Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޮލަނބު ދަނޑު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

މިކަހަލަ ދަނޑުވެރި ކަމެއްގަ ލިބޭ 6 ޓަނާއި 8 ޓަނާ ދެމެދު މިންވަރެއްގެ އުފެއްދުންތައް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2023 | ބުދަ 10:34
އޮލަނބު ދަނޑު

އޮލަނބު ދަނޑު

ސަތޭކަ އަކަ މީޓަރުގެ ގްރީންހައުސްގައި ބަރިބަރިއަށް، އޮލަނބަށް ޖަހާފައިވާ ހުދުކުލައިގެ ގަސް މުށިތަކުގައި ސްޓްރޯބެރީ އޮށް އިންދަން ހުރި ޢާޔިދު އަބޫ ރަމަދާންއަށް ތަޢުރީފު ޙައްޤެވެ. ޣައްޒާގެ ބައިތު ހަނޫންގައި އޮލަނބަށް ދަނޑު ހެދުމުގައި، އަބޫ ރަމަދާންއަކީ ނަމޫނާއެކެވެ. އާބާދީ ތޮއްޖެހެމުންދާ ޣައްޒާގައި، މިއަދު އޭނާ ކުރަމުން އެދަނީ އިންޤިލާބީ ދަނޑުވެރިކަމެކެވެ.

އާންމުކޮށް 1000 އަކަމީޓަރުގައި ނޫނީ ނުހެއްދޭހާ ގިނަ ގަސް، މިއަދު އަބޫ ރަމަދާން ހައްދަމުން އެ ދަނީ އެންމެ 100 އަކަ މީޓަރުގައެވެ.

އިޒްރޭލާއި މިޞްރާއި ދެމެދު ހުރިހާ ގޮތަކުން ފިއްތާލާފައި އޮތް ޣައްޒާއަށް މިއަދު ކުރިމަތިލާން ޖެހިފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީވެސް ބިމުގެ ދަތިކަމުގެ މައްސަލައެވެ. ކުރިއަށް އޮތް 30 އަހަރެއްހާ ދުވަހަށް ބަލާއިރު، ޣައްޒާގެ އާބާދީ، 2 ގުނަ އިތުރުވެ، 4.8 މިލިއަނަށް އާބާދީ އަރާނެ ކަމަށް އަންދާޒާތަކުން ދައްކައެވެ. މިއަދުވެސް ޣައްޒާގައި ބިން ކޮޅެއް ނެތެވެ.

އިތުރު ވަމުންދާ އާބާދީއަށް ބޯހިޔަވަހިކަން ފޯރުކޮށްދޭނެ ގެދޮރު އެޅުމަށާއި، ހަމަ އެ އާބާދީއަށް ބޭނުންވާ ކާބޯތަކެތި ކަށަވަރު ކުރުމަށް ދަނޑުގޮވާން ކުރުމަށް ބިން ހޯދުމަށް އޮންނަނީ ވާދަވެރި ހަނގުރާމައެއް ކުރަން ޖެހިފައެވެ.

ހަމާސް ޖަމާޢަތުން ކޮންޓްރޯލް ކުރަމުންދާ ޣައްޒާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ތަރުޖަމާނު، އާދަމް އަލް ބަސްޔޫނީ ވިދާޅުވީ، އޮލަނބަށް ދަނޑު ހެއްދުމުގެ މަސައްކަތަކީ، އުފެއްދުންތެރިކަމާއި އުފެއްދުންތެރިކަމުގެ ފެންވަރަށް ބަލާއިރުވެސް ބޮޑެތި ފައިދާތަކެއް އެކަމުގައި އެކުލެވޭ މަސައްކަތެއް ކަމަށެވެ.

ފަލަސްޠީނަށް ނިސްބަތްވާ އިންޖިނޭރު، އަބޫ ރަމަދާން އެދަނީ ކިތަންމެހާވެސް ރަނގަޅަކަށް އެކަން ސާބިތުކޮށްދެމުންނެވެ. މުޅި ދުނިޔެއަށް ބަލާއިރުވެސް، ބިމުގެ ނިސްބަތުން އެއްތަންކޮޅެއްގައި އެންމެ ގިނަ ބަޔަކު ތޮއްޖެހިފައި ވަނީ ޣައްޒާގެ ބިމުގައެވެ. ބޯޑަރު ސަރަޙައްދުގައި އެއްވެސް ކަހަލަ މަސައްކަތެއް  ކުރެވެން ނެތް އިރު، ދަނޑުވެރިކަމުގެ މަސައްކަތް ކުރާނެ ބިންކޮޅެއް ނެތޭވެސް ބުނެވިދާނެއެވެ.

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި

03 އޯގަސްޓު 2017
އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި
21 ޖޫން 2017

"ސްޕައިޑާމެން-ހޯމް ކަމިން" ގެ ހިންދީ ވާޝަންއަށް އަޑުއަޅަނީ ޓައިގާ ޝްރޮފް

21 ޖޫން 2017
"ސްޕައިޑާމެން-ހޯމް ކަމިން" ގެ ހިންދީ ވާޝަންއަށް އަޑުއަޅަނީ ޓައިގާ ޝްރޮފް
29 މެއި 2017

"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

29 މެއި 2017
"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"
24 މެއި 2017

އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި

24 މެއި 2017
އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި
22 މެއި 2017

"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ

22 މެއި 2017
"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު