Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަގިރި ހުޅުވުމުގެ ފަހުގެ ތައްޔާރީތައް

ކުޑަގިރި ޕިކްނިކް އައިލޭންޑް، ހަގީގަތަކާއި ހަމައަށް

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2023 | ބުދަ 15:01
ކ. ކުޑަގިރި

ކ. ކުޑަގިރި

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރު ދިއުމަށް ޚާއްސަކޮށްފައިވާ ކ. ކުޑަގިރި ޕިކްނިކް އައިލޭންޑަކީ އެތައް ބައެއްގެ އިންތިޒާރުތަކާއި ގުޅިފައިވާ ތަނެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ވައުދާއި އެއްގޮތަށް ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމުގެ މަގްސަދުގައި ތައްޔާރުކުރި މި ރަށަކީ މާލެ ސަރަހައްދުގެ އާއްމުން މުނިފޫހިފިލުވާލާ އަރާމު ވަގުތުކޮޅެއް ހޭދަކޮށްލަން އެކަށީގެންވާ ގޮތަށް ފަރުމާ ކޮށްފައިވާ ހިތްފަސޭހަތަކެވެ. ޒަމާނީ ކުލަތަކަށް ފެތޭގޮތަށް ތައްޔާރުކުރާ އެ ރަށަކީ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެޅޭނެ މުހިންމު ބިންގަލެކެވެ.

މި މަހުގެ 11 ވަނަ ދުވަހު ކުޑަގިރި ހުޅުވަން ތައްޔާރުވެފައިވާ އިރު މިހާރު އެކަމާއި ގުޅޭ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ވެފައެވެ. ސަރުކާރު ހިއްސާވާ ތަފާތު ކުންފުނިތަކުގެ ބައިވެރިވުމާއި އެކު ތަރައްޤީކޮށްފައިވާ މި ރަށަކީ ތިން ތަރީގެ ފެންވަރަށް ތަރައްްޤީކޮށްފައިވާ ފެންވަރު ރަނގަޅު ތަނެކެވެ. އެއްފަހަރާ 500 އާއި 600 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ދަތުރު ދެވޭ ގޮތަށް އެކުލަވާލާފައިވާ މި ރަށާއި އެތައް ބައެއްގެ އުންމީދުތަކާއި ވަނީ ގުޅިފައެވެ.

އެތަނުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ރަށް އެކުލަވާލާފައި ވަނީ ވީހާވެސް ބޮޑަށް ކުޑަ ކުދިންނަށް ފަސޭހަވާނެ ގޮތަކަށް ވިސްނައިގެން ކަމަށެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް އެ ރަށުގައި ފަސޭހަ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށާއި އެއީ އާއިލާ އެކުގައި ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްލަން ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ އެ ރަށް ހުޅުވާލަނީ އާއްމުންނަށް ހަފްތާބަންދުގައި ހިލޭ އެ ރަށަށް ދެވޭ ގޮތަށް ކަމަށެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ކަނޑައަޅާފައި ވާއިރު އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ. ކުޑަ ގިރި އާއި މެދު ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ އެ ތަނުގައި އާންމުންނަށް ބޭނުންވާ އަސާސީ ގިނަ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށެވެ.

ޕިކްނިކް އައިލެންދަކީ އާއްމު ޚިދުމަތުގެ އިތުރުން ދަތުރު ދިއުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަވާނެހެން އެކުލަވާލާފައިވާ ރަށެކެވެ. އެތަނާއި މެދު ވާހަކަދައްކަވަމުން ކުޑަގިރި އައިލެންޑްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް އިނާޒް ވިދާޅުވީ އެ ރަށަށް ދާއިރު ގެންދަން ޖެހޭނީ ހަމައެކަނި ބެކްޕެކް އާއި ލާނެ ހެދުން ކަމަށެވެ. ކެއްކުމަށް ބޭނުންވާ ހުރިހާ ސާމާނަކާއި ދަތުރު ދާއިރު ބޭނުން ކުރާ އެހެނިހެން ސާމާނުވެސް އެ ރަށުން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަގިރި އަށް މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ. ކުޑަގިރީގައި ފާހަނާބަރި، ޗޭންޖިން ރޫމާއި ނާސިންގް ރޫމްވެސް ގާއިމުކޮށްފައިވެއެވެ. އެ ނާސިންގް ރޫމްގައި ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. އަދި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކުރެވިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ކުޑަގިރި"އަށް ދަތުރުގޮސްލުން - ކުޑަ އުފަލެއް ނޫން

"ކުޑަގިރި"އަށް ދަތުރުގޮސްލުން - ކުޑަ އުފަލެއް ނޫން

11 ފެބުރުއަރީ 2023
އެތައް މަރުހަލާތަކަކާއެކު އިންސާފާ ހަމައަށް އައުން ލަސްވެފައި

އެތައް މަރުހަލާތަކަކާއެކު އިންސާފާ ހަމައަށް އައުން ލަސްވެފައި

25 އެޕްރީލު 2022
އިންޑިއާ އައުޓް ކެމްޕޭނުގެ ބިރުވެރިކަން އިންޑިއާގައި ތިބި ދިވެހިންގެ ހިތްތަކާ ހަމައަށް

އިންޑިއާ އައުޓް ކެމްޕޭނުގެ ބިރުވެރިކަން އިންޑިއާގައި ތިބި ދިވެހިންގެ ހިތްތަކާ ހަމައަށް

02 ޖެނުއަރީ 2022
ރުއްޖެހެރަ ޕިކްނިކް އައިލެންޑް ހާދަ ޗާލެވެ. އެކަމަކު...

ރުއްޖެހެރަ ޕިކްނިކް އައިލެންޑް ހާދަ ޗާލެވެ. އެކަމަކު...

05 ނޮވެމްބަރު 2021
ދިވެހިންގެ އެހީ މިފަހަރު 16 ޤައުމެއްގައި ހާލުގައި ޖެހިފައިތިބި 62،000ށް ވުރެ ގިނަ މީހުންނާ ހަމައަށް

ދިވެހިންގެ އެހީ މިފަހަރު 16 ޤައުމެއްގައި ހާލުގައި ޖެހިފައިތިބި 62،000ށް ވުރެ ގިނަ މީހުންނާ ހަމައަށް

06 ޖޫން 2021

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު