Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ލިވަޕޫލަށް ސަލާމަތެއް ނެތް، އަނެއްކާވެސް ބޮޑު ބައްޔެއް!

މޮޅާއެކު ވުލްވްސް ވަނީ ރެލިގޭޝަނުން މައްޗަށް ޖެހިލާފަ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 ފެބުރުއަރީ 2023 | ހޮނިހިރު 17:45
މެޗުން ބަލިވުމުން ލިވަޕޫލް ކޯޗު ކްލޮޕް އިސްޖެހިފަ

މެޗުން ބަލިވުމުން ލިވަޕޫލް ކޯޗު ކްލޮޕް އިސްޖެހިފަ

ނަތީޖާތައް ދަށްވެ, ކުރިއަށް ދިއުމަށް އުނދަގޫވެފައިވާ ލިވަޕޫލަށް ވުލްވްސް އަތުންވެސް ސަލާމަތްނުވެވި ބޮޑު ބައްޔަކާއެކު އިތުރަށް މާޔޫސްވެއްޖެއެވެ.

ވުލްވުސްގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 3-0 ނެވެ. މެޗު ފަށައިގެން ފަސްވަނަ މިނިޓްގައި މުޅި ޓީމް މާޔޫސްވީ މަޓިޕް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ހަ މިނިޓްފަހުން ޑޯވްސަން ލަނޑެއް ޖަހާ ފަރަގު ބޮޑުކުރުމުން ލިވަޕޫލް މުޅިން އެލުނެވެ. އިތުރަށް ހިތްވަރެއް ނުލެވި އުޅެނިކޮށް ކޮޅަށް ތިންވަނަ ގޯލް ވަނީ 71 ވަނަ މިނިޓްގައެވެ. ތިންވަނަ ގޯލް ޖެހީ ރުބެން ނެވެސްއެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ލީގުގައި އަވޭގައި ވިދިވިދިގެން ތިން މެޗުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރަތަމަ ހާފްގައި އިދިކޮޅު ގޯލަށް އަމާޒުކޮށް ލިވަޕޫލަށް ފޮނުވާލެވުނީވެސް އެންމެ ބޯޅައެކެވެ. ނަމަވެސް ދެވަނަ ހާފްގައި ދެތިން ފުރުޞަތެއް ހޯދިއެވެ.

މިމޮޅާއެކު ވުލްވްސް ވަނީ ރެލިގޭޝަނުން ސަލާމަތްވެ ތާވަލްގެ 15 ވަނައަށް ޖެހިލާފައެވެ. ލިވަޕޫލް އޮތީ ގަދަ ހަތަރެއް އަތުވާ ވަރަށްވުރެ ދުރުގައި 29 ޕޮއިންޓާއެކު 10 ވަނައިގައެވެ. ހަތަރުވަނައިގައި ނިއުކާސަލް އޮތީ 39 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުލިވަޕޫލްވުލްވްސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު