Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފްގެ ހަށިކޮޅު ފަސްދާނުލައިފި

އަވަހަރަވިއިރު އުމުރުފުޅަކީ 79 އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ފެބުރުއަރީ 2023 | ބުދަ 02:24
ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފްގެ ހަށިކޮޅު ފަސްދާނުލުން

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފްގެ ހަށިކޮޅު ފަސްދާނުލުން

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފްގެ ހަށިކޮޅު ފަސްދާނުލައިފިއެވެ.

ޕަރްވޭޒް މުޝައްރަފްގެ ހަށިކޮޅު ފަސްދާނުލާފައިވަނީ އަންގާރަ ދުވަހު، ކަރާޗީގެ އާރމީ ޤަބުރުސްތާނުގައެވެ. ޕަރްވޭޒް އަވަހާރަވީ މަދުން ނޫނީ ނުފެންނަ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއްވި ފަހުން ދުބާއީގައި ހުންނަވަނިކޮށް އާދީއްތަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ.

2016 ވަނަ އަހަރުން ފެށިގެން ދުބާއީގައި ދިރިއުޅުއްވަމުން ގެންދެވީ ޕަރްވޭޒަށް ޖެހިވަޑައިގެންނެވީ މަދުން ނޫނީ ނުފެންނަ ވައްތަރުގެ ބައްޔެއް ކަމުގައިވާ އެމިލޮއިޑޯސިސްއެވެ. މި ބަލި ޖެހެނީ އާދަޔާ ހިލާފު ޕްރޮޓީންއެއް ކަމުގައިވާ އެމިލޮއިޑް އެތެރެހަށީގެ ގުނަވަންތަކުގައި އުފެދި ހަށިގަނޑުގެ އާންމު ހިނގުމަށް އަސަރުކުރަން ފެށުމުންނެވެ.

2007 ވަނަ އަހަރު ޕާކިސްތާނުގެ ގާނޫނު އަސާސީ ސަސްޕެންޑް ކުރި މައްސަލައިގައި ކުރީގެ ރައީސް ޕަރްވޭޒްގެ މައްޗަށް ގައުމަށް ގައްދާރުވިކަމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

ޕަރްވޭޒް ޕާކިސްތާނުގައި ވެރިކަން ކުރައްވާފައިވަނީ 1999ން ފެށިގެން 2008 އާއި ހަމައަށެވެ. އަދި އެ މަނިކުފާނަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި މައްސަލައާއި ރަތް މިސްކިތުގެ އިމާމް އަދި ދީނީ ލީޑަރު އަބްދުލް ރާޝިދު ގާޒީ އަވަހާރަކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ އަދި ފިއްލަވައިގެން އުޅުއްވި ބޭފުޅެކެވެ.

މުޝައްރަފަކީ މިލިޓަރީ ލީޑަރެކެވެ. އެމަނިކުފާނަށް ހަތަރު ތަރި ލިބިވަޑައިގެންފައިވާއިރު ޕާކިސްތާނުގައި އަސްކަރީ ވެރިކަމެއް ކުރައްވާފައިވަނީ 1999 ވަނަ އަހަރު ލޭއޮހޮރުވުމަކާއެކު ކުރި ބަޣާވާތަކަށްފަހުއެވެ. އެއަށްފަހު އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވީ ދުބާއީގައެވެ.

ޕަރވޭޒް މުޝައްރަފް، ޕާކިސްތާނުގެ ކުރީގެ ރައީސް

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2023

ޚުދުމުޚުތާރު ކަމަށް ދުނިޔެއިން ސިފަ ކުރި ޖެނެރަލް މުޝައްރަފަށް ޕާކިސްތާނުން ތަފާތު ސިފަ ކުރުމެއް

07 ފެބުރުއަރީ 2023
ޚުދުމުޚުތާރު ކަމަށް ދުނިޔެއިން ސިފަ ކުރި ޖެނެރަލް މުޝައްރަފަށް ޕާކިސްތާނުން ތަފާތު ސިފަ ކުރުމެއް
05 ފެބުރުއަރީ 2023

ޕަރްވޭޒް މުޝައްރަފް - އަސްކަރީ ބާރުތަކުގެ ވެރިޔާކަމުން، ބަޣާވާތަކުން ގައުމުގެ ރައީސްކަމަށް

05 ފެބުރުއަރީ 2023
ޕަރްވޭޒް މުޝައްރަފް - އަސްކަރީ ބާރުތަކުގެ ވެރިޔާކަމުން، ބަޣާވާތަކުން ގައުމުގެ ރައީސްކަމަށް
05 ފެބުރުއަރީ 2023

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ

05 ފެބުރުއަރީ 2023
ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު