Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކުރު ވާހަކަ

ސިމްބޮލިކްގެ "ކުރު ވާހަކަ" އަށްވެސް ބޮޑު ތަރުހީބެއް!

"ކުރުވާހަކަ" މިހާރު ޔޫޫޓިއުބް މެދުވެރިކޮށް ފެންނާނެެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 10:39
ކުރުވާހަކައިގެ މަންޒަރެއްގައި

ކުރުވާހަކައިގެ މަންޒަރެއްގައި

ރާއްޖޭގައި ވިދަމުން އަންނަ މިއުޒިކް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ "ކުރު ވާހަކަ" ހޮނިހިރު ދުވަހުގެ ރޭ ރިލީޒްކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ 12 ޖެހުމާއެކު ޔޫޓިއުބްގައި ރިލީޒްކޮށްފައިވާ “ކުރު ވާހަކަ" މިހާރު ޔޫޫޓިއުބް މެދުވެރިކޮށް ފެންނާނެެވެ.

މި ލަވައިގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ އދ.މަހިބަދޫގައެވެ. މި ލަވައިގައި އެކްޓުކޮށްފައިވަނީ ވެސް މަހިބަދޫގެ ދެ ކުދިން ކަމަށްވާ ސެމީ އާއި އެމީއެވެ.

ކުރުވާހަކައާއި ބެހޭ މައުލޫމާތު ރާއްޖެއެމްވީއަށް ދެމުން ސިމްބޮލިކް ރިކޯޑްސްގެ ޑައިރެކްޓާ އޮފް ކްރިއޭޓިވް އާޓްސް އިސްމާއިލް ނާއިލް (ބްލަޑް) ބުނީ މި ލަވައިގެ ހުރިހާ މަސައްކަތެއް ނިންމަން ހަތަރު މަހެއްހާ ދުވަސް ހޭދަވިކަމަށެވެ. އޭގެ ތެރޭގައިަ މި ލަވައިގެ ވީޑިއޯ ކޮންސެޕްޓް ޑިވޮލެޕްކޮށް، ލަވައިގެ ވީޑިއޯގެ މަސައްކަތްތައް ނިންމުމަށް އެއްމަސް ނެގި ކަމަށް ނާއިލް ބުންޏެވެ.

"ކުރު ވާހަކަ"، މި ލަވަ ކިޔާދީފައިވަނީ ސިމްބޮލިކް ރެކޯޑްސްގެ ދެ އާޓިސްޓުން ކަމަށް ނަބީލް ނިޔާޒް (ޓޯއީ) އާއި ރައްޔާން މުހައްމަދު (ރައިޑޭ) އެވެ.

ސިމްބޮލިކް ރިކޯޑްސްގެ ކުރިމަގާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ނާއިލް ބުނީ، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ މަޝްހޫރު ބޭންޑެއް ސިމްބޮލިކް ރިކޯޑްސްގެ ލޭބަލްގެ ދަށަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ބޭންޑެއް ކަމެއް އޭނާ ނުބުނެއެވެ.

ސިމްބޮލިކް ރެކޯޑްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުހައްމަދު (އޭޑީ) ބުނީ ސިމްބޮލިކްގެ ފޭނުންނާ އެކީ ސިމްބޮލިކްގެ "މީޓް އެންޑް ގްރީޓް" އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މި އިވެންޓުގެ ބޭނުމަކީ ފޭނުންނާއި ބައްދަލުކޮށްލުމަށްކަމަށް އޭޑީ ބުންޏެވެ.

މިހާތަނަށް ސިމްބޮލިކް އިން ވަނީ 10 ވީޑިއޯ ލަވަ އާންމުންނާއި ހަމައަށް ގެނެސްދީފައެވެ. އެ ހުރިހާ ލަވައަކީ ވެސް އަމިއްލަ ދިވެހި ރާގެވެ. ސިމްބޮލިކްގެ ހާއްސަ ކަމަކީ އެއީ ކަމަށް އެ ލޭބަލުން ބުނެއެވެ.

ސިމްބޮލިކުން ދަނީ އެ ކުންފުނިން ނެރޭ ތިންވަނަ އަލްބަމް މިއަހަރުގެ ތެރޭގައި ނެރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި އަލްބަމުގެ އިތުރުން، 70 އަށްވުރެ ގިނަ އަމިއްލަ ރާގުގެ ލަވަތައް އުފެއްދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ސިމްބޮލިކުން ބުނެއެވެ. ސިމްބޮލިކް ރިކޯޑްސްގެ ފުރަތަމަ އަލްބަމަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިޕް ހޮޕް އަލްބަމް ކަމަށްވާ "މަގުމަތި" އެވެ. އެ އަލްބަމުގެ ލަވަތަކަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އޭގެ ފަހުން، އެ ލޭބަލްއިން ވަނީ "ސްޓޭޓް އޮފް އެރަރ" ގެ ނަމުގައި އީޕީ އަލްބަމެއްވެސް ނެރެފައިވެއެވެ.

ހަމަ އެކަނި ހިޕް ހޮޕް މިއުޒިކަށް ހާއްސަވެގެން އުފެދުނު ނަމަވެސް މިހާރު ލޭބަލްގެ މަސައްކަތްތައް ފުޅާވެ ހުރިހާ ވައްތަރެއްގެ މިއުޒިކެއްވެސް ދަނީ އާންމުންނާ ހަމައަށް ގެނެސްދެމުންނެވެ. އާންމުންގެ ފަރާތުން ސިމްބޮލިކް ރެކޯޑްއަށް ލިބޭ ތަރުހީބަށް އެ ޓީމުން ޝުކުރުއަދާކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

13 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު