Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އެވަޓަން އަތުން އާސެނަލް ބަލިވުމަކީ އާޓެޓާ އަށް ޤަބޫލުކުރަން ދަތި ކަމެއް

އޭނާ ބުނީ އާސެނަލުން ފުރުސަތުތަކުގެ ބޭނުން ނުކުރެވިގެން އުޅެނިކޮށް އެވަޓަން އިން ލަނޑެއް ޖެހީ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ފެބުރުއަރީ 2023 | އާދީއްތަ 02:34
އެވަޓަނާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކޯޗު އާޓެޓާ

އެވަޓަނާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކޯޗު އާޓެޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަނާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވުމަކީ ޤަބޫލު ކުރަން ދަތިކަމެއް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ލީގުގައި އެވަޓަން އަތުން ބަލިވެ އާސެނަލުން ވަނީ އެއް ވަނައިގައި ލީޑު ނެގުމަށް ލިބުނު ފުރުސަތު ގެއްލުވާލައިފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން އާސެނަލް އެއް ވަނައިގައި އޮތީ 50 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ހަމަ އެ އަދަދަށް މެޗު ކުޅެގެން ލިބެނީ 45 ޕޮއިންޓެވެ. އެވަޓަން އަތުން އާސެނަލް ބަލިވުމާއެކު ސިޓީއާއި އާސެނަލާ ދެމެދު އޮތް ލީގު ހޯދުމުގެ ވާދަވެރިކަން ބޮޑުވާނެ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ އެ މެޗުން އާސެނަލް ބަލިވުމަކީ ޤަބޫލު ކުރަން ވަރަށް ބޮޑަށް ދަތިކަމެއް ކަމަށާއި، އޭނާ ހުރީ ޝޮކެއްގައި ކަމަށެވެ. އާޓެޓާ ބުނީ މެޗުގައި އާސެނަލުން ބޯޅަ ގެންގުޅު ކަމަށާއި، ނަމަވެސް މަދުވި އެއްޗަކީ ބޯޅައާއެކު ލިބުނު ފުރުސަތުގެ ބޭނުން ކުރުން ކަމަށެވެ. އަދި އާސެނަލުން ފުރުސަތުތަކުގެ ބޭނުން ނުކުރެވިގެން އުޅެނިކޮށް އެވަޓަން އިން ލަނޑެއް ޖެހީ ކަމަށާއި، އެހާ ހިސާބުން މުޅި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔަ ކަމަށެވެ. ޚާއްސަކޮށް އެވަޓަން އިން މެޗު ވަރަށް ބޮޑަށް ލަސް ކޮށްލި ކަމަށާއި، އާސެނަލަށް އެކަމުގެ އުނދަގޫ އިންތިހާ އަށް ކުރި ކަމަށެވެ. އާޓެޓާ ބުނީ އެވަޓަން އިން އެމީހުން ކުޅޭ ކޮންމެ މެޗެއްގައި ވެސް ކަންތައް ކުރަނީ އެގޮތަށް ކަމަށާއި، ޚާއްސަކޮށް އެމީހުންގެ އިސްކޮޅާއި، ބުންވަރު ބޭނުންކޮށްގެން ވެސް އެކަން ކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗެއްގެ ކޮންޓްރޯލް ބޭނުންވާ ނަމަ ޖެހޭނީ އެކަންކަމަށް ސަމާލުވާން ކަމަށެވެ. ނަމަވެސް އެ މެޗުގައި އާސެނަލްގެ ކުޅުންތެރިންނަށް އެކަން ނުކުރެވުނު ކަމަށެވެ.

މީގެ އިތުރުން އާޓެޓާ ބުނީ، އާސެނަލުން ކުރިއަށް އޮތް މެޗުތަކުގައި އެކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އެވަޓަން މެޗުގައި ވަރަށް ބޭކާރު ހިލޭ ޖެހުންތަކެއް އިދިކޮޅު ޓީމަށް ލިބުނު ކަމަށާއި، އެއީ އެމީހުން ބޭނުންވާ ވެސް ގޮތް ކަމަށެވެ. އާޓެޓާ ވަނީ އާސެނަލްގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަކޮށްފަ އެވެ. އޭނާ ބުނީ އެންމެ ގޯހެއް ހެދުމަކީ، ކުޅުންތެރިން ކުރަމުން އަންނަ ރަނގަޅު ކަންކަމުގެ ވާހަކަ ނުދައްކަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް މެޗަށް އޭނާ އާސެނަލް ޓީމާއެކު ނުކުންނާނީ އެވަޓަން މެޗުން ފާހަގަވި ކަންކަން ރަނގަޅު ކޮށްގެން ކަމަށެވެ.

ލީގުގައި މި މަހުގެ 11 ވަނަ ދުވަހު އާސެނަލަށް އޮންނާނީ ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަސް ދުވަސް ފަހުން، މި މަހުގެ 16 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އެ ޓީމު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

ޕްރިމިއަރ ލީގުއާސެނަލްއެވަޓަންމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު