Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ސިޓީތަކާއި ބޮޑެތި ރަށްތަކުގެ ތާއީދު ރައީސް ސާލިހަށް

ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ސާލިހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2023 | އާދީއްތަ 13:51
ރައީސް ސާލިހު

ރައީސް ސާލިހު

ރާއްޖޭގެ އެންމެ ބޮޑު ޑިމޮކްރެޓިކް ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީއަކީ ޕާޓީގެ ތާރީޚުގައިވެސް ބޭއްވި އެންމެ ވާދަވެރިކަން ބޮޑު އެއް އިންތިޚާބެވެ. އެ އިންތިޚާބު ބާއްވާފައިވަނީ ވަރަށް ފޯރިއާ އެކުގައެވެ. އެ އިންތިޚާބުގައި ވާދަކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ވަޑައިގެން ފޯރިގަދަ ކެމްޕެއިންތަކެއް ކުރައްވާފައެވެ. އާއްމުންގެ މެދުގައި އެ ދެ ބޭފުޅުންނަށް އޮތް ތާއީދާއި ވާދަވެރިކަންވެސް އިންތިޚާބުގެ ތެރެއިން ފެނިގެންދިޔައެވެ.

ރިޔާސީ ޕްރައިމަރީގައި ޕާޓީގެ 71.41 ޕަސެންޓު މެމްބަރުން ވޯޓުލާފައިވާއިރު ވޯޓުލާފައިވަނީ 40887 މީހުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 57255 މީހުންނަށެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. އެމަނިކުފާނަށް 24566 ވޯޓު ލިބިވަޑައިގެންފައި ވާއިރު، އެއީ ވޯޓުލީ މީހުންގެ 61.1 ޕަސެންޓު ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ ވޯޓުގެ 38.9 އިންސައްތައެވެ.

އިންތިޚާބުގެ ވަކިވަކި ދާއިރާތަކަށް ބަލާއިރު ރައީސް ނަޝީދާއި ރައީސް ސާލިހުވެސް ވަނީ ސިޓީތަކުން ކުރިހޯއްދަވާނެ ކަމަށް، ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައެވެ. އަދި ސިޓީތަކާ ގުޅުން ހުރި ގިނަ ވައުދުތަކެއް ދެ ބޭފުޅުންވެސް ވެވަޑައިގެންނެވިއެވެ. ސަބަބަކީ ސިޓީތަކަކީ އާއްމުކޮށް ރިޔާސީ އިންތިޚާބާއި އެހެނިހެން އިންތިޚާބުގައިވެސް އެމްޑީޕީން ރަނގަޅު ނަތީޖާއެއް ހޯދާ ތަންތަނަށް ވުމެވެ. އަދި ނިސްބަތުން ބަލާއިރު ސިޓީތަކުގައި ތިބި އެމްޑީޕީގެ އާއްމު މެމްބަރުންގެ އަދަދުވެސް ގިނަކަން ފާހަގަކޮށްލެވެއެވެ.

މި އިންތިޚާބަށް ރާއްޖޭގައި 244 ވޯޓު ފޮށި ބަހައްޓާފައިވާއިރު 44 ހަތަރު ފޮށި ފިޔަވައި އެހެން ހުރިހާ ފޮއްޓަކުން ކުރި ހޯއްދެވީ ރައީސް ސާލިހެވެ. ރިޔާސީ ޕްރައިމަރީގައި މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްލައް ސިޓީގެ މެޖޯރިޓީ ވޯޓު ލިބިވަޑައިގަތީ ރައީސް ސާލިހަށެވެ. ނަމަވެސް ކުޅުދުއްފުށި ސިޓީގައި ކުރި ހޯއްދެވީ ރައީސް ނަޝީދެވެ.

އެގޮތުން ބަލާއިރު އިންތިޚާބުގައި ބޮޑެތި ރަށްރަށުގެ ނަތީޖާއަށް ބަލާނަމަ، މާލެ ސިޓީ ރައީސް ސާލިހު ކާމިޔާބުކުރެއްވީ 51% ވޯޓާއެކުގައެވެ. މާލެއިން ނަޝީދަށް ލިބިވަޑައިގަތީ 49% ވޯޓެވެ. އައްޑޫސިޓީން ރައީސް ސާލިހު އިންތިޚާބުގައި ކުރިހޯއްދެވީ 52% ވޯޓާއެކުގައެވެ ރައީސް ނަޝީދަަށް ލިބިވަޑައިގަތީ 48% ވޯޓެވެ. ކުޅުދުއްފުށިން ރައީސް ނަޝީދު ވަނީ 60% ވޯޓު ހޯއްދަވާފައެވެ. ރައީސް ސާލިހަށް ލިބިވަޑައިގަތީ 45% ވޯޓެވެ.

ސިޓީތަކުން ޖުމުލަ ނަތީޖާއަށް ބަލާއިރު ރައީސް ސާލިހު ކުރިހޯއްދެވި ނަމަވެސް، މާލެއާއި އައްޑޫގެ ވަކި ވަކި ވޯޓު ފޮށިތަކުގެ ތެރެއިން ގިނަ ވޯޓް ފޮށިތަކުން ކުރިހޯއްދެވީ ރައީސް ނަޝީދެވެ. އެގޮތުން މާލޭގެ 15 ވޯޓު ފޮށީގެ ތެރެއިން 8 ފޮށިން ކުރިހޯއްދެވީ ރައީސް ނަޝީދެވެ. އޭގެ ތެރޭގައި ހުޅުމާލެއާއި ގަލޮޅު އުތުރު، މައްޗަންގޮޅި ދެކުނު، މައްޗަންގޮޅި އުތުރު، މާފަންނު އުތުރު، ވިލިމާލެ އަދި ހެންވޭރު ހުޅަނގު ދާއިރާ ހިމެނެއެވެ.

އައްޑޫގެ 11 ދާއިރާގެ ތެރެއިން 7 ދާއިރާއިން ކުރިހޯއްދެވީ ރައީސް ނަޝީދެވެ. އޭގެ ތެރޭގައި ފޭދޫ، ހުޅުދޫ، ހިތަދޫ އުތުރު، މަރަދޫ، ހިތަދޫ މެދު އަދި މާލޭގައި ބެހެއްޓި އެ ސިޓީގެ ދެ ވޯޓު ފޮއްޓަކުން ރައީސް ނަޝީދު ކުރިހޯއްދެވިއެވެ. އެހެންނަމަވެސް ފުވައްމުލަކުގެ 5 ފޮށީގެ ތެރެއިން 4 ފޮށިން ކުރިހޯއްދެވީ ރައީސެވެ.

ރައީސް ނަޝީދު ވަނީ، ހއ، ހދ، ނ، ރ، ބ، ވ، އދ، ގއ، ގދ، ފުވައްމުލައް، އައްޑޫ، ދ، ތ އަދި ލ އަތޮޅުގެ ބައެއް ފޮށިތަކުން ކުރިހޯއްދަވާފައެވެ. މީގެ އިތުރުން ށ، ޅ، ކ، އއ، މ އަދި ފ އަތޮޅުން އެމަނިކުފާނަށް އެއްވެސް ފޮއްޓެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މީގެ އިތުރުން ހުރިހާ އަތޮޅެއްގެ މެޖޯރިޓީ ރައީސް ސޯލިހު ވަނީ ހޯއްދަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!

ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!

05 ޖެނުއަރީ 2018
ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

05 ޑިސެމްބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު