Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސީރިއާގެ ހިތްވަރުގަދަ މަރިޔަމް

ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވި ކުއްޖެއްގެ އާދޭސް "މިތަނުން އަހަރެން ނެރެދީ، އަޅަކަށްވެސް ވެދާނަން"

8 ފެބުރުއަރީ 2023 | ބުދަ 11:38

އިމާރާތް ވެއްޓުނީ ނުކުންނަށް މަސައްކަތް ކުރަނިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ފެބުރުއަރީ 2023 | ބުދަ 11:38
އިމާރާތުގެ ދަށުގައި ތާށިވެފައިވާ މަރިޔަމް އޭނާގެ ކޮށްކޮ އިލާފް އާއެކު

އިމާރާތުގެ ދަށުގައި ތާށިވެފައިވާ މަރިޔަމް އޭނާގެ ކޮށްކޮ އިލާފް އާއެކު

ފެބުރުއަރީ 6 ވަނަ ދުވަހު، ތުރުކީވިލާތާއި ސޫރިޔާގެ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ބޮޑު ސަރަހައްދެއް މުޅިންހެން ބިމާ ހަމަވެފައި ވާއިރު، ސޫރިޔާއިން ވެއްޓުނު ގެތަކުގެ ދަށުން ކުޑަކުދިންނާއި، ބޮޑެތި މީހުންގެ ފުރާނަ ނެތް މަސްގަޑު ދަނީ ނެރެމުންނެވެ. އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ވަކިން ހާއްސަކޮށް ވީރާނާވެފައިވާ ސޫރިއާއިން ފެނިގެންދަނީ ހިތްދަތި މަންޒަރުތަކެވެ.

މިފަދަ އެއް މަންޒަރަކީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އިމާރާތެއްގެ ދަށުގައި ތާށިވެފައި ތިބި ކުޑަކުޑަ ދެބެއިންގެ ވާހަކައެވެ. އެ ދެކުދިން ތާށިވެފައިތިބީ ބިންހެލުމުގައި ވީރާނާވެ ވެއްޓިފައިވާ ސީރިއާގެ އުތުރުގެ ކުޑަ އަވަށެއް ކަމަށްވާ ހަރަމްގެ އެ ދެކުދިންގެ ގޭގެ ތެރޭގައެވެ.

ބިންހެލުމަށް 36 ގަޑިއިރުވި ފަހުން އެ ދެކުދިން ވަނީ ސަލާމަތްކުރެވިފައެވެ. މަންޒަރުތައް ވަރަށް އަސަރުގަދައެވެ. ކުޑަކުއްޖާގެ ބޮލަށް ހިރަފުހާއި އިމާރާތުގެ ފާރުން ފައިބަމުންދިޔަ ކުޑިތަކުން ކޮށްކޮ ރައްކާތެރިކުރުމަށް ކޮށްކޮގެ މޫނުމަތީގައި މަރިޔަމް އަތް އަޅަމުންދެއެވެ.

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ މީހުންނަށް މަރިޔަމް ފެނުނު ވަގުތު އެންމެ ފުރަތަމަވެސް އޭނާއަށް ބުނެވުނީ "އަހަރެން މިތަނުން ނެރެދީ" މިހެންނެވެ. މަރިޔަމް ގައިމަތީގައި ކޮންކްރީޓާއި އިމާރާތުގެ ބައިތައް ވެއްޓިފައިވާއިރު މަރިޔަމް ނިދަން އޮތް އެނދާއި، އޭނާގެ ކޮށްކޮ އާއި އެކީ އޮތީ ފިތި ބާރުވެފައެވެ.

ދެން އިތުރަށް މަރިޔަމްގެ ކުޑަކުޑަ އަޑުން ބޭރުވީ އަހަށް ފަސޭހަ ބަސްތަކެއް ނޫނެވެ. އެ އަޑު އިވިފައި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދިޔަ މީހާގެ ފެންކަޅިކޮށްލިއެވެ. މަރިޔަމްއަށް ބުނެވުނީ "އަހަރެން ކަލޭގެ އަޅަކަށް ވެދާނަން" މިހެންނެވެ. ޖަވާބުގައި ފެންކަޅިވެފައި ހުރި މީހުން ސަލާމަތްކުރާ މީހާއަށް ބުނެވުނީ "ނޫން ނޫން" އެވެ.

މަރިޔަމާއި އޭނާގެ ކޮށްކޮ އިމާރާތުގެ ދަށުން ނެރުމުގެ މަސައްކަތް ކުރަމުންދިޔަ އިރު، ވަރުބަލިކަމެއް ނެތި މަރިޔަމް ދިޔައީ ކޮށްކޮގެ މޫނަށް ފައިބަމުންދިޔަ ކުޑިތައް ފިލުވަމުންނެވެ. އިމާރާތުގެ ފާރުތަކާއި ލަކުޑިއާއި އެހެނިހެން ސާމާނުތަކުގެ ދަށުގައި ތާށިވެފައިވާ މަރިޔަމް އަށް ހަމައެކަނި ހަރަކާތްކޮށްލެވެނީ އަތް އެކަންޏެވެ. އެ އަތުން އޭނާ ދިޔައީ ކޮށްކޮއަށް ތަސައްލީ ދެމުންނެވެ.

މަރިޔަމްގެ ކޮށްކޮއަށް ކިޔަނީ އިލާފްއެވެ. އިލާފްގެ މާނައަކީ ރައްކާތެރިކަމެވެ. މަރިޔަމާއި އެކީގައި އެ އެނދެއްގައި ތާށިވެ އޮވެ، ކިޔަމަންތެރިކަމާއެކު ދައްތަ ދެމުންދިޔަ ނަސޭހަތްތައް އަޑުއަހައި އިލާފް އޮތީ ދައްތަގެ ހިތްވަރުން ހިތްވަރު ލިބިގެންނެވެ. 36 ގަޑިއިރުވި އިރު ވެސް އިލާފްގެ ހަރަކަތާއާއި ހިތްވަރަކަށް ވެގެންދިޔައީ ހިތްވަރު ގަދަ މަރިޔަމްއެވެ.

މަރިޔަމްގެ ބައްޕަ މުސްތަފާ އަލް-ސަޔެދް ބުނިގޮތުގައި ބިންހެލުން އައީ އޭނާގެ ދެމަފިރިންނާއި ތިން ކުދިން ނިދާފައި ތިއްބައެވެ. މިއީ ގަރުނެއްގެ ތެރޭގައިވެސް އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މުސްތަފާ ބުނީ ބިންހެލުމުގެ އިހުސާސް ކުރެވެން ފެށުމާއެކު އަވަސްވެގަތީ އިމާރާތުން ނުކުތުމަށެވެ. ނަމަވެސް އިމާރާތް ފުޑުފުޑުވެ ބައިތައް ފައިބަން ފެށިކަމަށާއި، 2 ދުވަސް ވަންދެން އިމާރާތުގެ ދަށުގައި ތާށިވެފައި ތިބެންޖެހުނު ކަމަށެވެ. މުސްތަފާ ބުނީ އެވަގުތު ކުރެވުނު އިހުސާސަކީ އެހެން މީހަކު ކުރަން ބޭނުންވާ އިހުސާސެއް ނޫން ކަމަށެވެ.

ވެއްޓިފައިވާ އިމާރާތުގެ ދަށުގައި ތާށިވެ ތިބި އިރު، މުސްތަފާ ބުނީ އާއިލާއިން ދިޔައީ ގުރުއާން ގިޔަވަމުން ކަމަށެވެ. އަދި ދުއާކުރަމުން ދިޔައީ ކޮންމެވެސް ބަޔަކު އެމީހުން ސަލާމަތްކުރަން އަންނާނެތޯއެވެ.

މުސްތާފާ ބުނި މީހުންނަށް އެ އަޑު އިވިގެން އޭނާއާއި އޭނާގެ އަންހެނުންނާއި ކުދިން ސަލާމަތްކުރެވުނު ކަމަށެވެ. މާތް ﷲ އަށް ޝުކުރުވެރިވާ ކަމަށައި، ސަލާމަތް ކުރި މީހުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ރަޖާގައި އޮޅާލައިގެން އިމާރާތުގެ ތެރެއިން މަރިޔަމް އާއި އިލާފް ގެންދިޔަ އިރު އެ އަވަށުގެ ރައްޔިތުން ދިޔައީ އުފާފާޅުކުރަމުންނެވެ. އެ ކުދިން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެތަނުން ދަނީ ސިއްހީ ފަރުވާ ހޯދަމުންނެވެ.

މުސްތާފާގެ ގެ ހުންނަނީ ސީރިއާގެ އުތުރުގައި ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސަރަހައްދެއް ކަމަށްވާ އިދްލީބްގައެވެ. އެ ސަރަހައްދުގައި މަދުވެގެން 1200 މީހުން މަރުވެފައިވާ ކަމަށް “ވައިޓް ހެލްމެޓްސް” ގެ ނަމުން މަޝްހޫރު އިންސާނީ އެހީތެރިކަމުގެ ޖަމާއަތެއް ކަމަށްވާ ސީރިއާ ސިވިލް ޑިފެންސް އިން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2022

"އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި"

23 ފެބުރުއަރީ 2022
"އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި"
25 ޖުލައި 2021

އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި 77 އަހަރު

25 ޖުލައި 2021
އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި 77 އަހަރު
06 މެއި 2021

ކޮވިޑްގެ ބިރުވެރިކަމަށް އިންޑިޔާ ވެއްޓުނު ގޮތް

06 މެއި 2021
ކޮވިޑްގެ ބިރުވެރިކަމަށް އިންޑިޔާ ވެއްޓުނު ގޮތް
05 ސެޕްޓެމްބަރު 2020

ބޭރޫތުގެ ގޮވުމަށް މަސްދުވަސް ފަހުން އިމާރާތެއްގެ ދަށުން ހިތުގެ ތެޅުމާއި ނޭވާލާ އަޑު

05 ސެޕްޓެމްބަރު 2020
ބޭރޫތުގެ ގޮވުމަށް މަސްދުވަސް ފަހުން އިމާރާތެއްގެ ދަށުން ހިތުގެ ތެޅުމާއި ނޭވާލާ އަޑު
18 ޖޫން 2020

ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!

18 ޖޫން 2020
ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!
22 ނޮވެމްބަރު 2019

މުމްބާއީ ޙަމަލާތަކަށް 11 އަހަރުވާއިރު، ލަޝްކަރޭ ތައިބާ އަދިވެސް ޕާކިސްތާނުގެ ޙިމާޔަތުގެ ދަށުގައި!

22 ނޮވެމްބަރު 2019
މުމްބާއީ ޙަމަލާތަކަށް 11 އަހަރުވާއިރު، ލަޝްކަރޭ ތައިބާ އަދިވެސް ޕާކިސްތާނުގެ ޙިމާޔަތުގެ ދަށުގައި!
24 އެޕްރީލު 2019

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

24 އެޕްރީލު 2019
ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
06 ޖެނުއަރީ 2018

މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!

06 ޖެނުއަރީ 2018
މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!
10 ސެޕްޓެމްބަރު 2017

ރޮހިންޖާ ކުޑަ ފިރިހެއް ކުއްޖެއްގެ ވާހަަކަ:" އެންމެ ދެރަވަނީ ބައްޕަގެ ހަބަރެއް ނުވާތީ"

10 ސެޕްޓެމްބަރު 2017
ރޮހިންޖާ ކުޑަ ފިރިހެއް ކުއްޖެއްގެ ވާހަަކަ:" އެންމެ ދެރަވަނީ ބައްޕަގެ ހަބަރެއް ނުވާތީ"
04 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

04 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް