Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ

ބޮޑެތި ސިޓީތަކުގެ ވިސްނުން އޮތީ "އެމްޑީޕީ ކުރިއަށް" ދިއުމަށް

29 ޖެނުއަރީ 2023 | އާދީއްތަ 07:53

މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ޖުމުލަ ނަތީޖާ މި އޮތީ އެމްޑީޕީއާއެކު ކުރިއަށްދާން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖެނުއަރީ 2023 | އާދީއްތަ 07:53
ރައީސް ޞާލިހުއަށް ތާއީދު ކުރާ ފަރާތްތަކުން އުފާ ފާޅު ކުރުން

ރައީސް ޞާލިހުއަށް ތާއީދު ކުރާ ފަރާތްތަކުން އުފާ ފާޅު ކުރުން

އެމްޑީޕީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގެ ނަތީޖާއިން ދޭހަވި ކަމަކީ ބޮޑެތި ސިޓީތަކުގެ ވިސްނުން އޮތީ "އެމްޑީޕީ ކުރިއަށް" ދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ބޭއްވެވި އުފާ ފާާޅުކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި އިންތިޚާބުގައި ނުހަނު ރީތި އަދި ސާފު މަންޒަރެއް ފެނިވަޑައިގަންނަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ޖުމުލަ ނަތީޖާ މި އޮތީ އެމްޑީޕީއާއެކު ކުރިއަށްދާން ކަމަށެވެ.

ރިޔާސީ ޕްރައިމަރީ 2023ގެ ވަގުތީ ނަތީޖާ  ދައްކާ ގޮތުން ހުޅުމާލެއާއި ވިލިނގިލި ހިމެނޭހެން މާލެ ސަރަަޙައްދުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން ކުރި ހޯއްދަވާފައިވަނީ ރައީސް ސާލިޙެވެ. އެގޮތުން ރައީސް ސާލިޙަށް 2199 ވޯޓު ލިބިވަޑައިގަންނަވާފައިވާއިރު، ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާފައިވަނީ 2015 ވޯޓެވެ.

އައްޑޫ ސިޓީގައި ބެހެއްޓިފައިވާ ވޯޓު ފޮށިތަކުގެ ތެރެއިން ރައީސް ސާލިޙަށް 2777 ވޯޓު ލިބިވަޑައިގަންނަވާފައިވާއިރު، ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާފައިވަނީ 2536 ވޯޓެވެ.

ފުވައްމުލަކު ސިޓީން ރައީސް ނަޝީދަށް 699 ވޯޓު ލިބިވަޑައިގަންނަވާފައިވާއިރު، ރައީސް ސާލިޙަށް ލިބިވަޑައިގަންނަވާފައިވަނީ 773 ވޯޓެވެ.

އެ 3 ސިޓީންވެސް ކުރި ހޯއްދަވާފައިވަނީ ރައީސް ސާލިޙެވެ.

ކުޅުދުއްފުށި ސިޓީއަށް ބަލާއިރު، ރައީސް ނަޝީދު ކުރި ހޯއްދަވާފައިވަނީ ކުޑަ ތަފާތަކުންކަން ވަގުތީ ނަތީޖާއިން ދައްކައެވެ. އެގޮތުން ރައީސް ނަޝީދަށް 245 ވޯޓު ލިބިވަޑައިގަންނަވާފައިވާއިރު، ރައީސް ސާލިޙަށް ލިބިވަޑައިގަންނަވާފައިވަނީ 219 ވޯޓެވެ.

މިފަހަރު ވާދަވެރި އިންތިޚާބުގައި 71 އިންސައްތަ މީހުން ވޯޓު ލާފައިވެއެވެ. އެއީ 40،887 މީހުންނެވެ. އޭގެ ތެރެއިން ރައީސް ސާލިޙަށް ލިބިވަޑައިގަތީ 24566 ވޯޓެވެ. ރައީސް ނަޝީދަށް 15641 ވޯޓެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް