Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

ޕީޕީއެމްގައި ރައީސް ޔާމީނަށް ހެޔޮ އެދޭ މީހަކު ނެތް، ޔާމީނަށް ވެސް ރަނގަޅީ ރައީސް ޞާލިހު ހޮވުން - ޖާބިރު

ޖާބިރު ވިދާޅުވީ ޕާޓީތަކަށް ބަދަލު އަންނާނެ ކަމަށާއި އެ ބަދަލުތަކާ އެކު އުޅުމަކީ ޑިމޮކްރަސީގައި ދަސްކުރަން ޖެހޭ ކަމެއް ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2023 | ހުކުރު 09:02
ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު

ޕީޕީއެމްގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަށް ހެޔޮ އެދޭ މީހަކު ނެތް ކަމަށާއި ޔާމީން އަށް ވެސް ރަނގަޅީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ޖާބިރު ވިދާޅުވީ ޕާޓީތަކަށް ބަދަލު އަންނާނެ ކަމަށާއި އެ ބަދަލުތަކާއެކު އުޅުމަކީ ޑިމޮކްރަސީގައި ދަސްކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް ހަގީގީ މާނައިގައި ޑިމޮކްރަސީ އަދިވެސް ރާއްޖެ އަށް ނާންނަ ކަމަށާއި އެފަދަ ޑިމޮކްރަސީ އެއް ރާއްޖެ އަށް އަންނަން އަދި 10 ވަރަކަށް އަހަރު ނަގާނެ ކަަމަށް ބެލެވޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީތައް އުފައްދައިގެން ގިނަ މީހުން މަސައްކަތްކުރަނީ އަމިއްލަ މަންފާ ހޯދައި ގާތް މީހުންނަށް މަންފާ ހޯދައި ދިނުމަށް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ޖާބިރު އިތުރަށް ވިދާޅުވީ އެކަމުގެ މައިގަނޑު ސަބަބަކީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި މީހުންނަށް ކަމޭ ނުހިއްތެވުން ކަމަށެވެ. ރައީސް ޔާމީން މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ދިއުމާއެކު އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ދައްކަވާ ބޭފުޅަކަށް ވެސް ދެން ވެރިކަން ލިބިވަޑައިނުގަންނަވާނެ ކަަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ތިބި މީހުން ވެސް ރައީސް ޔާމީން އަށް ހެވެއް ނޭދޭ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ މެދު އޭނާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވާ ވާހަކަދައްކަވަމުން، ޖާބިރު ވިދާޅުވީ ރައީސް ޞާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަކުރައްވާ ނަމަ 8000 ވޯޓު ވެސް ލިބިވަޑައިގަންނަވާނެ ކަަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަަމަށް ވިދާޅުވާ ބޭފުޅުންގެ ތެރެއިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފަދަ ބޭބޭފުޅުންނަކީ ސިޔާސީ ގޮތުން ބާރު ހުރި ބައެއް ނޫން ކަމަށާއި އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ކުޑަ ކަމަށް ޖާބިރު ވިދާޅުވިއެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޕްރައިމަރީ އިން ނާކާމިޔަބީއާ ކުރިމަތިވެފައިވާއިރު އިންތިޚާބަށް ވަކިން އަމިއްލަ ގޮތުން ނުކުމެވަޑައިގަތް ނަމަވެސް އެމަނިކުފާނަށް އިންތިޚާބު ކާމިޔަބުކުރެއްވުމަކީ އުނދަނގޫ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު