Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް

ޕަރްވޭޒް މުޝައްރަފް - އަސްކަރީ ބާރުތަކުގެ ވެރިޔާކަމުން، ބަޣާވާތަކުން ގައުމުގެ ރައީސްކަމަށް

އަވަހަރަވި އިރު އުމުރުފުޅަކީ 79

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2023 | އާދީއްތަ 09:51
ޕަރުވޭޒް މުޝައްރަފު - އަސްކަރިއްޔާގެ އިސްވެރިއަކަށް އައްޔަންކުރެވުނުތާ މާގިނަ ދުވަހެއް ނުވަނީސް އެއިރު އޮތް ވެރިކަން ނިމުމަކަށް ގެންނެވި

ޕަރުވޭޒް މުޝައްރަފު - އަސްކަރިއްޔާގެ އިސްވެރިއަކަށް އައްޔަންކުރެވުނުތާ މާގިނަ ދުވަހެއް ނުވަނީސް އެއިރު އޮތް ވެރިކަން ނިމުމަކަށް ގެންނެވި

1999 ވަނަ އަހަރު ޕާކިސްތާނުގައި ހިނގައިދިޔަ ލެހޮއޮރުވުން ބޮޑު ބަޣާވާތުގެ މުގުލުގައި ހުންނެވީ އެގައުމުގައި 10 އަހަރު ވެރިކަން ކުރެއްވި ރައީސް ޕަރްވޭޒް މުޝައްރަފެވެ. 4 ތަރިއަރާފައިވާ ޖެނެރަލްގެ ވެރިކަމަށް ވަޑައިގެންނެވީ ބާރުގެ ބޭނުން ކުރައްވައިގެން އެއިރު އޮތް ވެރިކަން ނިންމާ ބާރުތައް ހިފަހައްޓަވައިގެން ހުންނަވައިގެންނެވެ. މި ބަޣާވާތަކީ މިހާތަނަށް ޕާކިސްތާނުގައި ހިންގައިދިޔަ އެންމެ ލޭ އެހޮރުވުންބޮޑު ބަޣާވާތެވެ.

ޕަރްވޭޒް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ގައުމުގެ އިގްތިސާދު އައު މިސްރާބަކަށް ގެންނަވާ ކޮންޒަވޭޓިވް މުސްލިމް ގައުމުގައި އިޖުތިމާއީ ގޮތުން ލިބަރަލް އަގުތައް އުފެއްދުމަށް މަސައްކަތް ކުރެއްވިއެވެ.

އުމުރުން 79 އަހަރުގެ ޕަރްވޭޒް މުޝައްރަފް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. ވެރިކަން ނިމިވަޑައިގެންނެވި ހިސާބުން ފެށިގެން އަމިއްލަފުޅަށް އަރުވާލެވިގެން އަހަރުތަކެއް ޕަރްވޭޒް ހުންނެވީ ދުބާއީގައެވެ. އޭނާއަށް ގިނަ އަހަރުތަކެއް ވަންދެން ވަރުގަދަ ތާއީދެއް ލިބިވަޑައިގެންނެވި އިރު، އޭނާއަށް އެންމެ ބޮޑު ނުރައްކަލެއް އޮތް އަލްޤައިދާ އިން މަދުވެގެން ތިން ފަހަރު ޕަރްވޭޒް އަވަހާރަކޮށްލަން މަސައްކަތްކުރިއެވެ.

އެކަމަކު ޚިޔާލުތަފާތުވުންތައް ފިލުވައިލުމަށް އަސްކަރިއްޔާގެ ބާރުގެ ބޭނުންތަކުގެ އިތުރުން އަލްގައިދާ އާއި އަފްޣާން ތާލިބާނުންނާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގައި އެމެރިކާއަށް ތާއީދުކުރުން ވެގެންދިޔައީ އެންމެ ފަހުން ޕަރްވޭޒްގެ ވެރިކަން ނިމުމަކަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބެވެ.

1943 ވަނަ އަހަރު ނިއުދިއްލީއަށް އުފަން ޕަރްވޭޒް މުޝައްރަފްގެ މައިންބަފައިން އަލަށް އުފެއްދި ޕާކިސްތާން ސްޓޭޓަށް މުސްލިމުން ގިނަ އަދަދަކަށް ފޭބުމުގައި ބައިވެރިވިއިރު އުމުރުން އެންމެ ހަތަރު އަހަރެވެ. ޕަރްވޭޒުގެ ބައްޕާފުޅު ފޮރިން މިނިސްޓްރީގައި ޚިދުމަތް ކުރެއްވިއިރު، މަންމާފުޅަކީ ޓީޗަރަކަށް ވުމުން އާއިލާއިން ސަބްސްކްރައިބް ކުރީ އިސްލާމްދީނުގެ މެދުމިނެވެ.

އުމުރުން 18 އަހަރުގައި ސިފައިންނާ ގުޅުނު އިރު، އެލައިޓް ކޮމާންޑޯ ޔުނިޓެއްގެ އިސްވެރިއަކަށް ވަޑައިގަތުމުގެ ކުރިން ޕަރްވޭޒް ވަނީ އެލައިޓް ކޮމާންޑޯ ޔުނިޓެއް ލީޑް ކުރައްވާފައެވެ. ވެރިކަމާ ހަވާލުވެވަޑައިގަތީ ކަޝްމީރުގެ އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އަރައިގަތުމަށް ހިންގި އޮޕަރޭޝަނެއް ގްރީންލައިޓް ދީގެން ޕާކިސްތާނާއި އިންޑިއާ ހަނގުރާމައިގެ ތެރެއަށް ވައްޓާލި ކަމަށް ބުނެ، އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކުރައްވައިގެންނެވެ.

ވެރިކަމުގެ ފުރަތަމަ އަހަރުތަކުގައި ޕަރްވޭޒް ވަނީ އިސްލާހީ މަސައްކަތްކުރައްވާ ބައިނަލްއަގްވާމީ ގޮތުން ތައުރީފު ހޯއްދަވައި، އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގާނޫނުތައް ހެދުމަށް ބާރުއަޅުއްވައި، އަމިއްލަ ނިއުސް ޗެނަލްތައް ފުރަތަމަ ފަހަރަށް ހިންގުމުގެ ހުއްދަ ދެއްވާފައެވެ.

ސިނގިރޭޓާއި އިމްޕޯޓް ކުރާ ވިސްކީއަށް އޭނާގެ ޝައުގުވެރިކަމާއި، މުސްލިމުން "އަލިގަދަ މެދުމިނުގެ" ދިރިއުޅުމެއް ގެންގުޅުމަށް ގޮވާލެއްވުމުން، ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގައި ދިން ހަމަލާތަކަށް ފަހު ހުޅަނގުގައި ޕަރްވޭޒްގެ ޝައުގުވެރިކަން އިތުރުވިއެވެ.

އެ ހަމަލާތަކަށް ފަހު ޕަރްވޭޒް ވެގެން ދިޔައީ އެމެރިކާގެ އެންމެ މުހިންމު އެއް އެކުވެރިއަކަށެވެ. އެތައް ހާސް ބަޔަކު މަރުވި ޕާކިސްތާނުގެ ބިމުގައި ހުރި ސިއްރު މަރުކަޒުތަކުން ހަތިޔާރު އެޅި ޑްރޯންތައް ދުއްވުމުގެ ހުއްދަ ދިނުމާއި، ޕާކިސްތާނުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަފްޣާނިސްތާނުގެ ފްރޮންޓިއާގައި އޮންނަ އެގައުމުގެ ގާނޫނާ ހިލާފު ގަބީލާ ސަރަހައްދުތަކަށް އަރައިގަތުމަށް ސިފައިންނަށް އަމުރު ކުރެއްވިއެވެ.

ބައިނަލްއަގުވާމީ ގައުމުތަކުން އޭނާގެ ވެރިކަން ބަލައިގެތް ނަމަވެސް އެ ވެރިކަން ވެގެންދިޔައީ ޕާކިސްތާނަށް ނިސްބަތްވާ ހަރުކަށި ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ލޭއޮހޮރުވާލާ ހަނގުރާމައަކަށް ވައްޓާލުމަށް މަގުފަހިވި ކަމެކެވެ.

2006 ވަނަ އަހަރު ލިޔުއްވި ހަނދާނީ ފޮތެއްގައި އެމެރިކާގެ ރުޅިވެރިކަމުން ޕާކިސްތާން ސަލާމަތް ކުރުމުގެ ކްރެޑިޓް އޭނާ ނަންގަވާފައި ވަނީ އެމެރިކާއާއެކު ޕާކިސްތާނާ އެކުވެރި ނުވާނަމަ "ބޮން އަޅާ، އިހުގައި ހޮހޮޅައިގައި އުޅުނު ޒަމާނާހަމައަށް ޕާކިސްތާނުގެ ހާލަތު" ގެންދާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވުމާއެކުއެވެ.

އަދި ޕަރްވޭޒް ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއަށް ފައިސާ އޮއްސުމަށް އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވެސް ކާމިޔާބުކަމާއެކު އެއްގަލަކަށް އަރުއްވާފައެވެ. އެހެންނަމަވެސް ސިފައިންގެ ބާރުގަދަ ޖާސޫސީ ޚިދުމަތްތަކުން ތާލިބާނުންނާއި އަލްޤައިދާއާ އެކު މުއާމަލާތްތައް ކަނޑާލައި، އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންނާ ހަނގުރާމަ ކުރަމުން ދިޔަ ފިނޑި ޖަމާއަތަކަށް ބާރު ލިބުނެވެ.

ޚާރިޖީ ސިޔާސަތުގެ އެހެން ދާއިރާތަކުން މުޝައްރަފް މަސައްކަތް ކުރެއްވީ ނިއުދިއްލީ އާއި އިސްލާމްއާބާދާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށެވެ.

އިންޑިއާއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ފެށިތާ ތިން އަހަރު ނުވަނީސް 2002 ވަނަ އަހަރު ބޭއްވި ސަރަހައްދީ ސަމިޓެއްގައި، ދުނިޔެ ސިއްސުވާލީ، ޕަރްވޭޒް ދެއްވި ތަގުރީރެއް ނިންމަވާލެއްވުމަށްފަހު ކުއްލިއަކަށް އިންޑިއާގެ ބޮޑުވަޒީރު އަތުލް ބިހާރީ ވަޖްޕާއީއާ އަތްޕުޅު ދިގުކުރައްވާ ސުލްހައިގެ ވާހަކަ ދައްކަވަން ހުށަހެޅުއްވުމުންނެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް އެންމެ ވަރުގަދަ ނުތަނަވަސްކަން ނުވަތަ ކަޝްމީރުގެ މައްސަލަ، ޕަރުވޭޒުގެ ޒައާމަތުގައި ހައްލުވުމާ ދިމާއަށް ދިޔައެވެ. އެހެންނަމަވެސް ޕަރްވޭޒުގެ ވެރިކަމަށް ފަހު މާގިނަ ދުވަހެއްނުވެ ސުލްހައިގެ މަރުހަލާ މަގުން ކައްސާލިއެވެ.

މުޝައްރަފްގެ ވެރިކަމުގައި ބޭރުގެ އިންވެސްޓްމަންޓް ފުޅާވެ، ޕާކިސްތާނަށް އަހަރަކު %7.5 އާއި ހަމައަށް އިގްތިސާދީ ކުރިއެރުން ލިބިފައި ވާއިރު، މިއީ ގާތްގަނޑަކަށް 30 އަހަރު ތެރޭގައި އޮތް އެންމެ މަތީ ދަރަޖަ ކަމަށް ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފަހު އަހަރުތަކުގައި, ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ޚުދުމުޚުތާރު ވެރިކަމުގެ ސަބަބުން ހިޔަނިއެޅެމުން ދިޔައެވެ. 2006 ވަނަ އަހަރު މުޝައްރަފް ދެއްވެވި އަސްކަރީ އޯޑަރަކާއެކު، ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ ގަބީލާއެއްގެ ވެރިއަކު މަރުވިއެވެ. އަދި މިއަދާހަމައަށް ވެސް އެކަމުގެ ނަތީޖާއެއްގެ ގޮތުން، ފިތުނަވެރިކަމުގެ ބިންގާ ވަނީ ދެމިގެން ގޮސްފައެވެ.

ޖެހިގެން އައި އަހަރު ޝަރުއީ ގާނޫނު ތަންފީޒު ކުރުމަށް ގޮވާލަން ނުކުތް އެތައްސަތޭކަ ދަރިވަރުން މަރުވީ މުޝައްރަފް މަޝްވަރާތަކުން އެކަހެރިވެ ވަޑައިގެން، އިސްލާމްއާބާދުގެ މިސްކިތަކަށް ވަދެގަތުމަށް ސިފައިންނަށް އަމުރު ކުރެއްވުމުންނެވެ. އެކަމުގެ ސަބަބުން އައު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތަހްރީކް-އޭ-ތާލިބާން ޕާކިސްތާނުގައި އުފެދުނުއިރު، އޭގެ ފަހުން އެ ޖަމާއަތުން ވަނީ ޖާނުންފިދާވުމުގެ ހަމަލާތަކާއި ބްރޭޒެން ހަމަލާތަކުގައި ދިހަހާހަށްވުރެ ގިނަ މީހުން މަރާލާފައެވެ.

ފަހުން 2007 ވަނަ އަހަރު އިދިކޮޅު ލީޑަރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ޖާނުން ފިދާވުމުގެ ހަމަލާއާއެކު، އަނިޔާވެރިކަމުގެ ރާޅުތައް ފެށިއެވެ. ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް އޭނާ ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ވެސް މުޒާހަރާތައް ފެށުމުން، ޕަރްވޭޒް މުޝައްރަފު ވަނީ އިންތިހާބު ފަސްކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ.

2008 ވަނަ އަހަރު، 11 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވުނެވެ. މުޝައްރަފްގެ ޕާޓީ ބަލިވެ މަޖިލީހުން އަޒުލުކުރުމުން، ރައީސްކަމުން އިސްތިއުފާ ދެއްވައި ލަންޑަނަށް ފިއްލަވަން ވަޑައިގެންނެވިއެވެ.

މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރެއްވުމަށް 2013 ވަނަ އަހަރު ޕާކިސްތާނަށް އެނބުރި ވަޑައިގެންނެވި ނަމަވެސް ވަގުތުން ޑިސްކޮލިފައިކުރެވުނެވެ. އަދި ދުބާއީއަށް ވަޑައިގަތުމުގެ ހުއްދަ ދިނީ 2016 ވަނަ އަހަރުއެވެ.

2019 ވަނަ އަހަރު 2007 ވަނަ އަހަރު ކުއްލި ނުރައްކަލުގެ އުސޫލެއް ފާސްކުރި މައްސަލައިގައި ޣައިރު ހާޒިރުގައި ކޯޓަކުން ޕަރްވޭޒްގެ މައްޗަށް މަރުގެ ހުކުމް އިއްވިއެވެ. ނަމަވެސް ފަހުން އެ ހުކުމް ވަނީ ބާތިލްކޮށްފައެވެ.

ޕަރވޭޒް މުޝައްރަފް، ޕާކިސްތާނުގެ ކުރީގެ ރައީސްޕާކިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު