Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮސްޓްރޭލިއަން އޯޕަން

ދިހަ ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ޖޮކޮވިޗް ރެކޯޑާ ވެސް ހަމަކޮށްފި

މިއީ ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ކުޅުނު 10 ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2023 | ހޯމަ 02:40
އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ޖޮކޮވިޗް

އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ޖޮކޮވިޗް

އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ފައިނަލުން މޮޅުވެ، ނޮވަކް ޖޮކޮވިޗް މުބާރާތުގެ ތަށި ކާމިޔާބުކޮށްފި އެވެ.

އުމުރުން 35 އަހަރުގެ ޖޮކޮވިޗް ވަނީ ފައިނަލްގައި ސްޓެފާނޯސް ސިޓްސިޕާސް ބަލިކޮށްފަ އެވެ. ފައިނަލް މެޗު ޖޮކޮވިޗް ކާމިޔާބުކުރީ 6-3، 7-6 އަދި 7-6 އިންނެވެ. މިއީ ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ކުޅުނު 10 ވަނަ ފަހަރެވެ. ދިހަ ފަހަރު ވެސް އޭނާ ވަނީ ފައިނަލުން މޮޅުވެ މުބާރާތުގެ ތަށި ކާމިޔާބުކޮށްފަ އެވެ. ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރި އަހަރުތަކަކީ 2008، 2011، 2012، 2013، 2015، 2016، 2019، 2020، 2021 އަދި 2023 އެވެ. އެންމެ ފަހުން އޮސްޓްރޭލިއަން އޯޕަންގެ މެޗަކުން ޖޮކޮވިޗް ބަލިވެފައި ވަނީ 2018 ވަނަ އަހަރު އެވެ.

މިއީ ޖޮކޮވިޗް އޭނާގެ ކެރިއަރުގައި ކާމިޔާބު ކުރި 22 ވަނަ ގްރޭންޑް ސްލޭމް ތައްޓެވެ. އެއާއެކު ޖޮކޮވިޗް ވަނީ ސްޕެއިންގެ ރަފައެލް ނަޑާލްގެ ރެކޯޑާ ވެސް އަރާ ހަމަކޮށްފަ އެވެ. ފައިނަލަށްފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ މިއީ އޭނާގެ މުޅި ކެރިއަރުގައި ވެސް ކުޅުނު އެންމެ ވާދަވެރި، އެންމެ ޗެލެންޖިން ފައިނަލުގެ ގޮތުގައި ބުނެވިދާނެ ކަމަށެވެ. ޚާއްސަކޮށް މިދިޔަ އަހަރު އޮތް މުބާރާތުގައި ނުކުޅެ، މިއަހަރުގެ މުބާރާތުގައި ކުޅެ ކާމިޔާބު ކުރުމަކީ ބޮޑު ޗެލެންޖެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ އެކަމުގައި އެހީތެރިވެދިން އެންމެހައި ފަރާތްތަކާއި، އޭނާގެ ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. މީގެ އިތުރުން އޭނާ ބުނީ މި ކާމިޔާބީ ހޯދުނީ ވެސް ވަރަށް ބުރަ މަސައްކަތުން ކަމަށާއި، އަބަދު ވެސް އޭނާގެ އަމިއްލަ ނަފްސަަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށެވެ. ޖޮކޮވިޗް ދެކެނީ މިއީ އޭނާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގަ އެވެ.

އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރުމާއެކު ރޭންކިންގެ އެއް ވަނަ ޖޮކޮވިޗަށް ލިބޭނެ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުން ރޭންކިންގެ އެއް ވަނަ އަށް އޭނާ ޖެހިލާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު