Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިލްހާން އުމަރު ކޮމިޓީން ބޭރުކުރުން

އިލްހާން އުމަރު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަކިކޮށްފި

ރިޕަބްލިކަން ޕާޓީގެ ކެވިން މެކާތީ އެންމެ ފުރަތަމަ ވެސް ފެއްޓެވި މަސައްކަތަކީ، އިލްހާން އުމަރު، ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބޭރު ކުރުމުގެ މަސައްކަތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2023 | ހުކުރު 05:13
އިލްހާން އުމަރު

އިލްހާން އުމަރު

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ މުސްލިމު ދެ މެންބަރުންގެ ތެރެއިން، މިނެސޮޓާ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިލްހާން އުމަރު، އެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަކިކޮށްފިއެވެ.

އިސްރާއީލު ސަރުކާރާ ދެކޮޅަށް އިލްހާނާ ފާޅުކުރައްވާ ޝުއޫރުތަކާއި ގުޅިގެން އިލްހާން ކޮމިޓީން ވަކިކުރުމަށް ނެގި ވޯޓު ފާސްވެފައިވަނީ 211 ވޯޓު 218 ވޯޓުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ އައު ދައުރެއް ފަށާފައިވާއިރު ތިރިގޭގެ އަޣުލަބިއްޔަތު ލިބިފައިވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށެވެ. މަޖިލީހުގެ ރިއާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު، ރިޕަބްލިކަން ޕާޓީގެ ކެވިން މެކާތީ އެންމެ ފުރަތަމަ ވެސް ފެއްޓެވި މަސައްކަތަކީ، އިލްހާން އުމަރު ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބޭރު ކުރުމުގެ މަސައްކަތެވެ. އޭގެކުރިންވެސް ކެވިން ވަނީ ރިޕަބްލިކަން ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އިލްހާން ކޮމިޓީން ވަކިކުރައްވާނެކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.

އިލްހާން އެ މަގާމުން ދުރު ކުރުމަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން އެކުލަވައިލި ގަރާރު، މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ އޮހާޔޯ ސްޓޭޓްގެ މެންބަރު މެކްސް މިލާ އެވެ. އޭނާގެ ގަރާރުގައި ބުނެފައިވަނީ އިލްހާން އުމަރަކީ އިޒްރޭލާއި އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ފާޅުގައި ދެކޮޅު ހައްދަވާ މެންބަރެއް ކަމަށެވެ.

އިލްހާން އަކީ ރިޕަބްލިކަނުން ކޮމިޓީން ވަކިކުރި ތިން ވަނަ ޑިމޮކްރަޓިކް މެންބަރެވެ. ތިން ޑިމޮކްރަޓުން ކޮމިޓީތަކުން ވަކިކުރުމަކީ މީގެކުރިން ޑިމޮކްރަޓުން ރިޕަބްލިކަން ދެ މެންބަރުން ކޮމިޓީން ވަކިކުރުމުން ކުރި ކަމެއް ނޫންކަމަށް ކެވިން ވިދާޅުވިއެވެ. ނަމަވެސް ޚާރިޖީ ގުޅުމަކީ ވަރަށް މުހިންމު ދާއިރާއެއްކަމަށާއި އެހެންކަމުން އެފިޔަވަޅު އެގޮތަށް ނެގީކަމަށް އޭނާ ވިދާޅުވިއެވެ.

އިލްހާން އަކީ ސޯމާލިއާއަށް އުފަން ބޭފުޅެކެވެ. އެމެރިކާއިން އިލްހާނުގެ އާއިލާއަށް ހިމާޔަތްދިނުމުން އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާއިރު ކޮންގްރެސްގެ މެންބަރުކަން އިލްހާން ކުރައްވަން ފެއްޓެވީ 2019 ވަނަ އަހަރުއެވެ. އޭގެފަހުން ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގައި އިލްހާން އިންނަވައެވެ.

އިލްހާން ވިދާޅުވަނީ ފަލަސްތީނުގައި ޓޫ ސްޓޭޓް ގާއިމުކުރުމުގެ ސިޔާސަތަށް ތާއީދުކުރައްވާކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ބޯޑަރ ސިސްޓަމެއްކަމަށް ވާންޖެހޭނެކަމަށެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު