Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލުން ހެދި އުސޫލުތައް

އަގު ބޮޑުކުރަން މާލެ ސިޓީ ކައުންސިލުން ހެދި އުސޫލުތަކުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2023 | ބުރާސްފަތި 09:30
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް

މާލެ ސިޓީ ކައުންސިލުން ހަދާފައިވާ ދެ އުސޫލެއްގެ ދަށުން ބައެއް މަސައްކަތްތަކުގެ އަގު ބޮޑުކޮށްފައިވާތީ އެ އުސޫލުތަކަކީ ޤާނޫނާ ޚިލާފުތަކަށް ހަދާފައިވާ އުސޫލުތަކެއް ކަމަށް ބުނެ، އެ އުސޫލުތައް ބާތިލުކުރަން ސްޓެލްކޯއިން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ސްޓެލްކޯއިން ހައިކޯޓަށް ހުށަހަޅާފައިވަނީ ސިޓީ ކައުންސިލުން ހަދާފައިވާ "މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާއްމުކޮށް މަސައްކަތް ކުރުމުގެ އުސޫލު" އާއި "މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދުކޮށްގެން މަސައްކަތް ކުރުމުގާއި ބެހޭ އުސޫލު" އެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވީ މި އުސޫލުތައް ހަދާފައިވަނީ އެފަދަ ޚިދުމަތްދޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް ކަމަށެވެ.

މި އުސޫލުތަކަށް ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު އެއީ ޤާނޫނާ ޚިލާފަށް ހަދާފައިވާ އުސޫލުތަކެއް ކަމަށާއި އޭގެ ބުރަ އާއްމުން އުފުލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި މިފަދަ ބަދަލުތައް ގެންނައިރު އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ ކަމަށާއި ނަމަވެސް ޖެނުއަރީ އެކަކުން ފެށިގެން އަމަލު ކުރަން ޖެހޭ އުސޫލުތައް މާލެ ސިޓީ ކައުންސިލުން ގެޒެޓުކޮށްފައިވަނީ ވެސް ޖެނުއަރީ 2ގައި ކަމަށެވެ.

އަދި އެފަދަ އުސޫލުތައް ހަދާއިރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ވެސް މަޝްވަރާ ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަންވެސް ކޮށްފައި ނުވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ބުރާސްފަތި ދުވަހު ސްޓެލްކޯއިން ބުނީ، އެއީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް، ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލު ކަމަށެވެ.

ވުމާއެކު، އެ އުސޫލުތައް ބާތިލް ކުރުމަށް އެ ކުންފުނިން ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަމަށް ކުންފުނިން މައުލޫމާތު ދެއެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އަދި އެ މައްސަލައާމެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށްވެސް ހައިކޯޓުގައި އެ ކުންފުނިން ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު