Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރާންސް ލީގު

ޕީއެސްޖީން މޮންޓްޕެލިއޭ ބަލިކުރި މެޗުގައި ޒައިރް އެމެރީ އަށް ރެކޯޑެއް

ޒައިރް އެމެރީ އަކީ ޕީއެސްޖީގެ ތާރީޚުގައި ވެސް އެ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2023 | ބުރާސްފަތި 04:59
ލަނޑު ޖެހުމަށް ފަހު ޒައިރް އެމެރީ އުފާ ފާޅު ކުރަނީ

ލަނޑު ޖެހުމަށް ފަހު ޒައިރް އެމެރީ އުފާ ފާޅު ކުރަނީ

ފްރާންސް ލީގުގައި މޮންޓްޕެލިއޭއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ މޮންޓްޕެލިއޭގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ޕީއެސްޖީގެ ފަހު ލަނޑު ޖެހި އުމުރުން 16 ޒައިރް އެމެރީ އަށް ވަނީ ރެކޯޑެއް ވެސް ލިބިފަ އެވެ. އޭނާ އަކީ ޕީއެސްޖީގެ ތާރީޚުގައި ވެސް އެ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ވަނީ ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީގައި ފްރާންސް ތަރި ކީލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ މޮންޓްޕެލިއޭގެ ގޯލް ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން 35 ވަނަ މިނެޓުގައި ޕީއެސްޖީގެ ކިކީ ކޯޔާޓް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ ލަނޑު ބަލައިނުގެންފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ލަނޑެއް ޖެހި ނަމަވެސް، މިފަހަރު ވެސް ހުރަސްއެޅީ ވީއޭއާރު އެވެ. މެޗުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ފަބިއަން ރުއިޒް އެވެ. އެއީ މެޗުގެ 55 ވަނަ މިނެޓުގައި ހޫގޯ އެކިޓައިކް ބޮލުން ޖައްސާލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ރުއިޒް ޖެހި ލަނޑެކެވެ. މެޗުގެ 72 ވަނަ މިނެޓުގައި ޕީއެސްޖީގެ ލީޑު ފުޅާކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އެއީ ރުއިޒް އޭރިޔާ ތެރެއަށް ޖައްސާލި ބޯޅަ އަށް މޮންޓްޕެލިއޭގެ ކީޕަރުގެ ކައިރިން ގޯލަށް ފޮނުވާލައިގެންނެވެ. މޮންޓްޕެލިއޭގެ ހަމައެކަނި ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޖެހީ ސްޓެފީ މަވިޑިޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އާނައުޑް ނޯޑިން އެވެ. މެޗުގެ އިތުރު ވަގުތުގައި ހަކީމީ ޔަނަވަސްކޮށްދިން ފުރުސަތެއްގައި ޒައިރް އެމެރީ ވަނީ ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުން މޮޅުވެ ޕީއެސްޖީ އެއް ވަނައިގައި އޮތީ ކުޅުނު 21 މެޗުން 46 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް މާސޭ އަށް ލިބެނީ 46 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާއާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅެން ޖެހުމަކީ އެޑްވާންޓޭޖެއް: އިއްލެ

އިންޑިޔާއާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅެން ޖެހުމަކީ އެޑްވާންޓޭޖެއް: އިއްލެ

19 މެއި 2017
ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ

ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ

17 މެއި 2017
އީގަލްސް އިން ނިއު ރޭޑިއަންޓް ބަލިކުރި އިރު، ޔޫވީ އަތުން ވިކްޓްރީއަށް މޮޅެއް

އީގަލްސް އިން ނިއު ރޭޑިއަންޓް ބަލިކުރި އިރު، ޔޫވީ އަތުން ވިކްޓްރީއަށް މޮޅެއް

08 މެއި 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
އެމްއާރުޑީސީ އިން ސްޓެލްކޯ ބަލިކުރިއިރު، ފެނަކަ އާއި ޕޮލިސް ކްލަބުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އެމްއާރުޑީސީ އިން ސްޓެލްކޯ ބަލިކުރިއިރު، ފެނަކަ އާއި ޕޮލިސް ކްލަބުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު