Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިގްތިސާދު

އަސާސީ ޚިދުމަތްތަކާއި އާރުޓީއެލްއަކީ މުޅި ރާއްޖޭގެ އިގްތިޞާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާ - ރައީސް

ލަފާފުރުމުގެ ދަތިކަން ވެސް މުޅި ރާއްޖެއިން ނައްތާލުމުގެ ފުޅާ މަޝްރޫޢު ދަނީ ހިނގަމުން، މަސައްކަތްތައް ނިމެމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ފެބުރުއަރީ 2023 | ހޯމަ 07:52
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ

ކަރަންޓާއި ބަނދަރާއި މަގާއި ފެނާއި ނަރުދަމާއާއި އާރުޓީއެލް އަކީ މުޅި ރާއްޖޭގެ އިގްތިޞާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައި މިވަނީ، ގުޅުންބޮޑު، ދިރުންހުރި، އެތެރޭގެ އިގްތިޞާދެއް އުފެއްދުމަށް ކަމަށެވެ. އެގޮތުން އިޖްތިމާޢީ، އިގްތިޞާދީ އަދި ޢުމްރާނީ ބޮޑު ބަދަލަކަށްޓަކައި އިހަށް ކުރަންޖެހޭ ކަންކަން ދަނީ މިދައުރު ތެރޭ ހިންގާ، ނިންމަމުން ކަމަށެވެ.

ރައީސް ވިދާޅުވީ މިބަދަލު ގެނައުމަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފުރިހަމަވާންޖެހޭ ކަމަށެވެ. މިދާގޮތަށް ގޮސް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ މުޅިން ނިމޭނެ ކަމަށާއި، މިއާ އެކުއެކީ ލަފާފުރުމުގެ ދަތިކަން ވެސް މުޅި ރާއްޖެއިން ނައްތާލުމުގެ ފުޅާ މަޝްރޫޢު ދަނީ ހިނގަމުންކަމަށެވެ. އަދި މަސައްކަތްތައް ނިމެމުންދާ ކަމަށެވެ. ހުރިހާ ރަށެއްގެ ހުރިހާ އިންޖީނުގެ އެރަށަކާ އެކަށޭނަ މިންވަރަށް ދަނީ ތަރައްގީކުރެވެމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަރަންޓާއި ބަނދަރާއި މަގާއި ފެނާއި ނަރުދަމާއާއި އާރުޓީއެލް އަކީ މުޅި ރާއްޖޭގެ އިގްތިޞާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާ ކަމަށެވެ.

ބަނދަރާއި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ކުރިން ބ. ފުޅަދޫގައި 2000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ 7000 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ބަނދަރު ނިމި، ފެނާއި ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާއެކު، މިއަދު އެބިމުގެ އަގަކީ 15000 ރުފިޔާ ކަމަށެވެ. މިހާރު އެކި ރަށްރަށުގައި ކުރިއަށް ގެންދާ ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތައް ނިމެމުން ދިޔަވަރަކަށް އެރަށްތަކުގެ ބިމުގެ އަގުއަރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށްރަށުގައި އިޤްތިޞާދީ ހަރަކާތްތައް ހިނގަން ފަށައި، އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީވެ އިގްތިސާދީ ހަރަކާތްތަކަށް ފައްކާވަމުންދާއިރު، ވާންޖެހޭ ގޮތެއް އޮންނަ ކަމަށެވެ. އެއީ އެރަށްތަކުގެ ގޮނޑުދޮށާއި ހަމައިގައި ހުއްޓިފައި އޮންނަ އިގްތިސާދު މުޅި ރާއްޖެއަށް ފަތުރާލުން ކަމަށެވެ. އެކަން ކުރެވޭނީ އިތުބާރާ ޔަޤީންކަން އޮތް ބަދަހި ދަތުރުފަތުރުގެ ނިޒާމަކުން ކަމަށާއި، އެއްރަށް އަނެއްރަށާއި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅި، މުޅި ރާއްޖޭގައި އެކީއެކަށް ހިނގާ އިޤްތިޞާދީ އިންޖީނަކީ ދަތުރުފަތުރުގެ ނިޒާމު ކަމަށެވެ. އެއްގަމާއި، ކަނޑާއި ވައިގެ މަގުން ރާއްޖެ ގަތާލެވޭ ގަތާލުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިގްތިސާދުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރިޔާސީ ބަޔާން 2023ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު