Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުތަކުގައި ލާއިންސާނީ އަނިޔާ ލިބިފައިވާ ގައިދީން

ޖަލުތަކުގައި ލާއިންސާނީ އަނިޔާ ލިބިފައިވާ ގައިދީންގެ ފުރަތަމަ އަޑުއެހުން މިމަހުގެ 25 ގައި

14 ފެބުރުއަރީ 2023 | އަންގާރަ 02:14

ފުރަތަމަ އަޑުއެހުން ކުރިޔަށްދާނީ ފެބްރުއަރީ 10ން މަރޗް 5ށް މާފުށީ ޖަލުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ފެބުރުއަރީ 2023 | އަންގާރަ 02:14
މާފުށި ޖަލު

މާފުށި ޖަލު

ރާއްޖޭގެ ޖަލުތަކުގައި ގައިދީންނަށް ދީފައިވާ ލާއިންސާނީ އަނިޔާތަކާއި ގުޅޭގޮތުން ބާއްވާ ފުރަތަމަ އަޑުއެހުން މި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކުރިޔަށްދާނެ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުން ބުނެފިއެވެ.

މި އަޑުއެހުންތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ ބިޔުރޯ އެގްޒެކެޓިވް މުހައްމަދު ސަރާހު ވިދާޅުވީ ގައިދީންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ އަޑުއެހުންތައް ކުރިޔަށްދާނީ ދެބަޔަކަށް ބަހާލައިގެންކަމަށެވެ. ފުރަތަމަ އަޑުއެހުން މާފުށީ ޖަލުގައި ކުރިޔަށްގެންދާއިރު ދެވަނަ އަޑުއެހުން ކުރިޔަށްގެންދާނީ މާލޭ ޖަލުގައެވެ.

Advertisement - newsAdvertisement

ފުރަތަމަ އަޑުއެހުން ކުރިޔަށްދާނީ ފެބްރުއަރީ 10ން މަރޗް 5ށް މާފުށީ ޖަލުގައެވެ. މިއަޑުއެހުންތަކަކީ އާންމުކޮށް ހުޅުވާނުލާ ކުރިޔަށްގެންދާ އަޑުއެހުންތަކެކެވެ. އަދި މިއަޑުއެހުންތަކުގައި ގައިދީން ދައްކާ ވާހަކަތަކަކީ ސިއްރު ހިފެހެއްޓޭނެ ވާހަކަތަކެއް ކަމަށް ސަރާހު ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ އަޑުއެހުމާއި ގުޅޭގޮތުން ސަރާހު ވިދާޅުވީ އެއަޑުއެހުމުގައި ބައިވެރިވާން ބޭނުންވާ ގައިދީންނަށް އެފުރުސަތު ނޮވެމްބަރު މަހު ހުޅުވާލިކަމަށެވެ. އެކަމަށް އެދި 149 ގައިދީއަކު ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މިއަޑުއެހުންތަކުގައި ބައިވެރިކުރަނީ އޭގެތެރެއިން 39 ގައިދީއެއްކަމަށް ސަރާހު ވިދާޅުވިއެވެ. އެއީ ކަނޑައަޅާފައިވާ މެންޑޭޓަށް ފެތޭ ބައިވެރިންކަމަށް ސަރާހު ވިދާޅުވިއެވެ.

މިއަޑުއެހުންތައް ކުރިޔަށްގެންދާއިރު ގައިދީންނަށް ނަފްސާނީ ގޮތުން ދިމާވެދާނެ ކަންކަމަށްވެސް ތައްޔާރަށް އޮތްކަމަށް ސަރާހު ވިދާޅުވިއެވެ. އެގޮތުން ކުރީބައިގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިޔަށްގެންދެވިފައިވާކަމަށް ވިދާޅުވިއެވެ.

އަޑުއެހުންތައް ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެއޮފީހުގެ ޑިރެކްޓަރ ޖެނެރަލް އާރިޒާ ރަޝީދު ވިދާޅުވީ އަޑުއެހުންތަކުގައި ގައިދީންނަށް ލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ބަޔާންތައް ނަގާއިރު އެކަންކަމުގައި ޝާމިލުފާ އިތުރު ފަރާތްތައް ތިބިނަމަ އެފަރާތްތަކުގެ މައްސަލަތައްވެސް ބަލާނެކަަމަށެވެ. މައްސަލަތައް ބެލިގެންދާނީ ވިކްޓިމް އެޕްރޯޗަކުން ކަމަށް އާރިޒާ ވިދާޅުވިއެވެ.

މިއަޑުއެހުންތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ މިފަދަ މައްސަލަތަކުގެ ހަގީގަތް ދެނެގަނެ މައްސަލަތައް ހިނގާ ސަބަބުތަކާއި އަމަލުތައް ދެނެގަނެ ހިނގާ ޒާތާއި ފުޅާމިން ދެނެގަތުންކަމަށް ސަރާހު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ޖަލުތަކުގައި އަމަލުކުރަމުންދަނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްގޮތަށްތޯ ބަލާނެކަމަށް ސަރާހު ވިދާޅުވިއެވެ.

މިއަޑުއެހުންތައް ނިންމާލުމަށްފަހު ރިޕޯޓެއް ތައްޔާރުކުރެވޭނެކަމަށާއި ރިޕޯޓާއެކު ޑޮކިޔުމެންޓްރީއެއްވެސް ތައްޔާރުކުރެވިގެންދާނެކަމަށް ސަރާހު ވިދާޅުވިއެވެ. ރިޕޯޓްގައި ދައުލަތުގެ އިދާރާތަކަށް ދެން އަމަލުކުރަންވީ ގޮތާއި ކަންކަން އިސްލާހުކުރަންވީ ގޮތާއި ގުޅޭގޮތުން ޚިޔާލުތައް ކަމާބެހޭ އިދާރާތަކަށް އަރުވާނެކަމަށް ވިދާޅުވިއެވެ.

މާލޭ ޖަލުގައި އަޑުއެހުން ބާއްވާނެ ތާރީޚެއް ފަހުން އިއުލާންކުރެވޭނެކަމަށް އެއޮފީހުން ބުނެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، އިންތިޤާލީ އިންސާފުގެ ޤާނޫނުން ވުޖޫދުވެފައިވާ އޮފީހެކެވެ. މި ގާނޫނަކީ 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

މިއޮފީހަށް އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަޤިއްލު ޤާނޫނީ ޝަޚްޞެކެވެ. އޮމްބަޑްސްޕަރސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ތަޢައްޞުބުން އެއްކިބާވެތިބެ، މި ޤާނޫނުގެ މަޤްޞަދުތައް ހާސިލުވާނެ ގޮތުގެމަތިންކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް