Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބް ވޯލްޑް ކަޕް

ކުލަބް ވޯލްޑް ކަޕްގެ ފައިނަލަކީ ރެއާލަށް ސީޒަންގެ ޓާނިން ޕޮއިންޓް: އަންޗެލޮޓީ

11 ފެބުރުއަރީ 2023 | ހޮނިހިރު 06:37

އަންޗެލޮޓީ ބުނީ ފައިނަލް މެޗު ކާމިޔާބުކޮށް ރެއާލަށް ތަށި އުފުލާލެވިއްޖެ ނަމަ، އެއީ ސީޒަންގެ ބާކީ ބަޔަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ފެބުރުއަރީ 2023 | ހޮނިހިރު 06:37
ރެއާލް އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ކޯޗު އަންޗެލޮޓީ

ރެއާލް އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ކޯޗު އަންޗެލޮޓީ

ފީފާ ކުލަބް ވޯލްޑް ކަޕްގެ ފައިނަލަކީ ރެއާލް މެޑްރިޑަށް ސީޒަންގެ ޓާނިން ޕޮއިންޓު ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ ކުލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ސައުދީ އަރަބިޔާގެ އަލް ޙިލާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. އަންޗެލޮޓީ ބުނީ މިހާރު ކުރިއަށްދާ ސީޒަނަކީ ރެއާލަށް ވަރަށް އުނދަގޫ ސީޒަނެއް ކަމަށާއި، ޚާއްސަކޮށް ޓީމުގައި އަނިޔާގެ މައްސަލަތަކެއް ހުރުމުން ސީޒަން ދަނީ އުނދަގޫ ގޮތަކަށް ކަމަށެވެ. އަންޗެލޮޓީ ބުނީ ފައިނަލް މެޗު ކާމިޔާބުކޮށް ރެއާލަށް ތަށި އުފުލާލެވިއްޖެ ނަމަ، އެއީ ސީޒަންގެ ބާކީ ބަޔަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން ސްޕެނިޝް ލީގާއު، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ކޮޕަ ޑެލް ރޭ މުބާރާތުގައި ކުޅުމަށް ކުޅުންތެރިންނަށް އިތުރު "ބޫސްޓެއް" ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ސެމީ ފައިނަލްގައި އަލް އަހްލީއާ ދެކޮޅަށް ނުކުޅެވުނު ނަމަވެސް، ފައިނަލްގައި ކުޅެވޭ ވަރަށް ކެޕްޓަން ކަރީމް ބެންޒެމާ އާއި ޑިފެންޑަރު އެޑާ މިލިޓާއޯ ފިޓުވެއްޖެ ކަމަށެވެ. އޭނާ ބުނީ އެ ދެ ކުޅުންތެރިން ވެސް ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ކަމަށާއި، ފައިނަލްގެ ފުރަތަމަ 11 ގައި ފެންނާނެ ވަރުވާނެ ކަމަށެވެ. އިތުރަށް އަންޗެލޮޓީ ބުނީ އަލް ޙިލާލްގެ ކޯޗު ރާމޯން ޑިއާޒް އަކީ މޮޅަށް ކުޅުނު ފޯވާާޑެއް ކަމަށެވެ. އަންޗެލޮޓީ ބުނީ ޑިއާޒް އޭނާ ކުޅުނު ކޮންމެ ޓީމެއްގައި ވެސް ވަނީ އުފާވެރި ހަނދާންތަކެއް ދޫކޮށްފައި ކަމަށާއި، މިއީ ކޯޗެއްގެ ގޮތުގައި ދެމީހުންގެ ކުރިމަތިލުމެއް ފެންނަ ފުރަތަމަ ފަހަރު ކަމަށެވެ. އަންޗެލޮޓީ ބުނީ ޑިއާޒް އަށް އޭނާ ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށާއި، އަބަދު ވެސް އެކަން އެގޮތުގައި އޮންނާނެ ކަމަށެވެ.

މިއަހަރުގެ ފީފާ ކުލަބް ވޯލްޑް ކަޕްގެ ފައިނަލްގައި އަލް ޙިލާލާ ދެކޮޅަށް ރެއާލުން ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އެންމެ ހިނގާ

1

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

2

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް