Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމާވެށީގެ ދާއިރާ

މި 5 އަހަރުގެ ތެރޭ 42.6 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ: ރައީސް

ރައީސް ވިދާޅުވީ އެ ބަދަލާއެކު 50 ހާސް ޓަނުގެ ވިހައިން ޖައްވު ސަލާމަތްވާނެ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2023 | ހޯމަ 09:35
ޕަވާ ސޯލާ ޕްލާންޓް

ޕަވާ ސޯލާ ޕްލާންޓް

މި 5 އަހަރުގެ ތެރޭ ޖުމްލަ 42.6 މެގަވޮޓްގެ އަވި ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެ ބަދަލާއެކު 50 ހާސް ޓަނުގެ ވިހައިން ޖައްވު ސަލާމަތްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އަހަރަކު ގާތްގަނޑަކަށް 320 މިލިއަން ރުފިޔާ ތެޔޮ ބިލުން ސަލާމަތް ކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ހަކަތައަށް ގެނެވޭ އެންމެ ބޮޑު ދާއިމީ ޙައްލަކީ އިޢާދަ ކުރުވަނިވި ހަކަތަ ކަމަށާއި އެކަމަށްޓަކައި ހިންގޭ މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 2 އަހަރު ތެރޭގައި ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެ ކަމަށެވެ. އަދި އެ މަޝްރޫޢު ފުރިހަމަވުމުން މުޅި ރާއްޖެ އިން ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ތެލުގެ ޚަރަދު ކުޑަވެއްޖެ ނަމަ ކަރަންޓުގެ އަގު ކުޑަވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ، އެ ފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުވާނެ ކަމަށެވެ.

ތިމާވެއްޓާއި ގުޅުން ހުރި އިތުރު ކަންކަމާމެދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ 130 ސަރަހައްދެއް ހިމާޔަތް ކުރެވޭނެ ކަމަށެވެ. އަދި އޭގެތެރެއިން 82 ސަރަހައްދު ހިމާޔަތް ކުރެވޭނީ މިހިނގާ 5 އަހަރުގެ ތެރޭގައި ކަމަށެވެ. ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމަކީ ދިވެހިރާއްޖެކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތިމާވެށީގެ ދާއިރާގެ މަސައްކަތްތަކާމެދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮޕް 27ގެ ޑެކްލެރޭޝަންގައި އަލަށް އުފައްދަން ނިންމި ލޮސް އެންޑް ޑެމޭޖް ފަންޑު ގާއިމްކުރުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރި ކަމަށެވެ. އަދި ކުނި އެންދުމާއި، އޭގެ ދުމުން މިންޖުވެ، އެ މެނޭޖްކުރަން ޖެހޭ ވަސީލަތެއްގެ ވިސްނުމަށް ހިޖުރަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސޯލާ ހަކަތަރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެންވަޔަރަމެންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަން އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި

19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަން އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި

19 ޑިސެމްބަރު 2023
މަގޭ ސޯލާ ޕްރޮގްރާމް: އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭވަރުވާނެ

މަގޭ ސޯލާ ޕްރޮގްރާމް: އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭވަރުވާނެ

29 ނޮވެމްބަރު 2023
ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި

28 ނޮވެމްބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު