Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕަރްވޭޒް މުޝައްރަފް

ޚުދުމުޚުތާރު ކަމަށް ދުނިޔެއިން ސިފަ ކުރި ޖެނެރަލް މުޝައްރަފަށް ޕާކިސްތާނުން ތަފާތު ސިފަ ކުރުމެއް

ޢުމުރުފުޅުން 79 އަހަރުގައި އަވަހާރަވީއިރު މުޝައްރަފު ވަނީ އަމިއްލަފުޅަށް އަރުވާލެވިގެން ޤައުމުން ބޭރުގައި ގިނަ އަހަރުތަކެއް ހޭދަ ކުރައްވާފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2023 | އަންގާރަ 12:04
ޚުދުމުޚުތާރު ކަމަށް ދުނިޔެއިން ސިފަ ކުރި ޖެނެރަލް މުޝައްރަފަށް ޕާކިސްތާނުން ތަފާތު ސިފަ ކުރުމެއް

ޚުދުމުޚުތާރު ކަމަށް ދުނިޔެއިން ސިފަ ކުރި ޖެނެރަލް މުޝައްރަފަށް ޕާކިސްތާނުން ތަފާތު ސިފަ ކުރުމެއް

1999 ވަނަ އަހަރު ބަޣާވާތަކުން ޕާކިސްތާނުގެ ލީޑަރުކަން ހޯއްދަވާ، ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވަންދެން އެ ޤައުމުގައި ވެރިކަން ކުރެއްވި '4 ތަރި އެރި' އަސްކަރީ ޖެނެރަލް، ޕަރްވޭޒް މުޝައްރަފު، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވިކަން ޕާކިސްތާނުގެ މީޑިއާއިން އިޢުލާން ކުރީ ފެބުރުއަރީ 5 ވަނަ ދުވަހުއެވެ. ޢުމުރުފުޅުން 79 އަހަރުގައި އަވަހާރަވީއިރު މުޝައްރަފު ވަނީ އަމިއްލަފުޅަށް އަރުވާލެވިގެން ޤައުމުން ބޭރުގައި ގިނަ އަހަރުތަކެއް ހޭދަ ކުރައްވާފައެވެ. ވެރިކަމުގެ ޝާނާއި ޝައުކަތު އޭގެ އެންމެ ބޮންތީގައި އޮތް ދުވަސްވަރު، އަލް-ޤައިދާއާއި އެނޫންވެސް ހަތިޔާރުއެޅި ޖަމާޢަތްތަކުން ވަނީ މުޝައްރަފު އަވަހާރަކޮށްލުމަށް 3 ފަހަރެއްގެ މަތިން މަސައްކަތްވެސް ކޮށްފައެވެ.

ނަމަވެސް އަސްކަރިއްޔާގެ ފުރިހަމަ ބާރާއި ތާޢީދު ނަންގަވައިގެން ހުންނެވުމާއެކު، މުޝައްރަފު ވަނީ އޭނާއާ ދެކޮޅަށް ތެދުވާ ކޮންމެ ބަޔަކު ބަލި ކުރައްވާފައެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ނުފޫޒުގެ ގޮތުގައި އޮތް އެމެރިކާގެ ތާޢީދުވެސް އޮތް މުޝައްރަފުގެ ވެރިކަން ވެއްޓުމުގައި އަލްޤައިދާއާއި އަފްޣާން ޠާލިބާނުންނާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގެ ދައުރު ބޮޑުކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ކޮންމެ ގޮތަށް އެ ދުވަސްވަރު ކަން ހިނގާފައި އޮތް ކަމުގައި ވީ ނަމަވެސް، މުޝައްރަފު އަވަހާރަވުމާ ގުޅިގެން ފެބުރުއަރީ 5 ވަނަ ދުވަހު ރޮއިޓަރޒްއިން ވާހަކަ ދެއްކި ޕާކިސްތާނުގެ އާންމުން ބުނީ ތަފާތު ވާހަކައެކެވެ. ޚުދުމުޚުތާރު އަސްކަރީ ލީޑަރެއްގެ ގޮތުގައި ދުނިޔެއިން ސިފަ ކުރަމުން ދިޔަ ޖެނެރަލް ޕަރްވޭޒް މުޝައްރަފާ ބެހޭ ގޮތުން ޕާކިސްތާނުގެ ރައްޔިތުންގެ ފަރާތުން އިވުނީ ތަފާތު ވާހަކައެކެވެ.

މުޝައްރަފުގެ ވެރިކަމުގެ ދުވަސްވަރަކީ ބޭރުގެ ފަރާތްތަކުން ޕާކިސްތާނުގައި އިންވެސްޓް ކުރުން މެކުހަށް ޖަހާފައި އޮތް ދުވަސްވަރެކެވެ. އަހަރުން އަހަރަށް އިޤްތިޞާދު ކުރިއަރާދާ މިންވަރުވެސް ދިޔައީ އިތުރު ވަމުންނެވެ. އަހަރުން އަހަރަށް އިޤްތިޞާދު ކުރިއެރި މިންވަރު، 7.5 ޕަސެންޓަށްވެސް އެރި މަންޒަރު ފެނުނެވެ. ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 30 އަހަރުގެ މާޒީގެ ރެކޯޑެކެވެ.

މުޝައްރަފު އަވަހާރަވުމާއެކު ޕާކިސްތާނުގެ ވިޔަފާރި އާބާދުން ވަނީ، އެއީ ހިތާމައިގެ ދުވަހެއް ކަމުގައި ކަނޑައަޅާފައެވެ.

މުޝައްރަފުގެ ވެރިކަމުގެ ފަހު ދުވަސްތައް ވެގެން ދިޔައީ އޭނާގެ ޚުދުމުޚުތާރުވެރިކަމުގެ ވާހަކަތައް ގިނަ ބަޔަކު ދެއްކި ދުވަސްވަރަކަށެވެ. 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ޕާކިސްތާނުގެ ރައީސްކަން ކުރެއްވި މުޝައްރަފަކީ ޕާކިސްތާނުގެ ލީޑަރެއްގެ ގޮތުގައި އެގައުމަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެއް ލީޑަރުވެސްމެއެވެ.

ޕާކިސްތާންޕަރވޭޒް މުޝައްރަފް، ޕާކިސްތާނުގެ ކުރީގެ ރައީސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު