Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ

30،000ށްވުރެ ގިނަ ވެގްނަރ ގްރޫޕުގެ މީހުން ޒަޚަމްވެފަައި ނުވަތަ މަރުވެފައިވާ ކަމަށް އެމެރިކާއިން ބުނެފި

ފާއިތުވި ހަފުތާގައި ގާތްގަނޑަކަށް 9،000 ހަނގުރާމަވެރިން ވަނީ މަރުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2023 | ހޮނިހިރު 08:55
ކްރަސްނާ ހޯރާ އަވަށަށް ވަންނަން އޮންނަ މަގުގައި ވެގްނަރ ކުލީ ސިފައިން ފޮޓޯއަކަށް ހުއްޓިގެން

ކްރަސްނާ ހޯރާ އަވަށަށް ވަންނަން އޮންނަ މަގުގައި ވެގްނަރ ކުލީ ސިފައިން ފޮޓޯއަކަށް ހުއްޓިގެން

ޔޫކްރޭން ހަނގުރާމަ ފެށުނުފަހުން ރަޝިޔާގެ ޕެރަމިލިޓަރީ ވެގްނަރ ގްރޫޕަށް ހަނގުރާމަކުރާ 30،000ށްވުރެ ގިނަ ކުލީ ސިފައިން މަރުވެފައިވާ ނުވަތަ ޒަޚަމްވެފައިވާކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ, ފާއިތުވި ހަފުތާތަކުގައި އެ ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި ހަނގުރާމާގައި ގާތްގަނޑަކަށް 9،000 ހަނގުރާމަވެރިން މަރުވެފައިވާކަމަށެވެ.

ރަޝިޔާގެ ޖަލުތަކުގައި ވެގްނަރ ގްރޫޕުގެ މީހުން ރެކްރޫޓްކޮށްފައިވާއިރު، މިސްޓަރ ކިރްބީ ވިދާޅުވީ ގިނައިން މަރުވީ ތަމްރީނު ނުލިބިފައިވާ ކުށްވެރިން ކަމަށެވެ. ގިނަ ބަޔަކު މަރުވިނަމަވެސް ވެގްނަރ ވަނީ ބަޚްމުތު ސިޓީގެ ވަށައިގެން ކުރިއެރުންތަކެއް ހޯދާފައެވެ.

ހަނގުރާމައިގެ އެންމެ ވަރުގަދައަށް ކުރިމަތިލުންތައް ހިނގާފައިވަނީ އިރުމަތީ ސިޓީގެ ވަށައިގެން ކަމަށާއި، އެ ސިޓީ އަތުލުމަށް ރަޝިޔާއިން ކުރާ މަސައްކަތުގައި ވެގްނަރ ކުލީ ސިފައިން ވަރަށް ބޮޑަށް ބައިވެރިވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫކްރޭންގެ ސިފައިން ބުނާގޮތުގައި ވެގްނަރ ހަނގުރާމަވެރިން ގިނަ އަދަދަކަށް ހަމަލާތަކަށް ފޮނުވާފައިވަނީ ހުޅުވިފައިވާ ބިމެއްގައި ކަމަށެވެ. ޔޫކްރޭން ސިފައިންގެ ތަރުޖަމާނަކު ބުނީ ޒަޚަމްވެފައިވާ ސިފައިންނާއި މަރުވެފައިވާ ސިފައިން ނެރުމަށް ރަޝިއާއަށް ނާކާމިޔާބުވެފައިވާކަމަށެވެ.

ބަޚްމުތު އަތުލައިގަތުމުން ރަޝިޔާއަށް ކްރަމަޓޯސްކާއި ސްލޮވިއަންސްކް ފަދަ ހުޅަނގުގެ ބޮޑެތި ސިޓީތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ނަމަވެސް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ކިރްބީ ލަފާދެއްވީ ބަޚްމުތުން ލިބުނު ފައިދާތައް ހާސިލްކުރަން މަސްތަކެއް ނަގާފައިވާތީއާއި "ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭ ބޭކާރު ޚަރަދެއް" ކުރުމުން އިތުރު ކުރިއެރުންތަކެއް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އަސްކަރީ މުހިންމުކަމާމެދު ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އެހެން ހިސާބުތަކުގައި އިނގިރޭސިވިލާތުގެ ޖާސޫސީ އޮފިޝަލުން ލަފާކޮށްފައިވާ ގޮތުގައި ރަޝިޔާގެ ރެގިއުލަރ ފޯސްތަކާއި ވެގްނަރ ސިފައިންނަށް 175،000އާ 200،000އާ ދެމެދުގެ އަދަދަކަށް މީހުންނަށް ވަނީ އަނިޔާވެ ނުވަތަ ޒަޚަމްވެފައެވެ.

ހަނގުރާމައިގެ ކުރިން ވެގްނަރ ގްރޫޕަކީ މާ ކުޑަ ގްރޫޕެއް ކަމަށާއި، އެތަނުގައި ތިބީ އެންމެ 5،000 ހަނގުރާމަވެރިން ކަމަށާއި އޭގެ ތެރެއިން ގިނައީ ކުރީގެ ތަޖުރިބާކާރު ސިފައިންނެވެ.

އެގައުމުން މިދިޔަ އަހަރު އެތައްހާސް ހަނގުރާމަވެރިންނެއް ޖަލުތަކުގެ ތެރެއިން ހޯދަން ފެށީ ޔޫކްރޭނަށް އަރައިގަތުމަށް ރަޝިޔާއަށް ސިފައިން ހޯދަން އުނދަގޫވުމުންނެވެ. އެ ކުށްވެރިންގެ ދެބައިކުޅަ އެއްބައި މީހުން ޒަޚަމްވެފައި ނުވަތަ މަރުވެފައި ވާނެކަމަށް އިނގިރޭސިވިލާތުގެ އޮފިޝަލުން ބުނެއެވެ.

ނަމަވެސް މިދިޔަ ހަފުތާގައި އެ ގްރޫޕްގެ ބާނީ ޕްރިގޯޒިން ވަނީ ޖަލުތަކުގައި ރެކްރޫޓް ކުރުން ހުއްޓާލާނެކަން އިއުލާންކޮށްފައެވެ. މި ފިޔަވަޅު އެޅީ ވެގްނަރއާއި ރަޝިޔާގެ އަސްކަރިއްޔާއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެންނެވެ.

ޕްރިގޯޒިން ވަނީ ޔޫކްރޭންގައި ކުރިއެރުންތައް މަޑުޖެހިފައިވަނީ "މޮންސްޓްރަސް ބިއުރޯކްރެސީ"އަށް ތުހުމަތުކޮށް، މީގެ ކުރިން ވެގްނާގެ ކާމިޔާބީތަކުގެ ކްރެޑިޓް ރަޝިޔާ ސިފައިންނަށް ނުހައްގުން ނަގާފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ.

ބެލެވޭގޮތުގައި ވެގްނަރ ވަނީ 2014 ވަނަ އަހަރު ގުޅިފައިވާ ކްރައިމިއަން ޕެނިންސުލާގައި އޮޕަރޭޝަންތައް ފަށާފައިކަމަށާއި އޭގެ ފަހުން ޔޫކްރޭންގެ އެހެން ތަންތަނާއި ސީރިއާ އަދި އެފްރިކާގެ ހުރިހާ ހިސާބެއްގައިވެސް އޮޕަރޭޝަންތައް ކުރަމުން އަންނަކަމަށެވެ. އެއީ އަނިޔާވެރިކަމާއި ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތު ކުރެވިފައިވާ ތަނަތަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު