Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޔޫރޮޕާ ލީގު

ޓެން ހާގް ބޭނުންވަނީ ޔުނައިޓެޑުގައި "މޮޅުވުމުގެ ސަގާފަތެއް" އުފެއްދުމަށް

ޓެން ހާގް ބުނީ އަބަދު ވެސް "އަހަރެން" އޭ ބުނަން ބޭނުން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ "އަހަރަމެން" އޭ ބުނެ، އެންމެން އެކުގައި މަސައްކަތް ކުރަން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2023 | ބުރާސްފަތި 02:31
ޔުނައިޓެޑުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް

ޔުނައިޓެޑުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް

ބޭނުންވަނީ މެންޗެސްޓަރ ޔުނައިޓެޑުގައި މޮޅުވުމުގެ ސަގާފަތެއް އުފައްދަން ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުއެފާ ޔޫރޮޕާ ލީގުގައި ބާސެލޯނާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ޔުނައިޓެޑުގައި އޭނާ ހުރީ ހަމަޖެހިގެން ކަމަށާއި، ވަރަށް އުފަލުން ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑު ކަހަލަ ބޮޑު ކުލަބެއްގައި ބޭނުންވީ އައު ޗެލެންޖެއް ނަގަން ކަމަށާއި، ފާއިތުވި އަހަރުތަކުގައި ހޯދިފައި ވަނީ މަދު ކާމިޔާބީތަކެއް ކަމަށެވެ. އަދި ޔުުނައިޓެޑުން އޮންނަ ޖެހޭ ހިސާބަށް ކުލަބް ގެންދެވޭނެ އެތައް ހުނަރެއް އެ ޓީމުގައި އޮތް ކަމަށެވެ. އަދި ހަމައެކަނި ކަމަކީ ޓީމު ޓްރެއިނިން ކުރުން ނޫން ކަމަށާއި، ބޭނުންވަނީ ޓީމުގެ ސަގާފަތް ވެސް ބަދަލު ކުރަން ކަމަށެވެ. އެގޮތުން ޔުނައިޓެޑުގައި އޮންނަން އެދެނީ މޮޅުވުމުގެ ސަގާފަތެއްކަން ފާހަގަކޮށް އޭނާ ބުނީ، އަމާޒަކީ އެއީ ކަމަށެވެ. ޓެން ހާގް ބުނީ އަބަދު ވެސް "އަހަރެން" އޭ ބުނަން ބޭނުން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ "އަހަރަމެން" އޭ ބުނެ، އެންމެން އެކުގައި މަސައްކަތް ކުރަން ކަމަށެވެ.

އިތުރަށް ޓެން ހާގް ބުނީ ޔުނައިޓެޑަކީ މޮޅު ކުލަބެއް ކަމަށާއި، ކުލަބުގެ އެތައް ހާސް ސަޕޯޓަރުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަމަށެވެ. އަދި ޔުނައިޓެޑާއެކު ކާމިޔާބީތަކެެއް ހޯދަން ބޭނުންވާ ކަމަށާއި، ނަމަވެސް އެކަމަށް ވަގުތު ނަގާނެކަން ޤަބޫލު ކުރާ ކަމަށެވެ. މީގެއިތުރުން ކޮންމެ ދުވަހަކު ވެސް އޭނާގެ އަމިއްލަ ނަފްސުން އެދެނީ އެންމެ ކާމިޔާބު މަސައްކަތެއް ކުރުމަށް ކަމަށާއި، އަމިއްލަ ނަފްސަށް ވެސް ޗެލެންޖު ނަގަން ބޭނުންވާ ކަމަށެވެ. އަދި ކުޅުންތެރިންގެ ފަރާތުން އަބަދު ވެސް އެމީހުންގެ އެންމެ މޮޅު ކުޅުން ވެސް ފެންނަން ބޭނުންވާ ކަމަށާއި، ބޭނުންވަނީ ރަނގަޅު ޓީމެއް އެކުލަވާލަން ކަމަށެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ ޓެން ހާގް ހަވާލުވި ފަހުން އެ ޓީމު އަންނަނީ ރަނގަޅު ނަތީޖާތަކެއް ވެސް ނެރެމުންނެވެ. ޕްރިމިއާ ލީގުގައި މިވަގުތު ޔުނައިޓެޑު އޮތީ ވެސް ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. މީގެ އިތުރުން އެ ޓީމު އޮތީ ކަރަބޯ ކަޕްގެ ފައިނަލްގަ އެވެ. ޔޫރޮޕާ ލީގުގައި ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ޔުނައިޓެޑުން ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ 10:45 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު