Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަވާދިއްތަ ދަތުރު

ސަވާދިއްތަ ދަތުރު ފަށާނީ ލަންދޫ އިން، ކުލަ ގަދަ ހަރަކާތް ތަކާއި އެކު

މިއީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެމްއައިޓީޑީސީ އިން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2023 | ހުކުރު 17:54
ސަވާދީއްތަ ދަތުރުގެ ތެރެއިން

ސަވާދީއްތަ ދަތުރުގެ ތެރެއިން

ލޯކަލް ޓުއަރިޒަމް އަށް ހާއްސަކޮށްގެން މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމްކުރާ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" ގެ ދެވަނަ އެޑިޝަން, 12 އަށް ވުރެ ގިނަ އޮޑި އާއި އެކު މާރޗް މަހު ފަށާނެ ކަމަށާއި ދަތުރު ފަށާނީ ނ.ލަންދޫ އިން ކަމަށް އެމްއަޓީޑީސީ އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވީ ސަވާދިއްތައިގެ މިފަހަރުގެ ދަތުރު ކުރިއަށް ދާނީ މާރޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަަމަށެވެ. ސަވާދިއްތަ ދަތުރުގައި މި ފަހަރު މުޅިން އަލަށް ރާއްޖެ އަށް ރެޖިސްޓަރކޮށްފައިވާ ކަޓަމަރާން އެއް ބައިވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ފަހަރު ދަތުރުތައް ފަށާނީ ލަންދޫ އިން ކަަމަށާއި ސަވާދިއްތަ ދަތުރު ފެށުމަށް ވަރަށް ކުލަ ގަދަ ހަރަކާތެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދަތުރުތައް ނިންމާލުމަށް ހަމަޖެހިފައި ވަނީ މާމިގިއްޔަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސަވާދިއްތައިގެ މަސައްކަތް ކުރިއަށް ދާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި ރަށްތަކުން ތިބީ ފަތުރުވެރިންނަށް މަރުޚަބާ ކިޔަން ވަރަށް ބޮޑަށް ތައްޔާރަށް ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިފަހަރު 9 ރަށަކަށް ދަތުރުކުރާނެކަން ފާހަގަކުރައްވާ ރާއިދު ވިދާޅުވީ އެރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިލި ކަމަށެވެ.

ނ. އަތޮޅުން ފެށިގެން އަރިއަތޮޅަށް ކުރަން ހަމަޖެހިފައިވާ މި ދަތުރުގައި ވެސް ގިނަ ގައުމުތަކުގެ ބައިވެރިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން ގައި ޔޮޓުތައް ދަތުރުކޮށްފައިވަނީ ހއ. އިން ފެށިގެން ނ. އަތޮޅާ ހަމައަށެވެ. އެ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް އެމްއައިޓީޑީސީ އިން ފާހަގަކުރެއެވެ. މިއީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި ރަށްތަކުން ތިބީ އެފަދަ ފުރުސަތަކަށް ބޭނުންވެފައި ކަމަށް އެމްއައިޓީޑީސީ އިން ބުނެއެވެ.

މި ދަތުރުގެ މި ފަހަރުގެ ތީމްގައި ރާއްޖޭގައި ކުޅޭ އެކި ކުޅިވަރުތަކާއި ރާއްޖޭގެ ކާބޯތަކެތި އިޝްތިހާރު ކުރަން ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގެ ތެރެއިން ރާއްޖޭގައި ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ފަތުރުވެރިންނަށް ވެސް ރާއްޖެ ތަޖުރިބާ ކުރެވޭނެކަން ދައްކުވައިދޭނެ ކަމަށް އެމްއައިޓީޑީސީ އިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ފުރާވަޑައިގަންނަވައިފި

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ފުރާވަޑައިގަންނަވައިފި

13 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

11 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު