Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ބަޔާން މެޗުގެ ކުރިން އެމްބާޕޭ ޕީއެސްޖީގެ ފަރިތަކުރުންތަކަށް

14 ފެބުރުއަރީ 2023 | އަންގާރަ 02:17

އެމްބާޕޭގެ އިތުރުން މެސީ އާއި ވެރާޓީ ވަނީ މެޗުގެ ސްކޮޑުގައި ހިމަނާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2023 | އަންގާރަ 02:17
ޕީއެސްޖީން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި މެސީ

ޕީއެސްޖީން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި މެސީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީން) ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ކީލިއަން އެމްބާޕޭ ބައިވެރިވެއްޖެ އެވެ.

އެމްބާޕޭ އަށް އަނިޔާވެފައި ވަނީ ފްރާންސް ލީގުގައި ޕީއެސްޖީން މޮންޓްޕެލިއޭއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަނިޔާ އަށް ފަހު ޕީއެސްޖީން ކުރިއަށްގެންދިޔަ މެޑިކަލް ޓެސްޓުތަކަށްފަހު ބުނީ އެމްބާޕޭ ކުޅުމާ ދުރުގައި ތިން ހަފްތާ ވަންދެން ހުންނަން ޖެހޭނެ ކަމަށެވެ. އެމްބާޕޭ އަށް ލިބުނީ ފައިގެ ކުޑަކަޅުވާ މަސްގަނޑުގެ އަނިޔާއެކެވެ. އަނިޔާގެ ސަބަބުން މަސްގަނޑުގެ ޓިޝޫތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. އެއާއެކު އެމްބާޕޭ ކުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު، ބަޔާނާ ދެކޮޅަށް ކުޅޭ މެޗު ގެއްލިދާނެ ކަމުގެ ބިރު އޮތީ ބޮޑުވެފަ އެވެ. އެއާއެކު ޕީއެސްޖީ އަށް ވަނީ ބޮޑު ނުތަވަނަސްކަމެއް ވެސް ކުރިމަތިވެފަ އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު ބަޔާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ހޯމަ ދުވަހު ޕީއެސްޖީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި އެމްބާޕޭ ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން މޮނާކޯއާ ދެކޮޅަށް ނުކުޅެވުނު ލިއޮނަލް މެސީ ވެސް ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. ބަޔާން މެޗަށް ޕީއެސްޖީން އެކުލަވާލި ސްކޮޑުގައި މި ދެ ކުޅުންތެރިންގެ އިތުރުން މާކޯ ވެރާޓީ ވެސް ވަނީ ހިމަނައިފަ އެވެ.

ގަދަ 16 ގައި އަމިއްލަ ދަނޑުގައި ޕީއެސްޖީން ބަޔާނާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް