Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ

ރޮނާލްޑޯގެ 38 ވަނަ އުފަން ދުވަހު އަލް ނަޞްރުގެ ކުޅުންތެރިން އޭނާ އަށް ސަޕްރައިޒެއް ދީފި

އަލް ނަޞްރުގެ ކުޅުންތެރިން ތިބީ ރޮނާލްޑޯގެ އުފަން ދުވަސް ފާހަގަ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ކޭކަކާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2023 | ބުދަ 02:26
އަލް ނަޞްރުގެ ކުޅުންތެރިން ރޮނާލްޑޯގެ އުފަން ދުވަސް ފާހަގަ ކުރަނީ

އަލް ނަޞްރުގެ ކުޅުންތެރިން ރޮނާލްޑޯގެ އުފަން ދުވަސް ފާހަގަ ކުރަނީ

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ 38 ވަނަ އުފަން ދުވަސް އެ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިން ފާހަގަކޮށްފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލެންޑިއޯ އެވޯޑު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯގެ އުމުރުން 38 އަހަރު ފުރުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަލް ނަޞްރުގެ ފަރިތަކުރުންތަކަށް ރޮނާލްޑޯ ހާޒިރުވި ވަގުތު އެ ޓީމުގެ ކުޅުންތެރިން ވަނީ އޭނާގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ސަޕްރައިޒެއް ދީފައި ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. ރޮނާލްޑޯ ދަނޑަށް ހާޒިރުވި ވަގުތު ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ ދަނޑުގެ މެދުގަ އެވެ. އަލް ނަޞްރުގެ ކުޅުންތެރިން ތިބީ ރޮނާލްޑޯގެ އުފަން ދުވަސް ފާހަގަ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ކޭކަކާއެކު އެވެ. އެ ކޭކުގައި ރޮނާލްޑޯގެ ފޮޓޯ އެއް ޖަހާފައިވާއިރު، އޭގައި ވަނީ "މަރުޙަބާ" ލިޔެފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީ ޔުނައިޓެޑުގެ ވެރިންނާއި ޖެހުނު މައްސަލައެއްގަ އެވެ. އަލް ނަޞްރަށް ބަދަލުވެ ރޮނާލްޑޯ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗަކީ ސައުދީގެ އަލް ނަޞްރާއި، އަލް ހިލާލުން އެކުލަވާލައިގެން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގަައި ރޮނާލްޑޯ ވަނީ ޕީއެސްޖީ ކޮޅަށް ދެ ލަނޑު ވެސް ޖަހައިފަ އެވެ. އޭގެ ފަހުން ސައުދީ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ރޮނާލްޑޯ ވަނީ އެ ޓީމަށް އެއް ލަނޑު ޖަހައިދީފަ އެވެ. އެއީ ލީގުގައި އެންމެ ފަހުން އަލް ފަތުހާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ލަނޑެވެ. މެޗުގެ ފަހު ވަގުތުގައި ރޮނާލްޑޯ ޖެހި ލަނޑުން އެ ޓީމު ވަނީ މެޗުން ބަލިނުވެ ސަލާމަތްވެފަ އެވެ.

ރޮނާލްޑޯގެ އުމުރުން 38 އަހަރު ފުރުނުއިރު، އޭނާ އަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއައްނަސްރު

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު