Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯ ނޭޝަންސް ކަޕް

ވޮލީއަކީ މިސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ދިރުވުމަށް މަސައްކަތް ކުރާ ކުޅިވަރެއް: މިނިސްޓަރު މަޚްލޫފް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ އައުޓްޑޯ ވޮލީ ކޯޓުތައް އެޅުމާއި، އިންޑޯ ވޮލީ ކޯޓުތައް ޤާއިމު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ފެބުރުއަރީ 2023 | ހޯމަ 02:31
ފޯ ނޭޝަންސް ކަޕް ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި މިނިސްޓަރު މަޚްލޫފް ވާހަކަފުޅު ދައްކަވަނީ

ފޯ ނޭޝަންސް ކަޕް ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި މިނިސްޓަރު މަޚްލޫފް ވާހަކަފުޅު ދައްކަވަނީ

ވޮލީބޯޅަ އަކީ މިސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ދިރުވުމަށް މަސައްކަތް ކުރާ ކުޅިވަރެއް ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިމަހު ރާއްޖޭގައި ބާއްވާ ފޯ ނޭޝަންސް ވޮލީ ބޯޅަ މުބާރާތް އިފްތިތާހު ކުރުމަަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ވޮލީ ބޯޅަ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ އައުޓްޑޯ ވޮލީ ކޯޓުތައް އެޅުމާއި، އިންޑޯ ވޮލީ ކޯޓުތައް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ އިތުރުން ރާއްޖޭގެ ޤައުމީ ވޮލީ ޓީމުތަކަށް ވެސް އެކިއެކި ފުރުސަތުތައް ހޯދައިދެމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޤައުމީ ޓީމެއްގެ އެންމެ ފުރަތަމަ ޔޫރަޕުގައި ކޭމްޕު ކުރީ ވެސް ވޮލީން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ ފަހުން ސައުދީ އަރަބިޔާގައި ކޭމްޕު ކުރުމަށްފަހު މިހާރު ޤައުމީ ވޮލީ ޓީމުން އަންނަނީ ތައިލެންޑުގައި ކޭމްޕު ކުރަމުން ކަމަށާއި ރާއްޖޭގެ ބީޗު ވޮލީ ބޯޅަ އާއި އިންޑޯ ވޮލީ ބޯޅަ ހިމެނޭހެން ކުރިއެރުވުމަށާއި، އެހެން ހަރުފަތަކަށް ގެންދިޔުމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގައި ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތެއް ބޭއްވުމުގެ އުންމީދުގައި މަސައްކަތް ކުރަމުން އައި ކަމަށެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި އެ މުބާރާތް ރާއްޖޭގައި ބޭއްވޭ ގޮތް ނުވީ ކަމަށެވެ. އެ ސަބަބުތަކުގެ ތަފްސީލެއް މިނިސްޓަރު ދެއްވައިފައެއް ނުވެ އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ، ފަހުން ބޭނުންވީ އެއްވެސް ބަޔަަކަށް ބާރޯސާނުވެ، ރާއްޖޭގައި ބައިނަލްއަޤުވާމީ މުބާރާތެއް ބޭއްވުމަށް ކަމަށެވެ. އެގޮތުން ހަތަރު ޤައުމު ބައިވެރިވާ، ފޯ ނޭޝަންސް ކަޕް ބޭއްވުމަށް ނިންމެވީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އަފްޣާނިސްތާން، މެލޭޝިޔާ، ސިންގަޕޫރު އަދި ރާއްޖެއިން ވާދަ ކުރާ މުބާރާތުގައި ބައިވެރިވުމަށް ސައުދީ އަރަބިޔާގެ އަންހެން ވޮލީ ޓީމަށް ވެސް ދައުވަތު ދެވުނު ކަމަށެވެ. ނަމަވެސް މުބާރާތުގައި އެ ޤައުމަށް ބައިވެރިވެވެން ނެތް ކަމަށާއި، ރާއްޖޭގައި ވޮލީ ކޭމްޕެއް ކުރިއަށް ގެންދިޔުމުގެ ޝައުޤުވެރިކަން އެ ޤައުމުން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރު މަޚްލޫފް ވިދާޅުވި އެވެ.

މި މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ފަށާ ފޯ ނޭޝަންސް މުބާރާތް ކުރިއަށް ދާނީ މި މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު