Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ސްޕައި ބެލޫން

ޗައިނާގެ ޖާސޫސީ ބެލޫނަށް އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެވުނީ އޮޅުމަކުން ކަމަށް ޗައިނާއިން ބުނެފި

މިކަމާ ގުޅިގެން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންހެން ޗައިނާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ވަނީ ފަސްކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ފެބުރުއަރީ 2023 | ހޮނިހިރު 08:00
އެމެރިކާ

އެމެރިކާ

ޗައިނާގެ ޖާސޫސީ ބެލޫނެއް އެމެރިކާގެ ސަރަހައްދަށް ގޮސްފައިވަނީ އޮޅުމަކުން ކަމަށް ޗައިނާއިން ބުނެފިއެވެ.

ހުކުރު ދުވަހު އެމެރިކާއިން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް އެ ބެލޫން ވަނުމާ ގުޅިގެން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ބެލޫން އެމެރިކާއަށް ވަނީ ކެނެޑާ ސަރައްދުން ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އޭތި ދަތުރުކުރާ ގޮތަށް ބަލާއިރު އެ ފުއްޕާހަން ދަތުރުކުރަމުން ދަނީ އެ ގައުމުގެ މޮންޓާނާ ސްޓޭޓްގެ މަތިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެކަމާ ގުޅޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ހާދިސާ ހިނގާފައި ވަނީ އޮޅުމަކުން ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިފަދައިން ވިދާޅުވެފައިވާއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންހެން ޗައިނާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ވަނީ މި ހާދިސާއާ ގުޅިގެން ފަސްކޮށްފައެވެ. ޗައިނާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާއިން ވަނީ އެކަމާގުޅޭ މައުލޫމާތު އެމެރިކާއާ ހިއްސާކޮށްފައެވެ. އެ އެއަރޝިޕަކީ މަދަނީ ބޭނުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި، އެއީ ޖައްވީ ދިރާސާތައް ކުރަން ބޭނުންކުރާ އެއްޗެއް ކަަމަށް ޗައިނާއިން ވަނީ ބުނެފައެވެ. އެ ބެލޫން އެމެރިކާއަށް ދިޔައީ ޝެޑިއުލްކޮށްފައިވާ ރޫޓު އެކުލަވާލާފައިވާގޮތަށް ނޫން ކަމަށްވެސް އެ ގައުމުން ބުނެއެވެ. ޗައިނާއިން އަބަދުވެސް ސަރަހައްދީ އިމަށް އިހުތިރާމް ކުރާކަަމަށާއި އެފަދަ ގާނޫނުތަކަށް ތަބާވާނެ ކަމަށްވެސް އެ ގައުމުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައި ވާއިރު އެމެރިކާގެ ދިފާއީ އިދާރާ ޕެންޓެގަންއިން ބުނިގޮތުގައި އެމެރިކާގެ ސަރަހައްދަށް ފުއްޕާހަން ވަނުމުގެ ކުރިން އެ ކަމުގެ މައުލޫމާތު އެ ގައުމަށް ވަނީ ލިބިފައެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށްވެސް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އެގޮތުން އެ ބެލޫން ފެނުމާއެކު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން އޭގެ ކައިރިއަށް ގޮސް އޭގެ މައުލޫމާތު ހޯދައި ބަލާފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ލަފާދެއްވާފައި ވަނީ އެއަށް ހަމަލާދީ އޭތި ނައްތާލުމަށެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު