Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްގަރާއި ގާދިއްފުށީ ބައި އިލެކްޝަން

ދިއްގަރާއި ގާދިއްފުށީގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފި

ގާދިއްފުށީ ކައުންސިލުގެ އިންތިޚާބު ކާމިޔާބުކުރި ޒުލައިޚާ އަހުމަދަށް ލިބުނީ 210 ވޯޓު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 އޯގަސްޓު 2022 | ހޮނިހިރު 15:27
ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ކައުންސިލްތަކުގެ ބައި އިލެކްޝަންގައި ވޯޓުލަނީ

ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ކައުންސިލްތަކުގެ ބައި އިލެކްޝަންގައި ވޯޓުލަނީ

ތ. ގާދިއްފުއްޓާއި މ. ދިއްގަރު ރަށު ކައުންސިލްގެ ބައި އިލެކްޝަން، ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ކާމިޔާބުކޮށްފިއެވެ.

ދެގޮނޑިވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓާ ވާދަކޮށްގެންނެވެ.

Advertisement - newsAdvertisement

އިލެކްޝަން ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ތ. ގާދިއްފުށީ ކައުންސިލަށް މެމްބަރަކު ހޮވުމަށް ނެގުނު ވޯޓުގައި ޕީޕީއެމް ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބިފައިވަނީ 201 ވޯޓެވެ. އެއިންތިޚާބުގައި އެމްޑީޕީން ވާދަކުރި ކެންޑިޑޭޓް ޒުލައިޚާ އަހުމަދަށް ލިބިފައިވަނީ 210 ވޯޓެވެ. އަމިއްލަގޮތުން ވާދަކުރި ފާތިމަތު މަލްދާއަށް ލިބިފައިވަނީ 4 ވޯޓެވެ.

މ. ދިއްގަރު ކައުންސިލަށް މެމްބަރަކު ހޮވުމަށް ނެގުނު ވޯޓުގައި އެމްޑީޕީ ކެންޑިޑޭޓް އަބްދުﷲ އާރިފަށް ލިބިފައިވަނީ 375 ވޯޓެވެ. ޕިޕީއެމް ކެންޑިޑޭޓް އަބްދުލްހަންނާން އަހުމަދަށް ލިބިފައިވަނީ 320 ވޯޓެވެ.

ދިއްގަރު ކައުންސިލްގެ ގޮނޑި ހުސްވީ އެ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރައްވައި، ހޮވިވަޑައިގަތް އިބްރާހީމް ޚަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާދިއްފުށީ ކައުންސިލްގެ ގޮނޑި ހުސްވީ އެ ކައުންސިލްގައި އިންނެވި އެމްޑީޕީ މެންބަރު މަރްޔަމް ހަސަން އިސްތިއުފާ ދެއްވުމުންނެވެ.

އިލެކްޝަންސް ކޮމިޝަންމ. ދިއްގަރުތ. ގާދިއްފުށި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު