Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖު ކޯޓާ

ހައްޖު ކޯޓާ އިތުރަށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން - އިސްލާމިކް މިނިސްޓަރު

13 ފެބުރުއަރީ 2023 | ހޯމަ 04:43

މިއަހަރު ކޯޓާ އިތުރަށް ލިބިގެންދާނެކަމަށް ބެލެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ފެބުރުއަރީ 2023 | ހޯމަ 04:43
ދިވެހި ހައްޖުވެރިން

ދިވެހި ހައްޖުވެރިން

ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ ކޯޓާ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ހައްޖަށްދާން ބޭނުންވާ މީހުންގެ ވަރަށް ބޮޑު ލިސްޓެއް ހައްޖު ކޯޕަރޭޝަންގައި އެބައޮތް ކަމަށެވެ. ފައިސާ ދެއްކި ފަރާތްތައް ކިއުގައި އެބަހުރި ކަމަށާއި، ކޮވިޑާއި ގުޅިގެން މީހުން ހައްޖަށް ނުގެންދެވޭތާ 2 އަހަރު ދުވަސްވެއްޖެ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެންމެ ފަހުން ފުރުސަތު ލިބުނު ފަހަރުވެސް ލިބިވަޑައިގެންނެވީ 400 ޖާގަ ކަމަށާއި، އެހެންކަމުން އެ ލިސްޓުގައި ތިބި ފަރާތްތައް ވަރަށް ބޮޑަށް ފަހަތަށް ހިނގައްޖެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޯޓާ އިތުރަށް ލިބިއްޖެނަމަ އެ ލިސްޓު ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއަހަރަށް ކަނޑައަޅާފައިވާ ކޯޓާ އިތުރުކުރެވޭތޯ ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އެ މަސައްކަތް ކުރައްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އުއްމީދުކުރައްވަނީ ކޯޓާ އިތުރުވެގެންދާނެ ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތުގެ ކުރިން ހައްޖުވެރިން ހައްޖުވުމަށް ފުރުސަތުދިން އަދަދަށް މިއަހަރު ފުރުސަތު ދޭނެކަން ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސައުދީގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީގް އަލް ރަބީއާ ވަނީ 3 އަހަރަށްފަހު ލުއިތަކެއް ދޭން ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖަށް މީހުން ފޮނުވުމުގެ ހުއްދަ އޮތް މިޝަންތަކަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ. އަދި ކޮވިޑްގެ ކުރިން ދިން އަދަދަށް ފުރުސަތު ދެވިގެންދާނެ ކަމަށާއި، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ފުރުސަތު ދޭން ނިންމަވާފައިވާކަމަށެވެ.

ޑރ. ތައުފީގު ވިދާޅުވީ ހައްޖުވެރިންނަށް ރަނގަޅު ތަޖުރިބާއެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. މިގޮތުން ވިސާގެ މުއްދަތު 30 ދުވަހުން 90 ދުވަހަށް އިތުރުކޮށްފައިވާކަމަށާއި އިތުރު ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 2.5 މިލިއަން މުސްލިމުން ބައިވެރިވެފައިވެއެވެ. 2009 ވަނަ އަހަރުން 2019 ވަނަ އަހަރުގެ ނިޔަލަށް ސައުދީ ސަރުކާރުން ވަނީ އެވަރޭޖްކޮށް 2.3 މިލިއަން މުސްލިމުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް