Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅީފަޅު ތަރައްގީކުރުން

ގުޅީފަޅުގެ ދެވަނަ ފިޔަވަހި ތަރައްްގީކުރުމަށް ބޮސްކާލިސްއަށް

ބޮސްކާލިސްއަކީ ފާއިތުވި އަހަރުތަކުގައި މިފަދަ މަސައްކަތްތައް ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮށްފައިވާ ކުންފުންޏެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ޖެނުއަރީ 2023 | ހޯމަ 13:43
ގުޅީފަޅު ތަރައްްްގީކުރުން

ގުޅީފަޅު ތަރައްްްގީކުރުން

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަސްޓްރަކްޗަރއިން ގުޅީފަޅުގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފިއެވެ.

ގާތްގަނޑަކަށް 120 މިލިއަން ޔޫރޯގެ މި މަޝްރޫއުގެ ދަށުން ގުޅީފަޅު ތަރައްގީކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު، ގުޅީފަޅުގެ ފުރަތަަމަ ފިޔަވަހީގެ މަސައްކަތްވެސް ކޮށްފައިވަނީ އެ ކުންފުނިންނެވެ. މާލެއާ ގާތްގަނޑަކަށް ހަތަރު ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް ގުޅީފަޅު ތަރައްގީކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭންގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. އެގޮތުން އެތަނުގެ ޕޯޓްގެ މަސައްކަތާއި، ކްލައިމެޓް އެޑަޕްޓިވް ސިފަތަކާއެކު އެތަން ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ތަރަައްގީވެގެން ދާއިރު އެތަން ވެގެންދާނީ ކަނޑުގެ ލޮނުގަނޑު އުފުލުމުން ލިބޭ ގެއްލުން ކުޑަވާ ގޮތަށް ތަރައްގީކޮށްފައިވާ ތަނަކަށެވެ.

Advertisement - newsAdvertisement

ބޮސްކާލިސްއިން ބުނިގޮތުގައި ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބޮޑު ޑްރެޖަރެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތަށް 18 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންކުރާނެއެވެ. ގުޅީފަޅުގެ ދެވަނަ ފިޔަވަހީގައި ޝޯލައިން ޕްރޮޓެކްޝަންއަށް ގަލުގެ ރިވެޓްމެންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރު ދެނެގަތުމަށް އިންޓަނޭޝަނަލް ސްޓޭންޑަޑްސްއާ އެއްގޮތަށް އެންވަޔަރަމެންޓް އެސެސްމެންޓް ރިޕޯޓް އެކުލަވާލި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި ތިމާވެއްޓަށް ކުރާނެ އަސަރު ކުޑަކުރުމަށް އެ ސަރަހައްދުގައި ހުރި މުރަކަތައް ރީލޮކޭޓްކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ބޮސްކާލިސްއަކީ ފާއިތުވި އަހަރުތަކުގައި މިފަދަ މަސައްކަތްތައް ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން 2004 ވަނަ އަހަރު ސުނާމީއަށްފަހު ވިލުފުއްޓާއި ވިލިނގިލީގެ ރީކޮންސްޓްރަކްޝަންގެ މަސައްކަތާއި، 2010ން ފެށިގެން ގުޅީފަޅުގެ މަސައްކަތްތައް އެ ކުންފުނިން ވަނީ ކޮށްފައެވެ.

އިތުރަށް ކިޔާލަން

14 ޖޫން 2017

މާލޭގައި ފެން ހިންދުމުގެ ހަތަރު ވަނަ ފިޔަވަހި 12.9 މިލިޔަން ރުފިޔާ އަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި

14 ޖޫން 2017
މާލޭގައި ފެން ހިންދުމުގެ ހަތަރު ވަނަ ފިޔަވަހި 12.9 މިލިޔަން ރުފިޔާ އަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި
08 ޖޫން 2017

ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!

08 ޖޫން 2017
ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!
20 މެއި 2017

ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!

20 މެއި 2017
ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!
20 މެއި 2017

ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު

20 މެއި 2017
ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު
18 އެޕްރީލު 2017

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު