Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދޫނި ރޯގާ

އިންސާނުންގެ މެދުގައި ދޫނި ރޯގާގެ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯއިން ދީފި

މަންމަލި ޖަނަވާރުތަކުގެ މެދުގައި ބަލި ފެތުރެމުންދާ ގޮތް، ޤައުމުތަކުން ވީހާވެސްގާތުން މޮނިޓަރ ކުރުމަށް ވަނީ ގޮވާލައްވާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 11 ފެބުރުއަރީ 2023 | ހޮނިހިރު 05:51
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް - އެޗް.ފައިވް.އެން.ވަން ގެ ކޭސްތައް، މީގެ ކުރިން އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައި

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް - އެޗް.ފައިވް.އެން.ވަން ގެ ކޭސްތައް، މީގެ ކުރިން އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައި

އިންސާނީ އާބާދުގެ ތެރޭގައި ދޫނީ ރޯގާގެ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ނުރައްކާ އެބަ އޮތް ކަމަށް ބުނެ، އެކަމަށް ތައްޔާރު ވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންޒާރު ކޮށްފިއެވެ.

ދޫނި ރޯގާގެ ސްޓްރެއިންއެއް ކަމަށްވާ އެޗްފައިވްއެންވަން، އޮޓަރ، މިންކް އަދި ހިޔަޅު ފަދަ އެހެން ޖަނަވާރުތަކުގެ މެދުގައި ފެތުރެމުން ދާތީ އެކަންވަނީ ފާހަގަ ކުރެވިފައެވެ. އަދި މި ކަމަކީ، އިންސާނުންނާ ހިސާބަށް ވައިރަސް ފޯރުމުގެ ބިރު ބޮޑުވި ސަބަބެކެވެ.

ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދިޔަ ވަރޗުއަލް ޕްރެސް ބްރީފްއެއްގައި އެ ޖަމިއްޔާގެ ޑައިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، މަންމަލި ޖަނަވާރުތަކުގެ މެދުގައި ބަލި ފެތުރެމުންދާ ގޮތް، ޤައުމުތަކުން ވީހާވެސްގާތުން މޮނިޓަރ ކުރުމަށް ގޮވާލައްވާފައެވެ.

ޖަނަވާރުތަކުގެ ކިބައިން އިންސާނުންގެ ހަށިގަނޑަށް ވައިރަސް "ފުންމާލުމުގެ" ފުރުޞަތު އަދިވެސް އުޅެނީ ދަށްކޮށް ކަމުގައި ވީ ނަމަވެސް، އެއީ އެކަން ތާ އަބަދަށް އޮންނާނެ ގޮތް ކަމަށް ބެލެން ނެތް ކަމަށާއި، އެފަދަ ހާލަތަކަށް ތައްޔާރު ވާން ޖެހޭ ކަމަށް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ ދޫނި ރޯގާ ނުވަތަ އޭވިއަން އިންފްލުއެންޒާގެ ބަލިމަޑުކަމެއް އިނގިރޭސިވިލާތުގައި ފެތުރި، މަންމަލި ޖަނަވާރުތަކަށްވެސް ބަލި ޖެހެމުންދާ ކަމަށް އެ ޤައުމުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެކެވެ. ސްޕެއިންވެސް މިދިޔަ މަހު ވަނީ އެފަދަ ރިޕޯޓެއް ކޮށްފައެވެ.

އެޗް5އެން1 ގެ ކޭސްތައް، މީގެ ކުރިން އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ. ނަމަވެސް، އެމީހުންނަކީ ދޫނިތަކާ ސީދާ ގޮތުން ކޮންޓެކްޓްވެފައިވާ މީހުންނެވެ. މި ވައިރަހަކީ އިންސާނުންނާއި އެހެންވެސް މަންމަލި ޖަނަވާރުތަކަށް މާ ފަސޭހައިން އަރާ ބައްޔެއް ނޫނެވެ.

ކަން މިހެން އޮތް ނަމަވެސް މަންމަލި ޖަނަވާރުތަކަށް މި ބަލި ޖެހޭ ނިސްބަތް އިތުރު ވަމުންދާ ކަމަށް ރިޕޯޓްތައް ލިބެމުން ދިއުމަކީ، ބަލި ޖައްސާ ވައިރަހަށް ބަދަލުތަކެއް އައިސް، ފަސޭހަ ކަމާއެކު އިންސާނުންގެ ހަށިގަނޑަށް ފުންމާލުމުގެ ބިރު އިތުރުވެގެންދާ ކަމެކެވެ.

ދޫނި ރޯގާ މުޅިން ކޮންޓްރޯލް ނުކުރެވޭހާ ހިނދަކު، އެ ބަލީގެ ނުރައްކާ، މުޅި ދުނިޔެއަށްވެސް އެބަ އޮތް ކަމަށް، ތަޖުރިބާކާރުން މީގެ ކުރިންވެސް ވަނީ އިންޒާރު ކުރައްވާފައެވެ.

މިންކްގެ ހަށިގަނޑުން ދޫނި ރޯގާގެ އަސަރު ފެނުމަކީ ވައިރަހުގެ ހައިބްރިޑް ވައްތަރެއް ފެތުރެމުންދާ ކަމުގެ ހެއްކަކަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

2009 ވަނަ އަހަރު، ސްވައިން ފްލޫ ނުވަތަ އޫރު ރޯގާ ފެތުރިގެން ދިއުމަށްވެސް މެދުވެރިވީ އެކަހަލަ ހާލަތެކެވެ. އެ ފަހަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކަށް ސްވައިން ފްލޫގެ އަސަރު ކުރިއެވެ.

އެންމެ ފަހުން ދުނިޔެ ދުށް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އެކަހަލަ ކަމެއް ފެނުނެވެ. އެއީ ޑެލްޓާއާއި އޮމިކްރޯން ވޭރިއަންޓް އެކުވެގެން އުފެދުނު ޑެލްޓަކްރޯން ވޭރިއަންޓްއެވެ.

ދޫނި ރޯގާއަކީ ދުނިޔެއަށް ދެން އެންމެ އަވަހަށް ކުރިމަތިލާން ޖެހިދާނެ ބަލިމަޑުކަމަށް ވެދާނެ ކަމުގެ އިންޒާރު، ސައެންސްވެރިން ދެމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މޫސުމީ ރޯގާއާއެކު، މި ބަލި ފެތުރުމުގެ ނުރައްކާވެސް އެބަ އޮތެވެ.

ދޫނި ރޯގާ ނުވަތަ އޭވިއަން އިންފްލުއެންޒާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ދޫނި ރޯގާ ކިޔެނީ މިވައިރަހުގެ ސަބަބުން ޖެހޭ ރޯގާ ވަލު ދޫނި ތަކާއި، ހިޖުރަކުރާ ދޫނިތަކުގެ މެދުގައި އާންމުކަމުންނެވެ. މިބަލީގެ ޖަރާސީމު ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި، ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި، ލޭގައި ހުރެއެވެ.

ދޫނި ރޯގާ އިންސާނުންނަށް ޖެހޭކަން ފުރަތަމަ ފަހަރަށް ފާހަގަވެފައިވަނީ 1997 ވަނަ އަހަރު ހޮންގްކޮންގް އިންނެވެ. މިހާތަނަށް މިބަލި ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު ބަލީގައި މަރުވި ނިސްބަތް އިތުރެވެ.

މިއީ މުސްތަގުބަލްގައި ވަބާއެއްގެ ސިފައިގައި ހަލުކަމާއެކު ފެތުރިގެން ދިއުމުގެ ނުރައްކާތެރިކަން އޮތް ބައްޔެއް ކަމަށްވެސް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން މީގެ 10 ވަރަކަށް އަހަރު ކުރިން ވަނީ ލަފާކޮށްފައެވެ.

އާދައިގެ އަރިދަފުސް ރޯގާއެއްގެ ސިފައިގައި ބަލީގެ އުދަނގޫތައް ފެނުމަށްފަހު، ބަލީގެ ފަހުކޮޅުގައި ނުރައްކާތެރި ނިއުމޯނިޔާ އަށް ބަދަލުވެ، ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ. އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކާގެ ގަޔަށް ދޫނި ރޯގާ ފެތުރޭކަން އަދި އެނގިފައެއް ނުވެއެވެ.

ކުކުޅު ނުވަތަ ދޫނި ގެންގުޅޭ، އުޅޭ ސަރަހައްދަކާއި، ތަނަކާއި ކައިރިވެ އުޅުމަށްފަހު، އަރިދަފުސް ރޯގާ އާއި ވައްތަރު އަލާމާތް ހުރެ ބަލިވެއުޅޭނަމަ، ޑޮކްޓަރަކާއި، ނުވަތަ ސިއްހީ ހިދުމަތްތެރިއަކާ ވާހަކަ ދެއްކުން މުހިންމެވެ.

އިންސާނުންނަށް މިބަލި ޖެހެނީ މިތަކެއްޗާއި ގައިގޯޅިވެ އުޅުމުގެ ސަބަބުން ނޭގުމުގެ ތެރޭގައެވެ. ބޮޑެތި މީހުންނަށް މިބަލި ޖެހެނީ މިތަކެތި ކަތިލުމަށް ނުވަތަ މިތަކެތީގެ ފަތްނޮޅުމަށް އުޅޭ އުޅުމުގެ ތެރޭގައެވެ. ނުވަތަ ކަތިލާފައިވާ ބަލިޖެހިފައިވާ ދޫނިންނެވެ. ކުޑަކުދިންނަށް މިބަލިޖެހެނީ ބަލިޖެހިފައި ހުންނަ ދިރޭ ކުކުޅާއި، މަރުވާ ކުކުޅާއެކު ކުޅެއުޅުމުގެ ތެރޭގައި ކަމަށް ބުނެވެއެވެ.

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2021

މަރުވެފައިވާ ދޫނިތަކުން ރޯމްގެ މަގުތައް ފުރާލައިފި

02 ޖެނުއަރީ 2021
މަރުވެފައިވާ ދޫނިތަކުން ރޯމްގެ މަގުތައް ފުރާލައިފި
09 ޖޫން 2020

އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުދީ، ބަލިމަޑުކަމެއް އަދި ނިމުމެއް ނެތް: ޑަބްލިއުއެޗްއޯ

09 ޖޫން 2020
އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުދީ، ބަލިމަޑުކަމެއް އަދި ނިމުމެއް ނެތް: ޑަބްލިއުއެޗްއޯ
15 މެއި 2020

ކޮވިޑް-19 އާއެކު އިންސާނުންގެ ނަފްސާނީ މައްސަލަތައް އިތުރުވަމުންދާ ކަމުގެ އިންޒާރު އދ އިން ދީފި

15 މެއި 2020
ކޮވިޑް-19 އާއެކު އިންސާނުންގެ ނަފްސާނީ މައްސަލަތައް އިތުރުވަމުންދާ ކަމުގެ އިންޒާރު އދ އިން ދީފި
30 މާރިޗު 2020

ކޮވިޑް-19 އިން ދައްކުވައިދެނީ އިންސާނުންގެ ބަލިކަށިކަން އަދި އެކަކު އަނެކަކަށް ބަރޯސާވާ މިންވަރު: ޓެޑްރޯސް

30 މާރިޗު 2020
ކޮވިޑް-19 އިން ދައްކުވައިދެނީ އިންސާނުންގެ ބަލިކަށިކަން އަދި އެކަކު އަނެކަކަށް ބަރޯސާވާ މިންވަރު: ޓެޑްރޯސް
11 މާރިޗު 2020

ކޮވިޑް-19 އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފި

11 މާރިޗު 2020
ކޮވިޑް-19 އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފި
16 ފެބުރުއަރީ 2020

ބުރުނޑީގެ ގަބުރުސްތާނު ތަކުން ހަހާހަށްވުރެ ގިނަ އިންސާނުންގެ ކަށިތައް ހޯދައިފި

16 ފެބުރުއަރީ 2020
ބުރުނޑީގެ ގަބުރުސްތާނު ތަކުން ހަހާހަށްވުރެ ގިނަ އިންސާނުންގެ ކަށިތައް ހޯދައިފި
05 ފެބުރުއަރީ 2020

ސައުދީން ދޫނި ރޯގާ ފެނިއްޖެ

05 ފެބުރުއަރީ 2020
ސައުދީން ދޫނި ރޯގާ ފެނިއްޖެ
16 ނޮވެމްބަރު 2019

ސްރީލަންކާގެ ރިޔާސީ އިންތިޚާބު: އާންމުންގެ މެދުގައި މަޤުބޫލީ 4 ކެންޑިޑޭޓުން

16 ނޮވެމްބަރު 2019
ސްރީލަންކާގެ ރިޔާސީ އިންތިޚާބު: އާންމުންގެ މެދުގައި މަޤުބޫލީ 4 ކެންޑިޑޭޓުން
21 ސެޕްޓެމްބަރު 2018

އޮސްޓްރޭލިއާގެ ބޮޑު ދޫނިތަކަށް ކާރު އެރުވި މީހާ ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2018
އޮސްޓްރޭލިއާގެ ބޮޑު ދޫނިތަކަށް ކާރު އެރުވި މީހާ ހައްޔަރުކޮށްފި
09 ޖެނުއަރީ 2018

ދެ ކޮރެއާގެ މެދުގައި ވާހަކަތައް ފަށައިފި

09 ޖެނުއަރީ 2018
ދެ ކޮރެއާގެ މެދުގައި ވާހަކަތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު