Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިޔާސީ ބަޔާން 2023

ކުޅިވަރަށް ގެނެވުނު ހެޔޮ ބަދަލު ރައީސް ހާމަކުރެއްވީ އަދަދުތަކުން

ބައިނަލްއަޤުވާމީ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ރަން ވަނަތަކެއް ހޯދަމުން އަންނަ ކަމަށް ރައީސް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2023 | ހޯމަ 09:19
ރައީސް ޞާލިޙު ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް ޞާލިޙު ރިޔާސީ ބަޔާން އިއްވަވަނީ

ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ޒުވާނުން ކުރިއަށް ދިއުމަށާއި މުނިފޫހި ފިލުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ މަޝްރޫޢުތައް ނިމި އަދި މަޝްރޫޢުތައް ދަނީ ހިނގަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙު މިފަދައިން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. އެ ބަޔާނުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި މުޅިން އަލަށް 39 ފުޓުބޯޅަ ދަނޑު ޤާއިމުކޮށް، އެ މަސައްކަތް ނިންމާލެވިއްޖެ ކަމަށެވެ. މީގެ އިތުރުން ރައްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ޒަމާނީ ވޮލީ ކޯޓާއި، ބެޑްމިންޓަން ކޯޓު އަދި ހޭންޑް ބޯޅަ ކޯޓުތައް ޤާއިމު ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން ސިންތެޓިކް ޓްރެކާއި، ޓޭބަލް ޓެނިސް (ޓީޓީ) ސެންޓަރު ޤާއިމުކޮށް، އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 50 އަށް ވުރެ ގިނަ އައުޓްޑޯ ޖިމް ޤާއިމުކޮށް ނިމިފައިވާ ކަމަށެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ޕެރަލިމްޕިކް ކޮމެޓީ އަދި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދާފައިވާ ކަމަށެވެ. އެ އެސޯސިއޭޝަންތައް އުފައްދައި، ކުޅިވަރު ކުޅުމުން މަހުރޫމެފައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެއާއެކު ބައިނަލްއަޤުވާމީ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ރަން ވަނަތަކެއް ހޯދަމުން އަންނަކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ފެށިގެން މިހާތަނަށް ރާއްޖެ އިން ވަނީ 33 ރަން މެޑެއްޔާއި، 18 ރިހި މެޑަލް އަދި 88 ލޯ މެޑަލް ހޯދާފައި ކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިޙު ވިދާޅުވީ ރާއްޖޭގައި ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެކަނި ރާއްޖޭގައި ބައިނަލްއަޤުވާމީ ނުވަ މުބާރާތެއް ބާއްވާފައިވާނެކަން ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ބާސްކެޓު މުބާރާތާއި، ބީޗް ވޮލީ މުބާރާތާއި، ބޮޑީ ބިލްޑިން މުބާރާތާއި، ބޮޑި ބޯޑިން އަދި ސާފިންގެ މުބާރާތް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން މޫދު ކުޅިވަރުގައި ރާއްޖޭ ވަނީ ދުނިޔޭގައި ނަން މަޝްހޫރު މަންޒިލަކަށް ބަދަލުވަމުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަންނާނުންގެ ކުޅަދާނަކަމާއި ހުނަރު ތަރައްޤީ ކުރުމަށް އެކީގެންވާ ފުރުސަތު ނެތުމަކީ އޮތް ހުސްކަމެއް ކަމަށެވެ. އެކަން ބަދަލުކުރުމަށް ޒަމާނީ ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް ހުޅުވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއީ ފަންނަރުވެރިކަމާއި ހުނަރުވެރިކަމުގައި ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ލިބޭނެ މާހައުލެއް ކަމަށެވެ. ހަމައެއާއެކު ޒަމާނީ ބަދަލުތަކަށްފަހު މި މަހުގެ ތެރޭގައި ނޭޝަނަލް އާޓް ގެލެރީ ހުޅުވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ފަންނާނުންގެ ހުނަރު ރާއްޖެއިން ބޭރުގައި ދެއްކުމުގެ ފުރުސަތު އެ ފަރާތްތަކަށް ހޯދައިދެމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރިޔާސީ ބަޔާން 2023ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކުޅިވަރާ ބެހޭ ވުޒާރާރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު