Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާޓަޑް އެކައުންޓަންޓުން ތަމްރީންކުރުން

ޗާޓަޑް އެކައުންޓަންޓް ސްކޮލަރޝިޕަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގަނީ

މި ފުރުސަތުގެ ދަށުން ޕަބްލިކް ސެކްޓަރުން 50 ފުރުސަތު އަދި އޯޕަން ކެޓަގަރީން އިން 150 ފުރުސަތު ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2023 | ހޮނިހިރު 21:51
އެކައުންޓިން ފޯރަމް

އެކައުންޓިން ފޯރަމް

ޗާޓަޑް އެކައުންޓަންޓުން ތަމްރީން ކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލާފައިވާ 200 ސްކޮލަރޝިޕަށް ކުރިމަތިލާނެ މީހުން ހޯދުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ސީއޭ މޯލްޑިވްސްގެ ކައުންސިލް މެންބަރު އަދި އިކޮނޮމިކް ކޮމިޓީގެ ޗެއާޕާސަން މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ފުރުސަތުގެ ދަށުން ޕަބްލިކް ސެކްޓަރުން 50 ފުރުސަތު އަދި އޯޕަން ކެޓަގަރީން އިން 150 ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕްތައް ދޭ ކޯހުގެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އެސޯސިއޭޝަން އޮފް ޗާޓަޑް އެކައުންޓަންޓްސް (އޭސީސީއޭ) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް އާއި ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލްއެވެ.

މިސްކޮލަރޝިޕާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުހައްމަދު ހަލީމް ވިދާޅުވީ އެސްކޮލަރޝިޕަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ސީއޭ މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ޑޮކިޔުމަންޓްތައް ފުރިހަމަކުރުމުގައި ސީއޭ މޯލްޑިވްސްއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ހަލީމު ވިދާޅުވިއެވެ.

މީގެއިތުރުން ސްކޮލަރޝިޕާއި ގުޅޭގޮތުން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކުރުމުގަޔާއި ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރޭވިފައިވާކަމަށް ހަލީމު ވިދާޅުވިއެވެ. އެގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އާއި ސީމާ ގުޅިގެންކަމަށް ހަލީމު ވިދާޅުވިއެވެ.

މި 200 ފުރުސަތުގެ ތެރެއިން 50 ފުރުސަތު ޕަބްލިކް ސެކްޓަރަށް ހާއްސަކޮށްފައިވާ ފުރުސަތުތަކެވެ. ބާކީ 150 ފުރުސަތަކީ އޯޕަން ކެޓަގަރީއެވެ. ނަމަވެސް ޕަބްލިކް ސެކްޓަރުން 50ށް ވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ އޯޕަން ކެޓަގަރީގެ ދަށުން ޕަބްލިކް ކެޓަގަރީއަށް ކުރިމަތިލީ ފަރާތްތައް އިވެލުޔޭޓްކުރެވޭނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ސަރުކާރުން ރަޖިސްޓްރީކުރުމުގެ ފީ ނުވަތަ ރީ-ރަޖިސްޓްރޭޝަން ފީ އާއި އެނުއަލް ސަބްސްކްރިޕްޝަން ފީ އާއި އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ އާއި އެގްޒާމް ފީ އާއި އެފްލިއޭޝަން ފީ އާއި ދެ އަހަރު ތެރޭގައި ދަރިވަރު ނިމޭ ކަމުގައިވާނަމަ މެންބާޝިޕް ފީ އާއި ބުކް އެލަވަންސްގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ ދޭނެއެވެ.

މިއީ ޗާޓަޑް އެކައުންޓިންގ ދާއިރާއިން ސްކޮލަރޝިޕް ދިނުމަށް ހުޅުވާލި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް މި ދާއިރާއިން ކިޔެވުމަށް 173 ސްކޮލަރޝިޕް ވަނީ ދީފައެވެ. މިދިޔަ އަހަރުގެ ސްކޮލަރޝިޕްތައް ކާމިޔާބުކުރި ކެންޑިޑޭޓުންގެ ތެރެއިން 100 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ސްކޮލަރޝިޕްގައި ކިޔެވުން ފަށައިފައެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް 2 އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.

މި ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ މައި އެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހަޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 26 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު