Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަގިރީގެ ޚިދުމަތް ފެށުން

ކުޑަގިރި ކައިރީގައި ސްކޫލް ކުދިންނަށް ޚާއްސަ އިތުރު ރަށެއް، ރަށް ތަރައްޤީކުރުން އެޗްޑީސީ އަށް

11 ފެބުރުއަރީ 2023 | ހޮނިހިރު 04:50

ކުޑަގިރި އާއި ޖެހިގެން އިތުރު ރަށެއް ތަރައްްޤީ ކުރާނެކަން އިއުލާންކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ފެބުރުއަރީ 2023 | ހޮނިހިރު 04:50
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން

ކުޑަގިރި ކަައިރީގައި ސްކޫލް ދަރިވަަރުންނަށް ޚާއްސަ އިތުރު ރަށެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި، އެ މަސައްކަތް އަވަސްކުރުމަށް ހައުސިން ޑިވެލޮޕްމެންޓް (އެޗްޑީސީ) އަށް އަންގަވާފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ކުޑަގިރިހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ކުޑަގިރި ތަރައްޤީކުރި އިރު އިތުރު ފަޅެއް ތަރައްޤީކުރުމުގެ ވާހަކަ ދެކެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުޑަގިރި އާއި ޖެހިގެން އިތުރު ރަށެއް ތަރައްްޤީ ކުރާނެކަން އިއުލާންކޮށްފައިވާނެ ކަމަށާއި އެއީ ކެމްޕް ކުރުން ފަދަ ކަންކަން ކުރުމަށް ދަރިވަރުންނަށް ޚާއްސަ ކުރާ ތަނެއް ކަަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ކުޑަގިރި ތަަރައްޤީކުރުމުގެ މަސައްކަތް އެޗްޑީސީ އާއި ހަވާލުކުރީ އެ ޝަރުތާއި އެކުގައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ރަށުގެ މަސައްކަތް އަވަހަށް ކުރުަމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement - newsAdvertisement

މާލޭގެ ރައްޔިތުންނަށް ޕިކްނިކް ދާނެ ތަނެއް ނެތްތާ އެތައް ދުވަހެއް ފަހުން މިފަދަ ތަނެއް މާލޭގައި ދިރިއުުޅޭ ރައްޔިތުންނަށް ހަމަޖެހުމަކީ އެ ރައްޔިތުންނަށް ލިބުު އުފަލެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެއީ އާއިލާ އާޢި ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ކުޑަބަނޑޮހަށް ދިވެހިންނަށް ނުދެވޭ ގޮތް ހެދުމަކީ މާލޭގައި ދިރިއުޅޭ މީހުންނަށް ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ކުޑަގިރި ހިއްކާ އެ ރަށް ތަރައްޤީކުރީ އާޢްމުންނަށް ފަހި ހިތްހަަމަޖެހޭ މާހައުލެއް ހޯދާދިނުމުގެ ބޭނުމުގައި ކަމަށާ އެ ރަށަކީ ގިނަ މިނިސްޓްރީތަކާއި އިދާރާތަކުގެ ބުރަ މަސައްކަތުން ހެދި ތަނެއްކަން ވެސް ރައީސް ވަނީ ފަހަގަކުރައްވާފައެވެ.

ކުޑަގިރި ހުޅުވާލީ އާމުންގެ ޚިޔާލާއި އެއްގޮތަށް ގެނައި ޚިޔާލުތަކާއި އެކުގައި ކަމަށް ވާއިރު އެ ރަށާއި ގުޅޭ ވަރަށް ގިނަ ޚިޔާލުތައް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށް ބޭނުން ކުރަން ފެށުމުން ކުރެވޭ ތަަޖުރިބާގެ އަލީގައި ބަދަލުތައް ގެންނާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަގިރިއަށް މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ. ކުޑަގިރީގައި ފާޚާނާބަރި، ޗޭންޖިންގ ރޫމާއި ނަރސިންގ ރޫމްވެސް ގާއިމުކޮށްފައިވެއެވެ. އެ ނަރސިންގ ރޫމްގައި ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުން ދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. އަދި މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން، މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކުރެވިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް