Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ޤަޟާއީ އަހަރު 2023" އިފްތިތާޙްކޮށްދެއްވުން

ޝަރުޢީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލެއް އަންނާނެކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް ޤާނޫނުތައް ފުރިހަމަކުރުމަށްވެސް މަސައްކަތްކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2023 | ބުރާސްފަތި 18:01
"ޤަޟާއީ އަހަރު 2023" އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ޤަޟާއީ އަހަރު 2023" އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ސަރުކާރުގެ ޕޭ ހަރމަނައިޒޭޝަން ސިޔާސަތުގެ ދަށުން، ޝަރުޢީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ "ޤަޟާއީ އަހަރު 2023" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެހެންނަމަވެސް އެކަމާގުޅޭ އިތުރު ތަފްޞީލެއް އެމަނިކުފާނު ނުދެއްވައެވެ. އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް ޤާނޫނުތައް ފުރިހަމަކުރުމަށްވެސް މަސައްކަތްކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް 9 ބިލް ހުށަހަޅާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން 3 ބިލް އޮތީ ކޮމިޓީ މަރުހަލާގައި ކަމަށާއި، އަނެއް 6 ބިލް ޤާނޫނަކަށްވެ ޢަމަލުކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙާއެކު ފަނޑިޔާރުންގެ މާލީ ޢިނާޔަތްތަކާއި ބޯހިޔާވަހިކަމުގެ މައްސަލަފަދަ ބައެއް ޡަރޫރީ މައްސަލަތަކަށްވެސް ހައްލު ލިބިގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ނިމިދިޔަ އަހަރު މެޖިސްޓްރޭޓުންގެ މުސާރައަށްވެސް ސަރުކާރުން ހެޔޮ ބަދަލެއް ގެނެސްފައިވާކަމަށެވެ.

Advertisement - newsAdvertisement

ޝަރުޢީ ދާއިރާ ތަރައްޤީކުރުމަށާއި އެ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެ ދާއިރާ ކުރިއަރާނީ ޖާގައިގެ ދަތިކަމާއި އެހެނިހެން ވަޞީލަތުގެ ދަތިކަން ޙައްލުވެގެންކަން ފާހަގަކުރައްވާފައެވެ. ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރަމުންދާ އިތުރު ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ކޯޓުތަކަކީ ޑިޖިޓަލައިޒްކުރެވިފައިވާ، ޒަމާނީ ތަންތަނަށް ހެދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން 47 އަހަރަށްވުރެ ދިގު މުއްދަތަކަށްފަހު، ހެތްކާބެހޭ އާ ޤާނޫނެއް އެކުލަވާލައި، މިހާރު އެ ޤާނޫނު ތަޞްދީޤުކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ އެއީ ރަނގަޅު ކާމިޔާބެއްކަން ފާހަގަކުރައްވާފައެވެ. ޝަރުޢީ ދާއިރާއަށް ގެންނަ އިތުރު ބަދަލުތަކާމެދު ރައީސް ވިދާޅުވީ، ރާއްޖޭގައި ޑިސްޓްރިކްޓް ކޯޓުތަކެއް އުފެއްދުމަށް ހުށަހަޅާފައިވާ އިޞްލާޙާއި ސަރކިޓް ކޯޓުތައް އުފެދުމާއެކު، ޝަރުޢީ ދާއިރާގެ މައްސަލަތައް އަވަސްވެގެންދާނެ ކަަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު

11 އެޕްރީލު 2017
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

04 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު