރު ކޭމްޕްތައް ބާއްވަމުންނެވެ. ފޯ ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ކުޅޭ އަންހެން ޓީމާއި ފިރިހެން ޓީމް ދަނީ ތައިލެންޑްގައި ކޭމްޕް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި

14 އެޕްރީލު 2017
ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި
04 އެޕްރީލު 2017

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

04 އެޕްރީލު 2017
ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ
30 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި

30 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި
19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު