Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް

"މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" ނައިބު ރައީސް އިފްތިތާޙްކޮށްދެއްވައިފި

މި ތަމްރީނު ޕްރޮގްރާމް ހިންގާނީ ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު ސޮއިކުރައްވާފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ފެބުރުއަރީ 2023 | ބުދަ 06:51
ނައިބް ރައީސް ފައިސަލް ނަސީމް މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅުދައްކަވަނީ

ނައިބް ރައީސް ފައިސަލް ނަސީމް މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅުދައްކަވަނީ

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގެ ޖުމައިރާގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" އިފްތިތާޙްކޮށްދެއްވައިފިއެވެ.

އެމަނިކުފާނު ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، މި ހިނގާ ފެބްރުއަރީ މަހުގެ 13 އިން 15 އަށް ބާއްވާ މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުކެވެ.

Advertisement - newsAdvertisement

"މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ފެށި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގާނީ ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު ސޮއިކުރައްވާފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގެ ދަށުން ރާއްޖޭގެ ސަރުކާރު މުވައްޒަފުންނަށެވެ.

މި ޕްރޮގްރާމަކީ އުނގެނުމާއި އިނޮވޭޝަންގެ މުހިންމު ކަންކަމުގެ މައްޗަށް ފަރުމާކޮށް، ސަރުކާރު މުވައްޒަފުން ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދިނުމުގައި ސަރުކާރުން ދެމެހެއްޓެނިވި ކުރިއެރުމާއި ކާމިޔާބީ ހޯދުމަށް ހަދާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޓެކްނޮލޮޖީއާއި އިނޮވޭޝަން، ސަރުކާރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހިމެނުމުން، ސަރުކާރުން ދެމުންދާ ޚިދުމަތްތަކުގެ އެފިޝަންސީއާއި، ދެފުށް ފެންނަ އަދި ޒިންމާދާރުކަން އިތުރުވެގެންދާނެ ކަމަށެވެ.

އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކަށްވުރެ ކުރީގައި ދެމިތިބުމަށްޓަކައި އުނގެނުމާއި އިނޮވޭޝަނަށް މެދުނުކެނޑި އިންވެސްޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އެގްޒެކެޓިވް އެންހޭންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމް (އީއީއީޕީ) 2021 ވަނަ އަހަރު އިފްތިތާޙުކުރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނަށް އުނގެނުމާއި ތަރައްޤީގެ ފުރުޞަތުތައް އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. 

އީއީއީޕީއަކީ ސިވިލް ސަރވިސްގެ މެނޭޖްމަންޓް މަޤާމުތަކުގައި ސިޔާސީ އަދި އެގްޒެކެޓިވް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރެއިނިންގ ޔުނިޓާއި ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ދެ އަހަރު ދުވަހުގެ ޙަރަކާތެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޔޫއޭއީ ސަރުކާރުން މި ޕްރޮގްރާމް ކުރިއަށް ގެންދެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެއަށްފަހު އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކެޕޭސިޓީ ބިލްޑިންގ އިން ލީޑަރޝިޕް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް"ގެ ދަށުން، ޔޫ.އޭ.އީ ސަރުކާރުގެ އެންމެ ރަނގަޅު ޕްރެކްޓިސްތަކާއި ތަޖުރިބާތައް ބައިވެރިންނަށް ވޯކްޝޮޕްތަކާއި، އޮންލައިން ލެކްޗަރ ސެޝަންތަކާއި، ޔޫ.އޭ.އީ ސަރުކާރުގެ ޖަމްޢިއްޔާތަކަށް ފީލްޑް ވިޒިޓްތައް މެދުވެރިކޮށް ލިބިގެންދާނެކަމަށެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޕޮލިސީ ޑިޒައިނާއި ތަންފީޒްކުރުމާ ދެމެދު އޮތް ފަރަގު ނައްތާލުމާއި، ޕްރޮއެކްޓިވް ވޯކް ކަލްޗާއެއް ބިނާކުރުމާއި، ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް ރައްޔިތުމީހާއަށް އަމާޒުކޮށްގެން އާންމު ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ލާމަރުކަޒީ ހިންގުމުގައި އެއްބާރުލުން ދޭ ލީޑާޝިޕް ކުރިއެރުވުމާއި، ހަރުދަނާކޮށް ހިންގުމަށް ސޯޝަލް މީޑިއާ ހަރުދަނާ އުސޫލްތަކެއްގެ މަތިން ބޭނުންކުރުމުގައި އެހީތެރިވެދިނުމާއި، އިޖާދީގޮތުންނާއި ޤާބިލުކަމާއެކު ހިންގުމަށް ބޭނުންވާ ޑިޖިޓަލް މައިންޑް ސެޓްތައް ތަރައްޤީކުރުން އަދި ސަރުކާރުތެރޭގައި އެކި މުވައްސަސާތަކުގެ މެދުގައި ގުޅުން އިތުރުކުރުމުގެ ބޭނުމުގައި ހިންގާ ޕްރޮގްރާމެކެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު