Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ މާބަނޑު އަންހެނުން އާޖެންޓީނާއަށް

ރަޝިޔާގެ އެތައް ހާސް މާބަނޑު އަންހެނުންނެއް އާޖެންޓީނާއަށް

12 ފެބުރުއަރީ 2023 | އާދީއްތަ 02:17

މާބަނޑު އަންހެނުން އާޖެންޓީނާއަށް އަންނަމުންދަނީ އެމީހުން ވިހާ ދަރިންނަށް އާޖެންޓީނާގެ ރައްޔިތުކަން ދިނުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ފެބުރުއަރީ 2023 | އާދީއްތަ 02:17
އާޖެންޓީނާ އެއާޕޯޓް

އާޖެންޓީނާ އެއާޕޯޓް

ފާއިތުވި މަސްތަކުގައި ރަޝިޔާގެ 5000ށް ވުރެ ގިނަ މާބަނޑު އަންހެނުން އަރޖެންޓީނާއަށް އެތެރެފައިވާކަމަށް އާޖެންޓީނާގެ ނޭޝަނަލް މައިގްރޭޝަން އެޖެންސީން ބުނެފިއެވެ.

އެ އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ ބުރާސްފަތި ދުވަހު އައި އެއް ފްލައިޓަކުން ރަޝިޔާގެ 33 މާބަނޑު އަންހެނުން އާޖެންޓީނާއަށް ގޮސްފައިވާކަމަށެވެ. އެންމެފަހުން އެތެރެވި އެންމެންވެސް ތިބީ ވިހަން ތައްޔާރުވެފައިކަމަށް އެޖެންސީން ބުނެއެވެ.

މާބަނޑު އަންހެނުން އާޖެންޓީނާއަށް އަންނަމުންދަނީ އެމީހުން ވިހާ ދަރިންނަށް އާޖެންޓީނާގެ ރައްޔިތުކަން ދިނުމަށްކަމަށް މީޑިޔާތަކުން ބުނެއެވެ. ފަހަކުން އައިސް މިގޮތަށް އެތެރެވާ މާބަނޑު މީހުން އިތުރުވެފައިވާކަމަށާއި އެއީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންކަމަށް އާޖެންޓީނާގެ މީޑީޔާއިން ބުނެއެވެ.

މައިގްރޭޝަން އެޖެންސީގެ ހެޑް ފްލޮރެންޝިޔާ ވިދާޅުވީ އެއް ފްލައިޓަކުން އައި 33 މީހުންގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ އެމީހުންގެ ޑޮކިޔުމެންޓްތަކުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ. ރަޝިޔާގެ އަންހެނުން ފުރަތަމަ ބުނަނީ އެމީހުން އާޖެންޓީނާއަށް އެތެރެވަނީ ޓުއަރިސްޓުންގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިގޮތަށް ފެންނަ ކޭސްތަކުން އެމީހުން އަންނަނީ ޓުއަރިސްޓުންގެ ގޮތުގައި ނޫންކަން އެނގިގެންދާކަމަށް ފްލޮރެންޝިޔާ ވިދާޅުވިއެވެ.

ފްލޮރެންޝިޔާ ވިދާޅުވީ އެމީހުން ވިހާ ދަރިންނަށް އާޖެންޓީނާގެ ރައްޔިތުކަން ދޭން ބޭނުންވަނީ ރަޝިޔާ ޕާސްޕޯޓުން ނުލިބޭ އެތައް މިނިވަންކަމެއް އާޖެންޓީނާ ޕާސްޕޯޓުން ލިބޭތީއެވެ.

މައްސަލައަކަށްވަނީ އެމީހުންގެ ދަރިންގެ ރައްޔިތުކަން އާޖެންޓީނާއަށް ބަދަލުކުރުމަށްފަހު ދޫކޮށްފައިދާތީކަމަށް އޭނާ ވިދާޅުވިއެވެ. އާޖެންޓީނާގެ ޕާސްޕޯޓުން 171 ގައުމަކަށް ވިސާއާ ނުލާ ދަތުރުކުރެވެއެވެ. ރަޝިޔާ ޕާސްޕޯޓުގައި ވިސާއާ ނުލާ ދަތުރުކުރެވެނީ 87 ގައުމަކަށެވެ. މީގެއިތުރުން އާޖެންޓީނާގެ ރައްޔިތުކަން ދަރިންނަށް ލިބުމުން އެމީހުންގެ ރައްޔިތުކަން ބަދަލުކުރުންވެސް އަވަސްވެގެންދާކަމަށް ފްލޮރެންޝިޔާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ރަޝިޔާގެ މާބަނޑު އަންހެނުން އާޖެންޓީނާއަށް އަންނަ އެހެން ސަބަބުތަކުގެ ތެރޭގައި އާޖެންޓީނާގައި އޮންނަ ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމާއި ފަސޭހަކަމާއެކު އާޖެންޓީނާއަށް އެތެރެވެވުން ހިމެނޭކަމަށް ފްލޮރެންޝިޔާ ވިދާޅުވިއެވެ.

އާޖެންޓީނާގައި މިހާރު އެންމެ ބޮޑަށް ކުރިއަރައިގެންދާ އެއް ބާވަތުގެ ޓޫރިޒަމަކީ "ބަރތް ޓޫރިޒަމް" އެވެ. އާޖެންޓީނާގައި ރަޝިޔާ ބަހުން ހުންނަ ވެބްސައިޓްތަކުގައި މާބަނޑު އަންހެނުންނަށް ޚާއްސަކޮށް ޕެކޭޖްތަކެއް ވަނީ ތައާރަފްކޮށްފައެވެ. ވެބްސައިޓްތަކުގައި ހުރި އިޝްތިހާރުތަކުގައި ވިހެއުމުގެ ކަންކަމާއި އެއަރޕޯޓަށް ބަލާދިޔުމާއި ސްޕެނިޝް ބަސް ދަސްކުރުމާއި ތިބުމަށް ޑިސްކައުންޓް ދިނުންފަދަ ކަންކަމާއި އާޖެންޓީނާގެ ކެޕިޓަލް ހިސާބުން އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުން ޚިދުމަތް ލިބުން ފަދަ ކަންކަން ހިމެނޭކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ.

އިކޮނޮމީ ކްލާހުން ފެށިގެން ފަސްޓް ކުލާހާ ދެމެދަށް ޕެކޭޖްތައްވަނީ ހަދާފައެވެ. އިކޮނޮމީ ކްލާސް ޕެކޭޖުގެ އަގަކީ 5000 ޑޮލަރެވެ. ފަސްޓް ކުލާހުގެ ޕެކޭޖުގެ އަގަކީ 12،433 ޑޮލަރެވެ.

ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އޭގެ ފައުންޑަރަކީ 2015 ވަނަ އަހަރުން ފެށިގެން އާޖެންޓީނާއަށް އަންނަން ބޭނުންވާ މާބަނޑު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހެކެވެ. އަދި އެއީ 100 އިންސައްތަ އާޖެންޓީނާ މީހުން ހިއްސާވާ ވިޔަފާރިއެއްކަމަށްވެސް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް