Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޮޕާ ލީގު

ރަފީނިއާގެ ގޯލުން އަމިއްލަ ދަނޑުގައި ބަލިނުވެ ބާސެލޯނާ ސަލާމަތްވެއްޖެ

17 ފެބުރުއަރީ 2023 | ހުކުރު 02:22

ގަދަ 16 އަށްދާނީ މި ދެ ޓީމު އަންނަ ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުން މޮޅުވާ ޓީމެއް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 17 ފެބުރުއަރީ 2023 | ހުކުރު 02:22
ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން: މި މެޗު ނިމުނީ ދެ ޓީމު އެއްވަރުވެެން

ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން: މި މެޗު ނިމުނީ ދެ ޓީމު އެއްވަރުވެެން

ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވާން ދަނިކޮށް ބްރެޒިލްގެ ފޯވަޑް ރަފީނިއާ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފި އެވެ.

މިހެންވެ މުބާރާތުގެ ގަދަ 16 އަށްދާނެ ޓީމެއް ކަށަވަރުވާނީ މި ދެ ޓީމު ޔުނައިޓެޑްގެ ދަނޑުގައި އަންނަ ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗަށް ފަހު އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 50 ވަނަ މިނެޓުގައި ބާސެލޯނާގެ މާކަސް އަލޮންސޯ އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން މާކަސް ރަޝްފޯޑް ގޯލެއް ޖަހައި ނަތީޖާ ހަމަހަކުރި އެވެ. މި ލަނޑަށްފަހު ޔުނައިޓެޑުން ލީޑުނެގީ ހަތް މިނެޓު ފަހުން ބާސެލޯނާގެ ހޫލްސް ކޫންޑޭ އަތުން ބައިކޮޅަށް ޖެހި ގޯލަކުންނެވެ. ބާސެލޯނާގެ ނަތީޖާ ހަމަހަމަވީ ބްރެޒިލްގެ ރަފީނިއާ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ދެ ޓީމުން ވެސް ކުޅުނީ ވަރަށް އެޓޭކިން ގޭމެއް ކަމަށެވެ.

އޭނާ އަދި ބުނީ ރަޝްފޯޑްގެ ފަރާތުން ތަފާތު ފެނުނު ކަމަށާއި ކުޅުންތެރިޔާ މިވަގުތު ހުރީ ވަރަށް ފޯމުގައި ކަމަށެވެ. ނަމަވެސް ނަތީޖާ ހަމަހަމަވެގެން ނުކުތީ ހުރިހާ ކުޅުންތެރިންގެ މަސައްކަތުން ކަމަށެވެ. މެޗުގައި ރެފްރީ ޓެން ހާގަށް ރީނދޫކާޑު ދައްކާފައިވާތީވެ ކޯޗު ބުނީ މެޗުގައި ބައެއް ކަންކަން ރެފްރީންގެ ކޮންޓްރޯލް ނައްޓައިގެން ދިޔަ ކަމަށެވެ. އޭގެ ސަބަބަކީ ބާސެލޯނާގެ ދަނޑުގައި މެޗު ކުޅުން ކަމަށާއި ގާތްގަނޑަކަށް އެއްލައްކަ މީހުންގެ ސްޓޭޑިއަމުގައ ތިބި ސަޕޯޓަރުންގެ ޕްރެޝަރ މެޗުގެ ރެފްރީންނަށް ފޯރިކަމަށެވެ.

ކޫންޑޭގެ އަތުގައި ޖެހުނު ބޯޅަ އަށް އޭނާ އަށް ރަތްކާޑު ދައްކަންޖެހޭ ކަމަށް މެޗަށް ފަހު ރަޝްފޯޑް ބުންޏެވެ.

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

ސްޕެނިޝް ލަލީގާ: އެސެންސިއޯގެ ލަނޑުތަކުން ވެލެންސިއާ އަތުން ރެއާލް ބަލިނުވެ ސަލާމަތްވެއްޖެ

28 އޯގަސްޓު 2017
ސްޕެނިޝް ލަލީގާ: އެސެންސިއޯގެ ލަނޑުތަކުން ވެލެންސިއާ އަތުން ރެއާލް ބަލިނުވެ ސަލާމަތްވެއްޖެ
24 އޯގަސްޓު 2017

ރޮނާލްޑޯގެ ހިތްގައިމު ގޯލުން ރެއާލް މޮޅުވެއްޖެ

24 އޯގަސްޓު 2017
ރޮނާލްޑޯގެ ހިތްގައިމު ގޯލުން ރެއާލް މޮޅުވެއްޖެ
22 އޯގަސްޓު 2017

ހޭންޑްބޯލް ޗެމްޕިއަންޝިޕް: އެއްވެސް މެޗަކުން ބަލިނުވެ ޔޫތް ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދައިފި

22 އޯގަސްޓު 2017
ހޭންޑްބޯލް ޗެމްޕިއަންޝިޕް: އެއްވެސް މެޗަކުން ބަލިނުވެ ޔޫތް ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދައިފި
22 އޯގަސްޓު 2017

ރަހީމް ސްޓާލިން ފަހު ވަގުތު ކާމިޔާބުކޮށްދިން ގޯލުން ސިޓީ ބަލިނުވެ ސަލާމަތްވެއްޖެ

22 އޯގަސްޓު 2017
ރަހީމް ސްޓާލިން ފަހު ވަގުތު ކާމިޔާބުކޮށްދިން ގޯލުން ސިޓީ ބަލިނުވެ ސަލާމަތްވެއްޖެ
19 ޖުލައި 2017

މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި

19 ޖުލައި 2017
މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި
09 ޖޫން 2017

ރޮނާލްޑޯއަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން: ބެންޒެމާ

09 ޖޫން 2017
ރޮނާލްޑޯއަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން: ބެންޒެމާ
15 މެއި 2017

މިނިވަން ޗެމްޕިއަންޝިޕް: ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތިނަދޫ ފައިނަލަށް

15 މެއި 2017
މިނިވަން ޗެމްޕިއަންޝިޕް: ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތިނަދޫ ފައިނަލަށް
08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް