Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްޙީ ދާއިރާ

ސިއްހީ ދާއިރާފަދަ ދާއިރާތަކުން މި ފެންނަ ކުރިއެރުމުގެ އަސްލު ގުޅިފައިވަނީ ސަރުކާރުގެ ކާމިޔާބު ޚާރިޖީ ސިޔާސަތާ: ނައިބު ރައީސް

12 ފެބުރުއަރީ 2023 | އާދީއްތަ 02:21

އދ. ގެ މެންބަރު ޤައުމުތަކުގެ 94 އިންސައްތަ ޤައުމުތަކާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކުރުމަކީ ކުރުމުއްދަތެއްގައި ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 ފެބުރުއަރީ 2023 | އާދީއްތަ 02:21
ނައިބު ރައީސް ޗައިނާގެ ސަފީރާއި ހުޅުމާލެ ހޮސްޕިޓަލުގެ އިސްވެރިންނާއެކު

ނައިބު ރައީސް ޗައިނާގެ ސަފީރާއި ހުޅުމާލެ ހޮސްޕިޓަލުގެ އިސްވެރިންނާއެކު

ސިއްހީ ދާއިރާފަދަ ދާއިރާތަކުން މިހާރު ފެންނަމުންދާ ކުރިއެރުމުގެ އަސްލު ގުޅިފައިވަނީ އަދުގެ ސަރުކާރުގެ ކާމިޔާބު ޚާރިޖީ ސިޔާސަތާ، ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހުނަރާއި ޚިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހުޅުމާލެ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގައި ކުރިއަށްދިޔަ މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ދިވެހިރާއްޖެއިން އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ އެކި ޤައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅުނުވެދިޔަ ދުވަސްތަކުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިރުޝާދާއި ހަރުދަނާ ލީޑަރޝިޕްގެ ދަށުން ބައިނަލްއަޤްވާމީ މުޖުތަމައާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތްތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. ގެ މެންބަރު ޤައުމުތަކުގެ 94 އިންސައްތަ ޤައުމުތަކާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާއިރު، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ކާމިޔާބީއެއްގެ ގޮތުގައި ނައިބު ރައީސް ސިފަކުރެއްވިއެވެ.

މާލެ ސިޓީއަށް ސިއްހީ ހިދުމަތް ސެންޓްރަލައިޒް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އެ ގޮންޖެހުންތަކުން އަރައިގަތުމަށް މި ސަރުކާރުން ލާމަރުކަޒީ އުސޫލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބޭސްފަރުވާގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ވެރިކަންކުރާ ރަށަށް ކޮންމެހެން ދާން ޖެހޭގޮތަށް ހުރި ކަންކަން ބަދަލުކުރުމަކީ މި ސަރުކާރުގެ ވައުދެއްކަމަށާއި އެ ވައުދު ފުއްދުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރަހައްދީ ޓާޝަރީ ހޮސްޕިޓަލުތައް ތަރައްގީކުރުމަށް މި ސަރުކާރުން ރާވާފައިވާ މަސައްކަތްތަކުގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރީޖަނަލް ޓާޝަރީ ހޮސްޕިޓަލުތަކުން ދޭ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކަމަށާއި، އެ ވިސްނުން ހަގީގަތަކަށް ގެނައުމުގެ ޕްލޭންތައް މިހާރުވެސް ކުރިއަށްދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރު މި ސަރުކާރުން ތައާރަފުކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ހައިސްޕީޑް ފެރީގެ ޚިދުމަތުން އެކަމަށް އިތުރު ފުރިހަމަކަމެއް ލިބެމުންދާ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސިއްހީ ހިދުމަތްތެރިންނަށް ތަޢުލީމާއި ތަމްރީނު ދޭންޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްގޮތްކޮށް، މިދިޔަ އަހަރު ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، މި އަހަރު ސިއްހީ ދާއިރާ ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދޭން ސަރުކާރުން އިއުލާންކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ނައިބު ރައީސް ވަނީ ޗައިނާ ސަރުކާރުން ރާއްޖެއާމެދު ބަހައްޓާ ގާތްކަމާއި ވަމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ކުރިއަށްއޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.

އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރަކީ 2020 ވަނަ އަހަރު ޗައިނާ ސަރުކާރުގެ ދީލަތި އެހީގައި ހުޅުވި ސެންޓަރެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ފެއިލްވެއްޖެ ކަމަކަށް ގަބޫލެއް ނުކުރަން، ދެން ވަންނާނީ ފެންނަ ގޮތަށް: އިބޫ

10 އެޕްރީލު 2017
ފެއިލްވެއްޖެ ކަމަކަށް ގަބޫލެއް ނުކުރަން، ދެން ވަންނާނީ ފެންނަ ގޮތަށް: އިބޫ
28 މާރިޗު 2017

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު
19 މާރިޗު 2017

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
13 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ

13 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް