Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސީރިއާ ބިންހެލުން

ބިންހެލުމުގައި ތުރުކީ އާއި ސީރިއާގައި މަރުވި މީހުންގެ އަދަދު 5،000ށް ވުރެ މައްޗަށް އަރައިފި

ތުރުކީގައި މަރުވި މީހުންގެ އަދަދު މަދުވެގެން 3،432 އަށް އަރާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ފެބުރުއަރީ 2023 | އަންގާރަ 11:01
ތުރުކީގައި އަރިއަޅާފައިވާ އިމާރާތެއް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން

ތުރުކީގައި އަރިއަޅާފައިވާ އިމާރާތެއް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން

ބިންހެލުމުގައި ތުރުކީ އާއި ސީރިއާގައި މަރުވި މީހުންގެ އަދަދު 5،000ށް ވުރެ މައްޗަށް އަރައިފިއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ތުރުކީ އާއި ސީރިއާގައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން މިހާތަނަށް 5،034 މީހުން ވަނީ މަރުވެފައެވެ.

ތުރުކީގައި މަރުވި މީހުންގެ އަދަދު މަދުވެގެން 3،432 އަށް އަރާފައިވާ ކަމަށް ތުރުކީގެ ޑިޒާސްޓާ ކޯޑިނޭޝަން ސެންޓަރު (އޭކޯމް) އިން އަންގާރަ ދުވަހު ބުނެފައިވެއެވެ.

މީހުން މަރުވެފައިވަނީ އެ ޕްރޮވިންސްގެ ކަހްރަމަންމަރަޝް، ގާޒިއަންޓެޕް، ޝަންލީއުރްފާ، ދިޔާބަކިރު، އަދާނާ، އަދީޔާމަން، އޮސްމާނިޔޭ، ހަޓޭ، ކިލިސް އަދި މަލާޓިޔާ ޕްރޮވިންސްތަކުން ކަމަށް އޭކޯމް އިން ބުނެއެވެ.

އަދި 21،103 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެކޯމް އިން އިތުރަށް ބުނެފައިވެއެވެ. ގާތްގަނޑަކަށް 26،000 ސާޗް އެންޑް ރެސްކިއު ޕާސަނަލްސް އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާއިރު، 600 އަށް ވުރެ ގިނަ ކްރޭން ހިމެނޭ ގޮތަށް 360 ވެހިކަލާއި 3،361 އިކުއިޕްމަންޓް ވެސް ހިމެނޭ ކަމަށް އޭކޯމް އިން ބުނެއެވެ.

މީގެ އިތުރުން 65 ގައުމަކުން 2،769 މީހުން އެހީގެ މަސައްކަތުގައި ބައިވެރި ވުމަށް ޑިޒާސްޓަރ އޭރިއާއަށް ފޮނުވާފައިވާ ކަމަށް އޭކޯމް އިން ބުނެއެވެ.

ސީރިއާގައި ސަރުކާރުން ކޮންޓްރޯލްކުރާ ސަރަހައްދުތަކާއި އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުން މަރުވި މީހުންގެ އަދަދު 1،602 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި 3،649 މީހަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ސީރިޔާގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުވި އަންހެނަކު ވިހޭ ދަރިފުޅު ސަލާމަތް ކުރެވިފައި ވެއެވެ. ނަމަވެސް މަންމައާއި އެކު އެއާއިލާގެ އެތައްބަޔަކު ވަނީ މަރުވެފަ އެވެ.

ވާރެއާއި އަދި ސްނޯގެ ސަބަބުން އެހީގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. ސަލާމަތް ވީ މީހުންވެސް ވަންނާނެ އެއްވެސް ހިޔާވަހިކަމެއް ނެތި ހާމަ ތަނުގައި ވަނީ އެއްރޭ އެއްދުވާ ހޭދަކޮށްފައެވެ. ނަމަވެސް އެހީ ތެރިކަން ފޯރުކޮށްދޭ ޓީމްތަކުން މިހާރު ވަނީ ކާއެއްޗިއްސާ ބޯފެން އަދި ރަޖާ ފަދަ އެއްޗެތި ބަހަން ފަށާފައެވެ.

ތުރުކީތުރުކީ-ސިރިއާ ބިންހެލުންސީރިޔާ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު