Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕަ އެމެރިކާ

އަންނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތް އެމެރިކާގައި ބާއްވަން ނިންމައިފި

މީގެ ކުރިން 2016 ވަނަ އަހަރު ވެސް ވަނީ އެމެރިކާގައި މުބާރާތް ބާއްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2023 | އާދީއްތަ 06:16
އާޖެންޓީނާ އިން 2021 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތުގެ ތަށި އުފުލާލަނީ

އާޖެންޓީނާ އިން 2021 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތުގެ ތަށި އުފުލާލަނީ

އަންނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް އެމެރިކާގައި ބާއްވަން ނިންމައިފި އެވެ.

ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާ ކޮންމެބޯލް އިން ވަނީ އެމެރިކާގައި މުބާރާތް ބާއްވަން ހުކުރު ދުވަހު ނިންމައިފަ އެވެ. އަންނަ އަހަރުގެ މުބާރާތް އެންމެ ފުރަތަަމަ ބޭއްވުމުގެ ފުރުސަތު ދިނީ އިކުއެޑޯ އަށެވެ. ނަމަވެސް އެ ޤައުމުން ފަހުން ވަނީ މުބާރާތް އެ ޤައުމުގައި ބޭއްވެން ނެތް ކަމަށް އަންގައިފަ އެވެ. މިއީ ދެކުނު އެމެރިކާ އިން ބޭރުގައި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރު ވެސް ވަނީ އެމެރިކާގައި މުބާރާތް ބާއްވާފަ އެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ ބަލިކޮށް، މުބާރާތް ކާމިޔާބު ކުރީ ޗިލީންނެވެ.

އެމެރިކާގައި މުބާރާތް ބޭއްވި ނަމަވެސް މުބާރާތުގެ ސީދާ ޖާގައެއް އެ ޤައުމަށް ނުލިބޭނެ އެވެ. މުބާރާތުގައި ވާދަކުރާ ކޮންމެބޯލްގެ 10 ޤައުމުގެ އިތުރުން ދެން ޖާގަ ލިބޭނީ، އުތުރު އެމެރިކާ ނޭޝަންސް ލީގާއި، ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން ގައުމުތަކުގެ ތެރެެއިން ހަ ޓީމަކަށެވެ. އެމެރިކާ އަށް ޖެހޭނީ ހަ ޤައުމަކަށް ދޭ ކޮލިފައިންގައި ވާދަކުރާށެވެ.

އެންމެ ފަހުން ކޮޕަ އެމެރިކާ މުބާރާތް ބާއްވާފައިވަނީ ބްރެޒިލްގަ އެވެ. 2021 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ބްރެޒިލް ބަލިކޮށް މުބާރާތުގެ ތަށި ކާމިޔާބުކުރީ އާޖެންޓީނާ އިންނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ދެ ޤައުމަކީ އާޖެންޓީނާ އާއި އުރުގުއޭ އެވެ. ކޮންމެ ޤައުމެއް ވެސް ވަނީ މުބާރާތުގެ ތަށި 15 ފަހަރު ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު