Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދަ ހަރަދު އިތުރުވުން

ސަރުކާރުގެ ރައްދު ރައީސް ނަޝީދަށް - ވެރިކަން ކުރައްވާފައި ހުންނަވާ ބޭފުޅަކަށް ދައުލަތުގެ މާލީކަންކަން އޮންނަ ގޮތް އެނގިވަޑައިގަންނަވަންވާނެ

އާސަންދަ ހަރަދުތައްކުރާ ގޮތް ރައީސް މުހައްމަދު ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ފެބުރުއަރީ 2023 | ބުރާސްފަތި 09:53
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

އިންތިހާބުތަކާއި ގުޅިގެން ޑޮކްޓަރަށް ދައްކާ އަދަދު އިތުރުވާކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އާސަންދައިން އެކިމަހުގައި ކުރާ ހަރަދުތައް ހުންނާނީ އެކިވަރަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އާސަންދައިގެ ހަރަދު ބޮޑުވެފައިވަނީ އިންތިހާބާއި ގުޅިގެންތޯ މަޖިލީހުގެ ރައީސް އުފެއްދެވި ސުވާލަކާއި ގުޅިގެން، އެކަމަށް ރައްދު ދެއްވަމުން މިއުވާން ވިދާޅުވި އާސަންދައަށް ޖެނުއަރީ މަހުގައި ކުރި ހަރަދު ވަކިން ބޮޑު ނޫން ކަމަށެވެ. މިއުވާން ވިދާޅުވީ ތަފާސް ހިސާބުތައް ފެންނަން ހުންނާނެ ކަމަށާއި، އެކި މަސް މަހު ހަރަދުކުރެވިފައި ހުންނާނި އެކިވަރަށް ކަމަށެވެ. އެތެރޭގެ އިންތިހާބަކާއި އާސަންދައަކާއި ގުޅުވީ ކިހިނެއް ކަމެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

މިއުވާން ވިދާޅުވީ ބައެއް މަސްމަހުގައި އެމަހެއްގެ ބިލްތައް ނުދައްކާ އެހެން މަސްމަހުގެ ވެސް ދައްކާފައި ހުންނާނެ ކަމަށެވެ. ރެކޯޑްސްތަކަށް ބެލުމުން އެކަންކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހުރިއްޔާކަން ވެސް ކުރައްވާފައި ހުންނެވި ބޭފުޅަކަށްވުމުން ދައުލަތުގެ މާލީކަންކަން އޮންނަ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އާސަންދައިން ހަރަދުކުރަނީ ރައްޔިތުންނަށް ކަމަށާއި، އިންތިހާބެއް އޮތަސް އަދި ނެތަސް އެ ހަރަދުތައް ކުރަމުންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު