Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްދޫ ކައުންސިލްގެ އޮޑިޓް

އދ. ދިއްދޫ ކައުންސިލުން ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން ނަހަދާ

ރައްށުގެ ފައިނޭންޝަލް ޕްލޭން އެކުލަވާލާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ފެބުރުއަރީ 2023 | ހޮނިހިރު 10:19
އދ. ދިއްދޫ

އދ. ދިއްދޫ

އދ. ދިއްދޫ ކައުންސިލުން ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން އެކުލަވާލާފައި ނުވާ ކަމަށް އެ ކައުންސިލްގެ 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

2021 ވަނަ އަހަރުގެ ދިއްދޫ ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ، އަލަށް އެކުލަވާލެވޭ ކައުންސިލްތަކުގެ އިންތިހާބަށްފަހު، އިންތިހާބުކުރެވޭ މެންބަރުން މަގާމާ ހަވާލުވުމަށްފަހު 3 މަސް ދުވަހުގެ ތެރޭގައި، އަތޮޅު ކައުންސލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެ ރަށެއްގެ ރަށުގެ ތަރައްގީގެ ޕްލޭނާއި، ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލަންވާނެ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، ކައުންސިލުން ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައިނުވާކަމަށެވެ. އޮޑިޓް އޮފީހުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކައުންސިލުން ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް އަންގާފައިވެއެވެ.

ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި ނުވާއިރު، ރަށުގެ ފައިނޭންޝަލް ޕްލޭން އެކުލަވާލާފައި ނުވާ ކަމަށް ވެސް އޮޑިޓްގައި ބުނެފައިވެއެވެ. މި ޕްލޭނަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންުމުގެ ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން، ރަށުގެ ތަރައްގީގެ ޕްލޭނަށާއި އިދާރީ ދާއިރާގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް، މަދުވެގެން 5 އަހަރުގެ، ރަށާއި އިދާރީ ދާއިރާގެ ފައިނޭންޝަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށު ކައުންސިލާއި އަތޮޅު ކައުންސިލުން އެކުލަވާލައި އާންމުކުރަންޖެހޭ ޕްލޭނެކެވެ.

ނަމަވެސް ދިއްދޫ ކައުންސިލުން ރަށުގެ ފައިނޭންޝަލް ޕްލޭން އެކުލަވާލާފައި ނުވާތީ، ރައްޔިތުންގެ ބައިވެރިވުމާއެކު އެ ޕްލޭން އެކުލަވާލާ އާންމުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންުމުގެ ގާނޫނުގެ 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ރަށު ކައުންސިލްތަކުން ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލްގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް ބާއްވަންވާނެ ކަމަށެވެ. އަދި މި ބައްދަލުވުން ބޭވުމުގެ 2 ދުވަސް ކުރިން ބައްދަލުވުމުގެ އެޖެންޑާ ކައުންސިލްގެ ރައީސް މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެކަމަށެވެ.

ނަމަވެސް 2021 ވަނަ އަހަރު، ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލްގެ އާންމު ބައްދަލުވުންތައް ގަވާއިދުން ބާއްވާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި ބައްދަލުވުން ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލްގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުން ބޭއްވުމަށް ވަނީ އަންގާފައެވެ.

މި އޮޑިޓްގައި ވަނީ ރައްޔިތުންނާ އެކީ ބާއްވަންޖެހޭ ބައެއް ބައްދަލުވުންތައް ވެސް ނުބާއްވާކަން ފާހަގަކޮށްފައެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންުމުގެ ގާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ އާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށް ބުނެފައިވެއެވެ.

އަދި މި ގާނޫނުގެ 1-107 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔަންކޮށްފައިވަނި، ރަށެއް ނުވަތަ ސިޓީއެއް ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ކައުންސިލްތަކުން ރައްޔިތުންނާއި މަޝްވަރާކުރުމުގެ ގޮތުން މަދުވެގެން ކޮންމެ ހަތަރު މަހަކުން އެއްފަހަރު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަންވާނެ ކަމަށެވެ. އަދި މި މާއްދާގެ (އ) ގައި ބުނެފައިވަނީ، ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ، އެ ބައްދަލުވުން ބާއްވާ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އާންމުކޮށް ޝާއިޢުކުރަންވާނެ ކަމަށެވެ.

ނަމަވެސް ދިއްދޫ ކައުންސިލުން 2021 ވަނަ އަހަރު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ބައްދަލުވުން ގަވާއިދުން ބާއްވާފައި ނުވާކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. އަދި ކައުންސިލްގެ އިދާރާއިން ރައްޔިތުންނާ މަޝްވަރާކުރުމުގެ ގޮތުން މަދުވެގެން ކޮންމެ ހަތަރު މަހަކުން އެއްފަހަރު ބާއްވަން ޖެހޭ ބައްދަލުވުންތައް ބާއްވާފައި ނުވާކަމަށެވެ. އޮޑިޓްގައި ވަނި މި ބައްދަލުވުންތައް ބާއްވާ އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އާންމުކޮށް ޝާއިޢުކުރުމަށް އަންގާފައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

19 މާރިޗު 2017
މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
14 މާރިޗު 2017

ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ

14 މާރިޗު 2017
ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު