Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ޕޯޓްތައް ޕްރައިވަޓައިޒް ކުރުން

އައްޑޫ އެއަރޕޯޓާއި ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކުުރުމަށް ގޮވާލާ ގަރާރެއް

އެންމެ ފައިދާވާނެ ގޮތަކަށް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ފެބުރުއަރީ 2023 | ބުދަ 03:31
ގަން އިންޓަނޭޝަނަލް އެއާޕޯޓް

ގަން އިންޓަނޭޝަނަލް އެއާޕޯޓް

ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓު ޕްރައިވެޓައިޒް ކުރުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. މި ގަރާރުގައި ބުނެފައިވަނީ މިއީ އައްޑޫގެ ދެ ޕޯޓް ޕްރައިވެޓައިޒްކޮށް، އައްޑޫ ސަރަހައްދަށް އައްޑޫ ރައްޔިތުންނާއި އަދި ސަރުކާރުން ގެންނަން ތަސައްވަރުކުރާ ތަރައްގީ ގެނެސްދިނުމަށް އެދި ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ.

އަދި އައްޑޫ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުމަށާއި، އެ ސަރަހައްދުގައި ބެޑް ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި އެ ޒޯންގައިވާ އެހެން އަތޮޅުތައް ހިމެނޭގޮތަށް ހަބެއްގެ ގޮތުގައި ތަރައްގީކުރެވޭނީ އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ތަރައްގީކޮށް، އެއަރޕޯޓާއި ސީޕޯޓާއި އަދި ޓޫރިޒަމާ ކަނެކްޓިވިޓީ އިތުރުކޮށްގެންކަމަށެވެ.

އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާއި، މިގޮތުން އައްޑޫ އެއަރޕޯޓް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ފަޔަރ ސްޓޭޝަން ބިލްޑިންގ ހެދުމާއި، ޑޮމެސްޓިކް ޓަރމިނަލްއާއި އަދި އިންޓަރނޭޝަނަލް ޓަރމިނަލް ހެދުމާއި، އެއަރޕޯޓް އެކްސަސް ރޯޑް ހެދުންވެސް ހިމެނޭކަމާއި، މީގެ އިތުރުން އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އައްޑޫ އެއަރޕޯޓާއި ސީޕޯޓް ތަރައްގީކުރުމަށް ގިނަގުނަ ހަރަދުތަކެއް ހިނގާނެކަމާއި، އަދި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތުން އަރައިގަނެ މި ދަނޑިވަޅުގައި ސަރުކާރުން މި ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމަށް ދަތިވާނެކަމަށް ބެލެވޭކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުވުމުން ފައިދާވާނެކަމަށް ގަބޫލުކުރެވޭ ކުންފުނިތައް ކަނޑައަޅައި އެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ދިރަސާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާއިރު، އައްޑޫ އެއަރޕޯޓާއި ސީޕޯޓް ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ޕްރައިވަޓައިޒްކޮށްފިނަމަ އައްޑޫ ރައްޔިތުން އެދެމުންދާ ތަރައްގީ އެސަރަހައްދަށް ގެނެވޭނެ ކަމަށެވެ.

އަދި ސަރުކާރުން އައްޑޫ ސަރަހައްދަށް ގެންނަން ތަސައްވަރުކުރާ ތަރައްގީ ގެނެވި، އައްޑޫ އެއަރޕޯޓާއި ސީޕޯޓުން ސަރުކާރަށް ފައިސާވަނުން އިތުރުވެ، ކަމުގެ ގާބިލުކަން އަދި ތަޖުރިބާ ހުރި ފަރާތެއްގެ ބައިވެރިވުމާއެކު، އެ ކުންފުނިތައް ރީސްޓްރަކްޗަރކޮށް އެފިޝަންޓްވެގެންދާނެކަމަށް ބެލެވޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން އައްޑޫ އެއަރޕޯޓާއި ސީޕޯޓް ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ޕްރައިވަޓައިޒްކުރުމުގެ އޮޕްޝަންތަކަށް ރިއާޔަތްކޮށް މީގެ ތެރެއިން އެންމެ ފައިދާވާނެ ގޮތަކަށް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ގަރާރުވަނީ ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު