Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑު

ޓެން ހާގް ޤަބޫލު ކުރާ ގޮތުގައި ވަރާން ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ޔުނައިޓެޑަށް ރަނގަޅު ކަމެއް

4 ފެބުރުއަރީ 2023 | ހޮނިހިރު 10:39

ޓެން ހާގް ބުނީ ވަރާން އަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިޔެެއް ކަމަށާއި، އޭނާ އަށް މިހާރި އަމިއްލަ އަށް ކަންކަން ނިންމޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ފެބުރުއަރީ 2023 | ހޮނިހިރު 10:39
ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ވަރާން

ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ވަރާން

ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ މެންޗެސްޓަރ ޔުނައިޓެޑަށް ރަނގަޅު ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ނިކުންނަ މެެޗުގެ ކުރިން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ޔުނައިޓެޑަށް އެއީ ރަނގަޅު ޚަބަރެއް ކަމަށެވެ. އޭނާ ބުނީ ފުޓުބޯޅައިގައި ވަރާން ވަނީ ކުލަބާއެކު އެތައް ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ. ބައިނަލްއަޤުވާމީ ލެވެލަށް ބެލި ނަމަވެސް ވަރާން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައިކަން ފާހަގަކޮށް ޓެން ހާގް ބުނީ، ވަރާންގެ ނިންމުމަށް އިހުތިރާމް ކުރާ ކަމަށެވެ. އޭނާ ބުނީ ވަރާން ވަނީ ޤައުމީ ޓީމަށް އެތައް ގޮތަކުން ޤުރުބާނީ ވެފައި ކަމަށެވެ. ޓެން ހާގް ބުނީ ވަރާން އެކަމުގެ ވާހަކަ އޭނާއާ ކޮންމެ ވެސް ވަރަކަށް ދެއްކި ކަމަށާއި، ނަމަވެސް އެކަމުގެ މާބޮޑު ވާހަކައެއް ވަރާންއާ އޭނާއާ ދެމެދު ނުދެކެވޭ ކަމަށެވެ. ޓެން ހާގް ބުނީ ވަރާން އަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިޔެެއް ކަމަށާއި، އޭނާ އަށް މިހާރު އަމިއްލަ އަށް ކަންކަން ނިންމޭނެ ކަމަށެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ، މިއަދާ ހަމަ އަށް ވެސް ވަރާންގެ ކެރިއަރަށް އޭނާ އިހުތިރާމް ކުރާނެ ކަމަށެވެ. ނަަމަވެސް އަދިވެސް ކުރިއަށް އޮތް ތަނުގައި އެތައް ކަމެއް ހާސިލް ކުރެވޭނެކަން ފާހަގަކޮށް ޓެން ހާގް ބުނީ، ވަރާން އަކީ ވަރަށް އުންމީދުގައި ހުރި ކުޅުންތެރިޔެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ވަރާން ބޭނުން ވަނީ ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށެވެ.

އުމުރުން 29 އަހަރުގެ ވަރާން އޭނާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާން ކުރި ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ. ވަރާން އަށް ފްރާންސް ޤައުމީ ޓީމުން ޖާގަ ލިބުނީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 93 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. ވަރާން ވަނީ ފްރާންސްއާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތާއި، 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް މުބާރާތުގައި ވެސް އޭނާ ވަނީ ފްރާންސް ޓީމުގައި ހިމެނިފަ އެވެ. އެ މުބާރާތުގައި ފްރާންސް އަށް ލިބުނީ ދެ ވަނަ އެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް