Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާގު މޯލްޑިވްސް

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް ކާމިޔާބުކަމާއެކު ނިންމާލައިފި

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގ މުބާރާތް

އަލީ ޝާހީން
އަލީ ޝާހީން | 4 އޯގަސްޓު 2025 | ހޯމަ 18:24
ދިރާގު ގޭމިން ކޮންކުއެސްޓްގެ ވަނަ ލިބުނު ޓީމުތަކަށް އިނާމު ދެނީ

ދިރާގު ގޭމިން ކޮންކުއެސްޓްގެ ވަނަ ލިބުނު ޓީމުތަކަށް އިނާމު ދެނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ)، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގް މުބާރާތް، ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.

މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި، އެއް ތަނެއްގައި ލައިވްކޮށް މައިގަނޑު 4 ގޭމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތްތަކުގައި އޮންލައިން ސަރވަރތައް މެދުވެރިކޮށް އެއްފަހަރާ 150 އަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ވާދަވެރި މެޗުތަކެއް ކުޅެފައެވެ. މިއީ، ދިރާގުގެ ހަލުއި 5ޖީ ހިދުމަތުގެ ފެންވަރު އަދި ދިރާގު ފައިބާރ ނެޓްވޯކްގެ ސްޕީޑް ދައްކުވައިދިން ކަމެކެވެ.

ޑީއެމްޖީސީ 2025ގެ ވަނަތައް ހާސިލުކޮށްފައިވާ ޓީމުތަކާއި ކުޅުންތެރިންނަކީ:

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)

  • ޗެމްޕިއަން: އެލްއެންއެން ސްލީޕިންގފޮރެސްޓް
  • ރަނަރ-އަޕް: ވިގަނި
  • ދެވަނަ ރަނަރ-އަޕް: ޓިލް ވަލްހަލާ
  • އެމްވީޕީ: އެލްއެންއެން އެސްއެލްއެފްއޯ ރީމާޒް

ޕަބްޖީ މޮބައިލް

  • ޗެމްޕިއަން: އެސްޑީއެމްޒީ އީސްޕޯޓްސް
  • ރަނަރ-އަޕް: ވީއީ އީޓޫއެސް ޓީއެމްސެވަން
  • ދެވަނަ ރަނަރ-އަޕް: އެލް އެފް އަކަޒާޔާ
  • ތިންވަނަ ރަނަރ-އަޕް: އެންޓެއިކޫ
  • އެމްވީޕީ: އެސްޑީއެމްޒީ ހައިއްޓެ

އެފްސީ25

  • ޗެމްޕިއަން: އިސްމާއިލް ޒަކްވާން ޝިހާޒް
  • ރަނަރ-އަޕް: ހުސައިން ޔައިޝް
  • ދެވަނަ ރަނަރ-އަޕް: މުހައްމަދު އައިމަން އަހްމަދު
  • ތިންވަނަ ރަނަރ-އަޕް: މުހައްމަދު ޒަޔާން އިސްމާއިލް
  • އެމްވީޕީ: ހުސައިން ޔައިޝް (44 ގޯލު)

ރޮކެޓް ލީގު

  • ޗެމްޕިއަން: އޯރިޔޯ
  • ރަނަރ-އަޕް: އެގްޒައިލް
  • ދެވަނަ ރަނަރ-އަޕް: ސިންޑިކޭޓްސް
  • ތިންވަނަ ރަނަރ-އަޕް: އަނެއް ސްޕޯޓްސް
  • އެމްވީޕީ: މާދިން

ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.

ޑީއެމްޖީސީ 2025 ކުރިއަށް ގެންގޮސްފައިވަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ. މި ގޮތުން މި މުބާރާތުގެ ޕްރިމިއަމް ޕަރޓްނަރެއްގެ ގޮތުގައި މިނީސޯ، އެލީޓް ޕަރޓްނަރުންގެ ގޮތުގައި ޝީޝާ، ޕީކަބޫ، މެގަޗިޕް އަދި ވިލާ މާޓް، ގޭމިން ޕަރޓްނަރުގެ ގޮތުގައި ރާއްޖެ ގޭމިން ކޮމިއުނިޓީ، ކޮންޓެންޓް ޕަރޓްނަރެއްގެ ގޮތުގައި ސިޑިބަރީ އަދި ކޭޓަރިން ޕަރޓްނަރެއްގެ ގޮތުގައި ބުރުޒު ކޭޓަރިން ވަނީ ހަރަކާތްތެރިވެފައެވެ.

ދިރާގުޑީއެމްޖީސީގިޔާސުއްދީން ސްކޫލްގޭމިންގ މުބާރާތް5ޖީފައިބަރ ނެޓްވޯކް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު