Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

ކަސެމީރޯ އަށް އެކަނި ރަތް ކާޑު ދެއްކުން ޓެން ހާގަށް ގޯސް

މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިން މެޗުގެ 70 ވަނަ މިނެޓުގައި ކަސެމީރޯ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2023 | ހޯމަ 03:06
ޔުނައިޓެޑުގެ މެޗުގައި ކަސެމީރޯ އަށް ރަތް ކާޑު ދައްކަނީ

ޔުނައިޓެޑުގެ މެޗުގައި ކަސެމީރޯ އަށް ރަތް ކާޑު ދައްކަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުގެ މިޑްފީލްޑަރު ކަސެމީރޯ އަށް އެކަނި ރަތް ކާޑު ދެއްކުމުން އެރިކް ޓެން ހާގް ނުރުހުން ފާޅުކޮށްފި އެވެ.

ޔުނައިޓެޑުން 2-1 އިން ކްރިސްޓަލް ޕެލެސް ބަލިކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިން މެޗުގެ 70 ވަނަ މިނެޓުގައި ކަސެމީރޯ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. ކާޑުގެ ސަބަބުން ކަސެމީރޯ އަށް ތިން މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވާނެ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވެސް ހަމަނުޖެހުން ކުރިއަށް ދިޔަ މަންޒަރު ފެނުނު ކަމަށެވެ. އަދި ދެ ޓީމުގެ ވެސް ބައެއް ކުޅުންތެރިން އިމުން ބޭރުވެ، ތަޅާ ފޮޅަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަމުގެ ތެރެއިން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލީ އެންމެ ކުޅުންތެރިޔެއްކަން ފާހަގަކޮށް ޓެން ހާގް ބުނީ، އެކަން އޭނާ އަށް ބަލައިނުގަނެވޭނެ ކަމަށެވެ. ޓެން ހާގް ބުނީ އެކަމާ ގުޅިގެން ކަސެމީރޯ އަށް ރަތް ކާާޑު ދައްކައި ދަނޑުން ފޮނުވާލިއިރު، އެ އަމަލު ހިންގި އެހެން ކުޅުންތެރިންނަށް ވެސް ކާޑު ދައްކައި ދަނޑުން ފޮނުވާލަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޕެލެސްގެ ޖޯޑަން އަޔޫ އަށް ވެސް ރަތް ކާޑު ދައްކަން ޖެހޭތޯ ސުވާލު ކުރުމުން ޓެން ހާގް ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި އަޔޫ އަށް ވެސް ޖެހޭނީ ރަތް ކާޑު ދައްކަން ކަމަށެވެ. ޓެން ހާގް ބުނީ އެ ހިނގައިދިޔަ ކަންތަކުގެ ތެރެއިން ކަސެމީރޯ އަމަލު ކުރި ގޮތަށްވުރެ، އަޔޫ އަމަލު ކުރި ގޮތް މާ ގޯސް ކަމަށެވެ. އަދި އެކަންކަން ރަނގަޅަށް ބެލެން ޖެހޭނެ ކަމަށާއި، ވީއޭއާރުގެ ނިންމުން ވެސް ތެދުވެރިވާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އެކަމުގެ ތެރޭގައި ކަސެމީރޯ އުޅުނީ ޔުނައިޓެޑުގެ ކުޅުންތެރިޔަކު ހިމާޔަތް ކުރުމަށް ކަމަށާއި، އަދި ތަޅާ ފޮޅަން މަސައްކަތް ކުރި އިދިކޮޅު ޓީމުގެ ކުޅުންތެރިޔާ ވެސް ހުއްޓުވަން ކަމަށެވެ. އޭނާ ބުނީ ކަސެމީރޯ މަސައްކަތް ކުރީ އެތަނުގައި ހަމަނުޖެހުމެއް ހިނގިޔަ ނުދޭން ކަމަށާއި، އެއްވެސް ހާލެއްގައި ކުޅުންތެރިޔަކަށް އަނިޔާ ކުރުމަށް ކަސެމީރޯ ބޭނުންނުވާ ކަމަށެވެ.

ޓެން ހާގް ބުނީ ޔުނައިޓެޑު އޮތީ ހުރިހާ ކުޅުންތެރިން އެކުވެގެން ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިޔަކު ވެސް އެމީހެއްގެ އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އެފަދަ ވަގުތުތަކަކީ ވަރަށް އުނދަގޫ ވަގުތެއް ކަމަށާއި، ނަމަވެސް ޓީމެއްގެ ގޮތުގައި ތިބެ އެކަކު އަނެކަކަށް މިސާލު ދައްކަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޓެން ހާގް ވަނީ ވީއޭއާރާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ މިދިޔަ ހަފްތާގައި ޔުނައިޓެޑުން ކުޅުނު މެޗުގައި އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކު ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ކްރިސްޓިއަން އެރިކްސަން ކުޅުމާ ދުރަށް ދާން ޖެހުނު ކަމަށެވެ. ނަމަވެސް އެ މެޗުގައި ވީއޭއާރުން އެކަން ބަލާފައިނުވާކަން އޭނާ ފާހަގަކުރި އެވެ.

މެންޗެސްޓަރ ޔުނައިޓެޑްކަސެމީރޯއެރިކް ޓެން ހާގް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

27 ޑިސެމްބަރު 2025
ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު